އާއިލާ އުޅުނު ދަތި ހާލު ކިޔައިދެމުން އާމިރަށް ރޮވިއްޖެ
އާއިލާ އުޅުނު ދަތި ހާލު ކިޔައިދެމުން އާމިރަށް ރޮވިއްޖެ

ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ މަޝްހޫރު އެއް އެކްޓަރު އާމިރް ޚާން އޭނާގެ ކުޑައިރުގެ ހަނދާންތައް ކިޔައިދެމުން ރޮވިއްޖެ އެވެ.

އޭނާ ބުނި ގޮތުގައި އޭނާގެ އުުމުރުން 10 އަހަރުގައި އާއިލާއަށް ވަރަށް ދަތި ދުވަސްތަކެއް ކުރިމަތިވި އެވެ.

ބައްޕަ ތާހިރު ހުސެއިން އަކީ ފިލްމް ޕްރޮޑިއުސަރެއް ނަމަވެސް ވިޔަފާރީގައި ފައިދާ ނުވެ އާއިލާ ވަރަށް ބޮޑަށް ދަރަނިވެރިިވި ކަމަށް އާމިރު ބުންޏެވެ. އޭނާ ބުނީ ބައްޕަގެ ފިލްމުތައް މޮޅުވެފައި ކާމިޔާބު ނަމަވެސް ބްލެކް މާކެޓުގައި ޓިކެޓް ވިއްކާތީ އެކަށީގެންވާ ފައިދާއެއް ނުވި ކަމަށެވެ. އެހެންވެ އާމިރު ބުނި ގޮތުގައި، އެކި މީހުންގެ އަތުން ބޮޑު އަދަދުތަކުން ލޯނު ނަގަން ޖެހުނެވެ.

އާމިރު ބުނި ގޮތުގައި ލޯނު ނުދެއްކި މީހުންނާ ޒުވާބުކޮށް ކަންކަން ވަރަށް ބޮޑަށް ގޯސްވާ ހިސާބަށް ވެސް ކަންކަން ދިޔަ އެވެ.

އޭނާ ބުނީ އެންމެ ބޮޑަށް އަސަރުކުރަނީ ބައްފަގެގެ މާޔޫސް ވެފައިވާ މޫނު ފެނުމުން ކަމަށެވެ.

މީހުން އަތުން ނަގާލޯނު ނުދެއްކި އަށެއްކަ އަހަރު ވެސް ވާ ކަމަށާއި އެކަމަކު ކިތަންމެ ދުވަހަކުން ވިޔަސް ދަރަނި އަދާކުރާ ކަމަށް އޭނާ ބުންޏެވެ.

އެންމެ ފަހުން ލާލް ސިންގް ޗައްދާގައި މަސައްކަތްކުރި އާމިރަކީ މިހާރު މުޅި ބޮލީވުޑްގައި ވެސް އެންމެ ކާމިޔާބު އެއް ފަންނާނެވެ.