ސިމްޑީ "ވޯލްޑް ކަޕް ފިއެސްޓާ"ގެ ދެވަނަ ގުރުއަތު ނަގައިފި
ސިމްޑީ "ވޯލްޑް ކަޕް ފިއެސްޓާ"ގެ ދެވަނަ ގުރުއަތު ނަގައިފި

ވޯލްޑް ކަޕަށް އަމާޒުކޮށް ސިމްޑީން ފެށި "ވޯލްޑް ކަޕް ފިއެސްޓާ"ގެ ޕްރޮމޯޝަންގެ ދެވަނަ ގުރުއަތު ނަގައިފި އެވެ.

ސިމްޑީ "ވޯލްޑް ކަޕް ފިއެސްޓާ"ގެ ދެވަނަ ގުރުއަތު ނަގައިފި
ސިމްޑީ "ވޯލްޑް ކަޕް ފިއެސްޓާ"ގެ ދެވަނަ ގުރުއަތު ނަގައިފި

ބޮޑު އިނާމުތަކެއް ހުށަހަޅައިގެން ސިމްޑީން ފެށި އެ ޕްރޮމޯޝަނަކީ "ވީކްލީ" އިިނާމުތަކާ އެކު ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. ވޯލްޑް ކަޕްގެ ހަތަރު ހަފްތާގައި، ހަތަރު ނަސީބުވެރިއަކަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޕްރޮމޯޝަނުގެ ފުރަތަމަ ގުރުއަތު ނެގީ މި ދިޔަ ހަފްތާގަ އެވެ.

ސިމްޑީ ޓެކް ޝޯރޫމުގައި މިއަދު ވަނީ ހަފްތާ އެކެއްގެ ނަސީބުވެރިޔާ ހޮވައިފަ އެވެ. އެ ގުރުއަތު ނަގާފައި ވަނީ ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު އަބްދުﷲ (ލިލީ) އެވެ. މި ފަހަރުގެ ގުރުއަތުން ހޮވުނު ނަސީބުވެރިޔާ އަށް ލިބުނީ އިލެކްޓްރޮލަކްސް ޕިއޯ އައި9.2 ރޮބޮޓް ވެކިއުމް ކްލީނަރެކެވެ. މި ހަފްތާގައި ގުރުއަތުން ހޮވުނު ނަސީބުވެރިޔަކީ ހައްވާ ލައިލާ މުހައްމަދު އެވެ.

އެ ޕްރޮމޯޝަނުގައި އަންނަ ހަފްތާގައި ހޮވޭ ފަރާތަކަށް އަށް ކެނޮން ޑިޖިޓަލް ކެމެރާއެއް އަދި ހަތަރު ވަނަ ހަފްތާގެ ނަސީބުވެރިޔާ އަށް އިލީ ވައި 3.3 ކޮފީ މެޝިނެއް ލިބޭނެ އެވެ. އެ ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއެއްގައި ހޮވާ ނަސީބުވެރިއެއްގެ އިތުރުން މުޅި ޕްރޮމޯޝަނުން ގުރުއަތުން ހޮވޭ ތިން ކަސްޓަމަރަކަށް ވެސް ބޮޑެތި އިނާމުތަކެއް ވަނީ ހުށަހަޅައިފަ އެވެ. އެއްވަނަ އިނާމަކީ އައިފޯން 14 ޕްރޯ ނުވަތަ ސެމްސަން އެސް22 އަލްޓްރާ އެކެވެ. އެ ދެ ފޯނުގެ ތެރެއިން ފޯނެއް ހިޔާރު ކުރުމުގެ ފުރުސަތުން އެއް ވަނަ އަށް ދާ މީހަކަށް ލިބޭނެ އެވެ.

ޕްރޮމޯޝަނުގައި ދެ ވަނައަށް ހުށަހަޅާފައި ވަނީ ޕީ އެސް 5 އަކާއި ފީފާގެ 2023 ގެ ގޭމް ސީޑީ އެކެވެ. އަދި ތިން ވަނަ އިނާމަކީ އިލީގެ ކޮފީ ބަންޑަލް އެކެވެ. އޭގައި ހިމެނެނީ އެކްސް ނައިން ކްރޯމް ކޮފީ މެޝިނަކާއި މިލްކް ފްރޮތާ އާއި ކެޕްސޫލްސް އާއި އެސްޕްރެސޯ އަދި ކަޕަޗީނޯ ކަޕެވެ.

އެ ޕްރޮމޯޝަނަކީ ސިމްޑީގެ އެޕް މެދުވެރިކޮށް، ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގައި އެޕް މެދުވެރިކޮށް، ވިޔަފާރި ކޮށްގެން 30 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އެއީ ހޯލްސޭލް އަދި ރީޓެއިލްކޮށް ގަންނަ ކަސްޓަމަރުންނަށް ވެސް ލިބޭނެ ޑިސްކައުންޓެކެވެ.

އެ ޕްރޮމޯޝަނުގައި ޑިސްކައުންޓް ލިބޭ ޕްރޮޑަކްޓުތަކުގެ ތެރޭގައި އިލީ ކޮފީގެ އުފެއްދުންތަކާއި ބޮން ކެފޭ އާއި ހޯލްސަން، މައި ބިސްކަޓާއި ކެޑްބަރީ ޗޮކްލެޓުގެ އުފެއްދުންތައް ހިމެނެ އެވެ.