ސިޓީ އޮޕްޓިކަލުން އާސަންދައިގެ ދަށުން އައިނު ހިލޭ ހެއްދޭ ޕްރޮމޯޝަނެއް
ސިޓީ އޮޕްޓިކަލުން އާސަންދައިގެ ދަށުން އައިނު ހިލޭ ހެއްދޭ ޕްރޮމޯޝަނެއް

ސިޓީ އޮޕްޓިކަލުން ހިދުމަތް ހޯދާ މީހުންނަށް އާސަންދައިގެ ދަށުން ނަމްބަރު އައިނު ހިލޭ ހެއްދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަންނަ ޖެނުއަރީ މަހުގެ 10 އާ ހަމައަށް ބާއްވާ އެ ޕްރޮމޯޝަންގެ ދަށުން ހެއްދޭނީ އެންޓި ރިފްލެކްޓިވް ކޯޓިން ލެންސްގެ އައިނެވެ.

ހުޅުމާލޭގެ ސެންޓްރލް ޕާކްގެ ކުރިމަތީގައި ހުންނަ ސިޓީ އޮޕްޓިކަލުން ބުނިގޮތުގައި، އައިނު އަޅާ މީހުންގެ 40 ޕަސެންޓު ބޭނުން ކުރަނީ އެންޓި ރިފްލެކްޓިވް ކޯޓިން ލެންސެވެ.

ސިޓީ އޮޕްޓިކަލްގެ ޕްރޮމޯޝަނުގެ ދަށުން ދެކުނު ކޮރެއާގެ 40 ސްޓައިލެއްގެ ފްރޭމަކުން، ކަސްޓަމަރު ބޭނުން ފްރޭމެއްގައި އައިނު ހެއްދޭނެ އެވެ.

އާސަންދަ އާއި އަމާނަތަކަފުލް އާއި ސޮލަރެލް އަދި އެމްއެންޑީއެފްގެ އިންޝުއަރެންސުން 1،000ރ. ކަވަރުކުރާ ކަސްޓަމަރުންނަށް ފްރޭމާއި ލެންސާއި ލޯ ޓެސްޓު ކުރުމުގެ ހިދުމަތަށް އެއްވެސް ފީއެއް އެ ޕްރޮމޯޝަންގައި ނުނަގާނެ އެވެ.

ސިޓީ އޮޕްޓިކަލުން ބުނިގޮތުގައި، އެހެން ތަންތަނުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށް ވެސް ޕްރޮމޯޝަނުގައި އައިނު ހެއްދޭނެ އެވެ. އާސަންދައިގެ ދަށުން އައިނު ހެއްދުމަށް ހޮސްޕިޓަލުގެ ޕްރިސްކްރިޕްޝަން ބޭނުން ވާނެ އެވެ.

ސިޓީ އޮޕްޓިކަލުން ބުނީ، އެ ތަނުގައި ލޮލުގެ ބަލިތައް ދެނެގަތުމަށް ޑޮކްޓަރުންގެ މެދުގައި އެންމެ މަގުބޫލު އެއް ބްރޭންޑް ކަމަށްވާ އެމެރިކާގެ ވިޝަނެކްސް ބްރޭންޑުގެ ސިސްޓަމް ވަނީ ގާއިމު ކޮށްފައި ކަމަށެވެ. ނަމްބަރު އައިނުގެ ދުނިޔޭގެ އެންމެ މޮޅު ލެންސް ކަމަށްވާ ޖަރުމަނުވިލާތުގެ "ޒައިސް" ބްރޭންޑުގެ ލެންސް ވެސް ސިޓީ އޮޕްޓިކަލުން ލިބޭނެ ކަމަށް ބުންޏެވެ.

ސިޓީ އޮޕްޓިކަލުން ބުނީ ލެންސް އުފެއްދުމުގައި 170 އަހަރުގެ ތަޖުރިބާ ހުރި ޒައިސް އަކީ ނަމްބަރު އައިނުގެ ލެންސް އުފެއްދުމުގައި ތަޖުރިބާ ހުރި ކުންފުންޏެއް ކަމަށެވެ. ޒައިސް އަކީ އައިނު އަޅައިގެން ހުންނަ ކަން ވެސް އިހުސާސް ނުކުރެވޭހާ ސާފު، ލޮލަށް އަރާމު ލެންސް އުފައްދާ ކުންފުންޏެއް ކަމަށް ބުންޏެވެ.

ޒައިސް އަކީ ޕްރީމިއަމް އަދި ސުޕަ ޕްރީމިއަމް ކެޓެގަރީގެ ނަމްބަރު އައިނުގެ ލެންސް އުފައްދާ ކުންފުންޏެކެވެ. އެއީ އެކި އަގުތަކުގައި ލިބެން ހުރި އައިނު ހިމެނޭ، ދުނިޔޭގެ އެންމެ މަގުބޫލު އެއް ބްރޭންޑެވެ.