ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ނިއު ލެގޫން އިން ފެތުމުގެ ހާއްސަ ފެސްޓިވަލެއް

ނިއު ލެގޫން ސްވިމިން ކްލަބުން އިސް ނަގައިގެން ސްޕެޝަލް އޮލިމްޕިކް (އެސްއޯ) ކުދިންނަށް ފެތުމުގެ ހާއްސަ ފެސްޓިވަލެއް މިއަދު ބާއްވައިފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ނިއު ލެގޫން އިން ފެތުމުގެ ހާއްސަ ފެސްޓިވަލެއް
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ނިއު ލެގޫން އިން ފެތުމުގެ ހާއްސަ ފެސްޓިވަލެއް

ހުޅުމާލޭގައި ބޭއްވި އެ ފެސްޓިވަލްގައި ބައިވެރިވެރި ކުރީ ނިއު ލެގޫން ސްވިމިން ކްލަބުން މިދިޔަ ހަ މަސް ދުވަހު ބޭއްވި ތަމްރީނުތައް ހެދި ކުދިންނެވެ. ހުޅުމާލޭ ސްވިމިން ޕޫލްގައި ބޭއްވި އެ ހަރަކާތުގައި 60 ކުއްޖަކު ބައިވެރިވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ނިއު ލެގޫން އިން ފެތުމުގެ ހާއްސަ ފެސްޓިވަލެއް
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ނިއު ލެގޫން އިން ފެތުމުގެ ހާއްސަ ފެސްޓިވަލެއް

"މިއީ އެސްއޯ ކުދިންނަށް މިހާތަނަށް ބޭއްވި އެންމެ ބޮޑު ފެސްޓިވަލް،" ނިއު ލެގޫންގެ ފަރާތުން ވާހަކަ ދެއްކެވި ސީނިއާ ކޯޗު އަހުމަދު ޒުނޭޖު ބުންޏެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ނިއު ލެގޫން އިން ފެތުމުގެ ހާއްސަ ފެސްޓިވަލެއް
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ނިއު ލެގޫން އިން ފެތުމުގެ ހާއްސަ ފެސްޓިވަލެއް

ރާއްޖޭގެ އެންމެ ބޮޑު ސްވިމިން ކްލަބް ނިއު ލެގޫންގެ ފަރާތުން ވަނީ އެސްއޯ ކުދިންނަށް ހާއްސަ ތަމްރީނުތަކެއް މިދިޔަ ދުވަސްތަކުގައި ބާއްވައިފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ނިއު ލެގޫން އިން ފެތުމުގެ ހާއްސަ ފެސްޓިވަލެއް
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ނިއު ލެގޫން އިން ފެތުމުގެ ހާއްސަ ފެސްޓިވަލެއް

ޖުނޭޒު ބުނިގޮތުގައި އެ ކްލަބާއި އެސްއޯ މޯލްޑިވްސް ގުޅިގެން ހިންގި އެ ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށް ރާއްޖޭގައި މިހާތަނަށް ރާއްޖޭގައި ހިންގި ފެތުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ނިއު ލެގޫން އިން ފެތުމުގެ ހާއްސަ ފެސްޓިވަލެއް
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ނިއު ލެގޫން އިން ފެތުމުގެ ހާއްސަ ފެސްޓިވަލެއް

ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ދެ މަރުހަލާއެއްގަ އެވެ. ފުރަތަމަ މަރުހަލާގައި މޫދުގެ ތިލަ ހިސާބެއްގައި ބައިތިއްބައިގެންނެވެ. ޒުނޭޖު ބުނި ގޮތުގައި އެ މަރުހަލާގައި ކުދިންނަށް ދަސްކޮށް ދިނީ އަމިއްލަ އަށް ހިތްވަރު ހޯދުމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ނިއު ލެގޫން އިން ފެތުމުގެ ހާއްސަ ފެސްޓިވަލެއް
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ނިއު ލެގޫން އިން ފެތުމުގެ ހާއްސަ ފެސްޓިވަލެއް

"މޫދަށް އެރެން ޖެހިލުންވާ ކުދިން ވެސް އުޅޭނެ. އަޅުގަނޑުމެން ފުރަތަމަ ތިލަ ހިސާބަކަށް ގެންގޮސް އަޅުގަނޑުމެން ކްލަބްގެ އޮފިޝަލުން ކައިރީގައި ތިބެގެން އެ ކުދިންނަށް ދަސްކޮށް ދިނީ ހިތްވަރު ހޯދަން،" އޭނާ ބުންޏެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ނިއު ލެގޫން އިން ފެތުމުގެ ހާއްސަ ފެސްޓިވަލެއް
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ނިއު ލެގޫން އިން ފެތުމުގެ ހާއްސަ ފެސްޓިވަލެއް

"ދެވަނަ މަރުހަލާގައި ޕޫލަށް ގެންގޮސް ފަތަން ދަސްކޮށް ދިނީ އެހެން މީހެއްގެ އެހީއާ ނުލައި ފަތާފައި އުޅެން."

އޭގެ ތެރެއިން 90 ޕަސެންޓް ކުދިންނަށް މިހާރު އެކަނި ފަރާލާފައި އުޅެވޭނެ ކަމަށް އޭނާ ބުންޏެވެ.

އަލަށް ފަތަން ދަސްކުރާ ކުދިންނަށް ވެސް ތަމްރީނު ޕްރޮގްރާމެއް ކޮންމެ އަހަރަކު ސްކޫލް ބޮޑު ޗުއްޓީގައި ވެސް ނިއު ލެގޫން ސްވިމިން ކްލަބުން ބާއްވަ އެވެ.