ހަނިމާދޫ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފި
ހަނިމާދޫ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފި

ހދ. ހަނިމާދޫގައި ހަދާ ޒަމާނީ ފެންވަރުގެ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފި އެވެ.

ހަނިމާދޫ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފި
ހަނިމާދޫ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފި

އެމްޓީސީސީން މިއަދު ބުނީ އެ ރަށުގެ ބަނދަރު މަޝްރޫއުގެ 93 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މަޝްރޫއުގެ ދަށުން ހިމެނޭ ހާބަ ޕޭވްމެންޓް ހެދުމުގެ މަސައްކަތުގެ 98 ޕަސެންޓު ނިމިފައިވާއިރު، މިހާރު ކުރަނީ ކޮންކްރީޓް ޖެޓީ ހެދުމުގެ ކަންކަން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން، އާ ފަޅު ފުންކުރުމާއި މިހާރުގެ ނެރު ފުންކުރުމާއި ބޭރުތޮށިލުމާއި އެއްގަމުތޮށިލުމާއި ރިވެޓްމެންޓާއި ގްރޮއިން ޖެހުމުގެ އިތުރުން ރޭމްޕަކާއި ބްރިޖް އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ އަގަކީ 69 މިލިއަން ރުފިޔާ އެވެ.