ހައިވޭ ކައިރިން ކާރެއް ފުރޮޅާލައި ޑްރައިވަރަށް އަނިޔާވެއްޖެ
ހައިވޭ ކައިރިން ކާރެއް ފުރޮޅާލައި ޑްރައިވަރަށް އަނިޔާވެއްޖެ

ހުޅުމާލޭ އެމްޑަބްލިއުއެސްސީ ކައިރިން ކާރެއް ފުރޮޅާލައި، އެ ކާރުގެ ޑްރައިވަރަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިރޭ ހުޅުމާލޭ އެމްޑަބްލިއުއެސްސީއާ ދިމާލުން ހައިވޭ ކައިރިން ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިރޭ 22:30 ހާއިރު ކަމަށެވެ.

ފުލުހުންނަށް ސީނަށް ދެވުނު އިރު ކާރު ދުއްވަން އިން އުމުރުން 45 އަހަރުގެ ފިރިހެން ޑްރައިވަރަށް އަނިޔާވެގެން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. ފުލުހުން ހަމައެކަނި ބުނެފައި ވަނީ އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.