13 ޑިސެމްބަރ 2022 - 13:36

އޮންލައިން ކޮށް ޕިއްޒާ ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް ހާއްސަކޮށް ޕިއްޒާ ބޯނާއިން ވެބްސައިޓެއް ތައާރަފުކޮށްފި އެވެ.
ވެބްސައިޓު މެދުވެރިކޮށް އޯޑަރު ދޭން ބޭނުންވާ ކަސްޓަމަރުންނަށް ޕިއްޒާ ބޯނާގެ މެނޫ އެ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ. އަދި އޯޑަރު ކުރަން ބޭނުންވާ ޕިއްޒާ ބޯނާގެ އައުޓްލެޓާއި، ޓޭކްއަވޭ ނުވަތަ ޑެލިވަރީ އޮޕްޝަން ވެސް ހިޔާރު ކުރެވޭނެ އެވެ.
ޕިއްޒާ ބޯނާއިން ބުނި ގޮތުގައި ގުޅައިގެން ޕިއްޒާ އޯޑަރު ކުރާ އިރު ދޭ ހުރިހާ އިރުޝާދެއް އޮންލައިންކޮށް އޯޑަރު ކުރާއިރު ވެސް ހިމެނޭނެ އެވެ. އެގޮތުން ބޭނުންވާ ޓޮޕިންސް އާއި ހިމަނަން ބޭނުންވާ އިތުރު ތަކެތީގެ މައުލޫމާތު ހިމަނާ، ކަސްޓަމަރު ބޭނުންވާ ގޮތަށް ކަސްޓަމައިޒް ކޮށް ވެބްސައިޓަށް އޯޑަރު ދެވޭނެ އެވެ.
އެ ވެބްސައިޓަކީ ރެޖިސްޓާކުރަން ނުޖެހޭގޮތަށް ކޮންމެ މީހަކަށް ވެސް ފަސޭހައިން ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެކެވެ. ވެބްސައިޓަށް ދޭ އޯޑަރުތައް ކޮންފާމް ވާނީ ފައިސާ ދެއްކުމުންނެވެ. މޯބައިލް ޕޭ އާއި ކްރެޑިޓް/ޑެބިޓް ކާޑު މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އެވެ.
ޕިއްޒާ ބޯނާއިން ބުނިގޮތުގައި އެ ވެބްސައިޓު ކުރިއަށް އޮތް ތަނުގައި އިތުރަށް ތަރައްގީ ކޮށް، ލޯޔަލްޓީ ޕްރޮގުރާމުތައް ފަދަ އާ ފީޗާތަކެއް ތައާރަފުކުރާނެ އެވެ. އެ ވެބްސައިޓަކީ ޕިއްޒާ ބޯނާ އާއި ކަސްޓަމަރުންނަށް ފަސޭހަވެ، ވަގުތު ސަލާމަތްވާނެ ގޮތަކަށް ވާއިރު، ވީހާވެސް ގިނަ ކަސްޓަމަރުން ވެބްސައިޓު މެދުވެރިކޮށް އޯޑަރު ދިނުމަށް ވަނީ އެދިފަ އެވެ.