ދިރާގުން އާ ފައިބަ ހޯމް އަންލިމިޓެޑް އިންޓަނެޓު ޕެކޭޖުތަކެއް
ދިރާގުން އާ ފައިބަ ހޯމް އަންލިމިޓެޑް އިންޓަނެޓު ޕެކޭޖުތަކެއް

ކަސްޓަމަރުންނަށް ހަލުވި ސްޕީޑްގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ދިރާގުން ފައިބާ އަންލިމިޓެޑް ހޯމް އިންޓަނެޓް ޕެކޭޖަތަކެއް ތައާރަފުކޮށްފި އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް މުވާސަލާތީ ހިދުމަތް ދޭ ކުންފުނިން އަލަށް ތައާރަފުކުރީ ފައިބަ އަންލިމިޓެޑުގެ ދެ ޕެކޭޖެކެވެ. އެއީ 1،490ރ. ގެ ފައިބަ 50 އެމް އަންލިމިޓެޑް ޕެކޭޖާއި 2،800ރ. ގެ ފައިބާ 100 އެމް އަންލިމިޓެޑް ޕެކޭޖެކެވެ.

ދިރާގުން ބުނިގޮތުގައި، ފައިބަ 50 އެމް ޕެކޭޖަށް ސަބްސްކްރައިބް ކޮށްފައިވާ ކަސްޓަމަރުން އިތުރު ހަރަދަކާ ނުލައި ފައިބާ 50 އެމް އަންލިމިޓެޑް ޕެކޭޖަށް މިހާރު ވަނީ އަޕްގްރޭޑް ކޮށްދީފަ އެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ޕެކޭޖަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބަ ގުޅައިދިނުމުގެ އިތުރުން ފައިބަ އަށް ބޭނުންވާ ހާއްސަ ރައުޓަރު ވެސް މި މަހުގެ ނިޔަލަށް ހިލޭ ލިބޭނެ އެވެ. އަލަށް ދިރާގު ފައިބާ އަންލިމިޓެޑަށް އެޕްލައި ކުރަން ބޭނުންވާ ފަރާތްތަކަށް ދިރާގު މައި އެކައުންޓް ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރެވޭނެ އެވެ.

ދިރާގުގެ މެނޭޖަރު ކޮންސިއުމާ ޕޯސްޓްޕެއިޑް އެފްބީބީ ޖަނާ އިބްރާހިމް ވިދާޅުވީ، އެ ޕެކޭޖުތައް ތައާރަފުކުރީ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ޕްރޮޑަކްޓް ޕޯޓްފޯލިއޯ ފަރުމާކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ މުއްސަނދި ކުރުމަށް ވެލިއު އޮޕްޝަންތަކެއް ދިނުމަށް ކަމަށެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަ ނެޓްވޯކެވެ.