05 ޑިސެމްބަރ 2022 - 15:09

ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު 1.5 މިލިއަނަށް އަރައިފި އެވެ.
އެ ކާމިޔާބީއާއެކު، ރާއްޖެ އިން ކަނޑައެޅި އަމާޒަށް ވާސިލުވުމަށް ދެން ބޭނުންވަނީ އެއް ލައްކަ ޓޫރިސްޓުން ގެނައުމެވެ. މި އަހަރު ނިމޭއިރު 1.6 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން މިދިޔަ މަހު ރާއްޖެ އަށް 146،000 ޓޫރިސްޓުން ވަނީ އައިސްފަ އެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައީ އިންޑިއާއިންނެވެ. އެއީ ދެ ލައްކަ ޓޫރިސްޓުންނެވެ. ދެވަނައިގައި އުޅޭ ރަޝިއާގެ ޓޫރިސްޓުންގެ އަދަދަކީ 180،000 އެވެ.
މިދިޔަ މަހު އިނގިރޭސި ވިލާތުން 167،000 ޓޫރިސްޓުން އަދި ޖަރުމަނުން 122،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
އަންނަ އަހަރު ރާއްޖެ އަށް 1.8 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެވެ.