ނަފްސާނީ ދުޅަހެޔޮކަމުގެ ކެމްޕެއިން، "ކިހިނެއް؟" ފަށައިފި
ނަފްސާނީ ދުޅަހެޔޮކަމުގެ ކެމްޕެއިން، "ކިހިނެއް؟" ފަށައިފި

ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވައި އެކަމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް "ކިހިނެއް؟" ނަމުގައި ގައުމީ ކެމްޕެއިނެއް މިއަދު ފަށައިފި އެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ކެމްޕެއިން، "ކިހިނެއް؟" ފަށައިފި
ނަފްސާނީ ދުޅަހެޔޮކަމުގެ ކެމްޕެއިން، "ކިހިނެއް؟" ފަށައިފި

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ޔުނިސެފް ގުޅިގެން ގެންދާ ކެމްޕެއިން ލޯންޗުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ކެމްޕެއިން، "ކިހިނެއް؟" ފަށައިފި
ނަފްސާނީ ދުޅަހެޔޮކަމުގެ ކެމްޕެއިން، "ކިހިނެއް؟" ފަށައިފި

އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެންމެ ބޮޑު ސަމާލުކަމެއް ދިނީ އެއްވެސް މީހަކު ބާކީނުކޮށް، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމަށް ކަމަށެވެ.

ސަރުކާރުގެ ވިސްނުން ހުރީ މުޅި ރާއްޖެއަށް އެ ހިދުމަތް ދިނުން ފުޅާކުރަން ކަމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ވަކި ސިޔާސަތެއް ކަނޑައެޅުން ވަރަށް މުހިއްމު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ނަފްސާނީ ސިއްހަތަށް ދިމާވެފައިވާ ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަތުމަށް މި އަހަރު ވަނީ ރެޕިޑް އެސެސްމަންޓެއް ހަދައިފަ އެވެ. މި ކެމްޕެއިންގެ ބޭނުމަކީ ވެސް، އެ އެސެސްމަންޓުން ފާހަގަވި ގޮތަށް ފަރުދުންނާއި މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށާއި ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންނާ މެދު ދެކޭ ގޮތް ބަދަލުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

● ކޮވިޑަށްފަހު ކުޑަކުދިންނާއި ޒުވާނުންގެ ނަފްސާނީ މައްސަލަތަކާއި ހާލަތްތައް ގޯސްވެފައިވުން

● ނަފްސާނީ މައްސަލަތަކާ މެދު ދެކޭ ގޮތުގެ ސަބަބުން ފަރުވާ ހޯދަން ފަސްޖެހުން

● ނަފްސާނީ ސިއްހަތާ ގުޅޭ މައުލޫމާތު މަދުވުމުން ނަފްސާނީ ސިއްހަތާ ގުޅޭގޮތުން ނޭދެވޭ ގޮތަށް ދެކުމުން ނުކުންނަ ނަތީޖާ ގޯސްވުން

● ނަފްސާނީ އެކި ހާލަތްތަކާ ގުޅިގެން ހުނަރު އިތުރުކުރަންޖެހުން

ޔުނިސެފުން ބުނީ މި ކެމްޕެއިން ގެންދާނީ ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން އަދި ދިރާސާތަކަށް ބަލައިގެން ކަމަށެވެ.

މި ކެމްޕެއިންގެ ޕްރައިމަރީ ފޯކަސް އަކީ ކުޑަކުދިންނާއި ފުރާވަރު އުމުރާއި ޒުވާނުން އަދި އުމުރުން ދުވަސްވީ މީހުންނެވެ.

ސެކަންޑްރީ އޯޑިއެންސްގައި ބެލެނިވެރިންނާއި އެކްސްޓެންޑެޑް ފެމިލީ އާއި ރައްޓެހިން އަދި ސޯޝަލް ނެޓްވޯކް ހިމެނެ އެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ސިއްހީ ގޮތުން ދުޅަހެޔޮވުމަކީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ވެސް ރަނގަޅު ވުމެވެ. ކޮވިޑަށް ފަހު އިތުރުވެފައިވާ އެންމެ ބޮޑު މައްސަލައަކީ ނަފްސާނީ މައްސަލަ ކަމަށާއި އެކަމަށް ސަރުކާރުން އިތުރަށް މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.