08 ޑިސެމްބަރ 2022 - 12:02

"މިހާރު"ގެ ސްކޯ ޕްރިޑިކްޓާގައި ހިމެނޭ "ޕްރިޑިކްޓް އެންޑް ފައި ދަމާލާ އެޓް ފުޓް ރެސްޓް" ގުރޫޕްގައި ސްކޯ ދިމާ ކުރާ އެންމެ މޮޅު ތިން މީހަކަށް އެ ތަނުގެ ހިދުމަތްތައް އެކި މުއްދަތަށް ލިބޭ އިނާމުތަކެއް ވަނީ ހުށަހަޅައިފަ އެވެ.
އެ ގްރޫޕުގައި ސްކޯ ދިމާކޮށްގެން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް ހުށަހަޅާފައި ވަނީ އެއް މަސް ދުވަހުގެ ސްޕާ "ގެޓްއަވޭ" ޕެކޭޖެކެވެ. އެ ޕެކޭޖްގައި، އެ މީހަކު ބޭނުންވާ ވައްތަރެއްގެ މޭނީ ޕެޑީ އާއި ފުޓް ޓްރީޓްމަންޓް އަދި ބޮޑީ ޓްރީޓްމަންޓެއް ލިބޭނެ އެވެ. އެ ހިދުމަތްތަކުގެ ފަސް ސެޝަނެއް އެ ޕެކޭޖުގައި ހިމެނެ އެވެ. މިއީ 6،000ރ.ގެ ޕެކޭޖެކެވެ.
ދެ ވަނައަށް ފުޓް ރެސްޓުން ހުށަހަޅާފައި ވަނީ 10 ފުޓް ޕެމްޕާ ސެޝަނެވެ. އެ ސެޝަންތަކުގައި އެ މީހަކު ބޭނުން ވައެއްތަރެއްގެ ފައި މަސާޖެއް ނުވަތަ ފެޑީއެއް ހިޔާރު ކުރެވޭނެ އެވެ. އެ ސެޝަންތަކަކީ 4،000ރ. ގެ ސެޝަންތަކެކެވެ.
އެ ތަނުން ތިން ވަނަ އަށް ހުށަހަޅާފައި ވަނީ ދެ މީހަކަށް ލަގްޒަރީ ސްޕާ ރިޓްރީޓެކެވެ. އެ ރިޓްރީޓްގައި މޭނީ ޕެޑީ އަދި ހޮޓް ސްޓޯން ސެޝަނަކާ އެކު އަރޯމާތެރަޕީ ޕެމްޕާ ސެޝަނެއް ލިބޭނެ އެވެ. އެ ސެޝަންތަކަކީ 3،500ރ. ގެ ރިޓްރީޓެކެވެ.
ފުޓް ރެސްޓަކީ ގިނަ ސްޕާ ޓްރީޓްމަންޓުތަކެއް ދޭ ތަނެކެވެ.