ބީއެމްއެލް އިން ގުރައިދޫގައި ކުޑަކުދިންގެ ހަވީރެއް
ބީއެމްއެލް އިން ގުރައިދޫގައި ކުޑަކުދިންގެ ހަވީރެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް ޑެފް އެސޯސިއޭޝަން (އެމްޑީއޭ)އާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރަން ކ. ގުރައިދޫގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި އެވެ.

ބީއެމްއެލް އިން ގުރައިދޫގައި ކުޑަކުދިންގެ ހަވީރެއް
ބީއެމްއެލް އިން ގުރައިދޫގައި ކުޑަކުދިންގެ ހަވީރެއް

ބީއެމްއެލުން ބުނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން 200 އަށް ވުރެ ގިނަ މީހުން އެ ހަވީރުގައި ބައިވެރިވި އެވެ.

ބީއެމްއެލް އިން ގުރައިދޫގައި ކުޑަކުދިންގެ ހަވީރެއް
ބީއެމްއެލް އިން ގުރައިދޫގައި ކުޑަކުދިންގެ ހަވީރެއް

އެ ހަވީރުގެ މަގގްސަދަކީ ޑެފް ކޮމިއުނިޓީ އާއި އާންމު ރައްޔިތުން ގުޅުވާލައި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އޭގެ އިތުރުން މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭންކުންވަނީ އިމާދުއްދީން ސްކޫލުގެ ސެން ކްލާސްތަކުގައި ކިޔަވާ ދަރިވަރުންނަށް ގިފްޓް ޕެކެއް ވެސް ހަދިޔާކޮށްފަ އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހެވެ.