ސިމްޑީގެ "ވޯލްޑް ކަޕް ފިއެސްޓާ" ގެ ތިން ވަނަ ގުރުއަތު ނަގައިފި
ސިމްޑީގެ "ވޯލްޑް ކަޕް ފިއެސްޓާ" ގެ ތިން ވަނަ ގުރުއަތު ނަގައިފި

ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަށް ހާއްސަކޮށް ސިމްޑީން ފެށި "ވޯލްޑް ކަޕް ފިއެސްޓާ"ގެ ތިން ވަނަ ހަފުތާގެ ގުރުއަތު ނަގައިފި އެވެ.

ސިމްޑީގެ "ވޯލްޑް ކަޕް ފިއެސްޓާ" ގެ ތިން ވަނަ ގުރުއަތު ނަގައިފި
ސިމްޑީގެ "ވޯލްޑް ކަޕް ފިއެސްޓާ" ގެ ތިން ވަނަ ގުރުއަތު ނަގައިފި

ސިމްޑީ ޓެކް ޝޯ ރޫމުގައި މި ފަހަރުގެ ގުރުއަތު ނެގީ މަޝްހޫރު ފުޓުބޯޅަ ފްރީ ސްޓައިލާ މުހައްމަދު ސައިފް ޒާހިރު އެވެ. މި ހަފުތާ އަށް ހުށަހަޅާފައިވާ ކެނޮން ޑިޖިޓަލް ކެމެރާ އައިއެކްސްޔޫއެސް 185 އާއި ކެނޮން ސެލްފީ ޕްރިންޓާ ލިބުނީ އަބްދުﷲ މިފްތާހު އަށެވެ. އޭނާ އަށް އެ އިނާމު ވަނީ ހަވާލު ކޮށްފަ އެވެ.

ސިމްޑީގެ އެ ޕްރޮމޯޝަނުގެ އެންމެ ފަހު ހަފުތާގެ ގުރުއަތު ނެގުން އޮންނާނީ އަންނަ ހަފުތާގަ އެވެ. އެ ހަފުތާގައި ގުރުއަތުން ހޮވޭ މީހަކށް އިލީ ވައި 3.3 ކޮފީ މެޝިނެއް ލިބޭނެ އެވެ.

ބޮޑު އިނާމުތަކެއް ހުށަހަޅައިގެން ސިމްޑީން ފެށި އެ ޕްރޮމޯޝަނަކީ "ވީކްލީ" އިިނާމުތަކާ އެކު ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މިހާތަނަށް "ވީކްލީ" ތިން އިނާމު ވެސް ނަސީބުވެރިންނަށް ވަނީ ދީފަ އެވެ.

ކޮންމެ ހަފުތާއެއްގައި ހޮވާ ނަސީބުވެރިންގެ އިތުރުން މުޅި ޕްރޮމޯޝަނުގެ ލަކީޑްރޯއެއް ނެގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެ ލަކީޑްރޯގެ އެއްވަނަ އިނާމަކީ އައިފޯން 14 ޕްރޯ ނުވަތަ ސެމްސަން އެސް22 އަލްޓްރާ އެކެވެ. އެ ދެ ފޯނުގެ ތެރެއިން ފޯނެއް ހިޔާރު ކުރުމުގެ ފުރުސަތުން އެއް ވަނަ އަށް ދާ މީހަކަށް ލިބޭނެ އެވެ. ދެ ވަނައަށް ހުށަހަޅާފައި ވަނީ ޕީ އެސް 5 އަކާއި ފީފާގެ 2023 ގެ ގޭމް ސީޑީ އެކެވެ. އަދި ތިން ވަނަ އިނާމަކީ އިލީގެ ކޮފީ ބަންޑަލް އެކެވެ. އޭގައި ހިމެނެނީ އެކްސް ނައިން ކްރޯމް ކޮފީ މެޝިނަކާއި މިލްކް ފްރޮތާ އާއި ކެޕްސޫލްސް އާއި އެސްޕްރެސޯ އަދި ކަޕަޗީނޯ ކަޕެވެ.

އެއީ ސިމްޑީގެ އެޕް މެދުވެރިކޮށް، ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އެޕް މެދުވެރިކޮށް ވިޔަފާރި ކުރުމުން އެ ޕްރޮމޯޝަނުގެ ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ. ޕްރޮމޯޝަނުގައި އެޕް މެދުވެރިކޮށް، ވިޔަފާރި ކޮށްގެން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އެއީ ހޯލްސޭލް އަދި ރީޓެއިލްކޮށް ގަންނަ ކަސްޓަމަރުންނަށް ވެސް ލިބޭނެ ޑިސްކައުންޓެކެވެ.

އެ ޕްރޮމޯޝަނުގައި ޑިސްކައުންޓް ލިބޭ ޕްރޮޑަކްޓުތަކުގެ ތެރޭގައި އިލީ ކޮފީގެ އުފެއްދުންތަކާއި ބޮން ކެފޭ އާއި ހޯލްސަން، މައި ބިސްކަޓާއި ކެޑްބަރީ ޗޮކްލެޓުގެ އުފެއްދުންތައް ހިމެނެ އެވެ.