މެންދުރުގެ ކެއުން ކިހާދޫ ކުނިކޮށީގައި
މެންދުރުގެ ކެއުން ކިހާދޫ ކުނިކޮށީގައި

މި ރަށު މީހުން މިތަނަށް ކުނިކޮއްޓެކޭ ނުކިޔަ އެވެ. މިއީ ބ. ކިހާދޫ މީހުންގެ އިކޯ ސެންޓަރެވެ. ކުނި މެނޭޖުކުރާ މި ސެންޓަރުގައި ކެއުންތަކާއި ހަފުލާތައް ބާއްވަ އެވެ. މި ދަތުރުގައި އަހަރެމެންގެ މެންދުރުގެ ކެއުން ވެސް އޮތީ މިތަނުގަ އެވެ.

މެންދުރުގެ ކެއުން ކިހާދޫ ކުނިކޮށީގައި
މެންދުރުގެ ކެއުން ކިހާދޫ ކުނިކޮށީގައި

މިތަނުން އެއްވެސް ނުބައި ވަހެއް ނުދުވަ އެވެ. ދިމާލެއްގައި މެއްސެއް އެނބުރޭތަން ވެސް ނުފެނެ އެވެ. އެހާވެސް ސާފުތާހިރެވެ.

މެންދުރުގެ ކެއުން ކިހާދޫ ކުނިކޮށީގައި
މެންދުރުގެ ކެއުން ކިހާދޫ ކުނިކޮށީގައި

"ސޮނެވާ ނަމޫނާ"އާ ގުޅިގެން ކިހާދޫގައި ކުނި މެނޭޖުކުރަމުން އަންނަގޮތް ބަލައިލުމަށް މިނިސްޓަރުންނާއި ސަރުކާރުގެ އެހެން ބައެއް އިސްވެރިން، މިދިޔަ ހޮނިހިރު ދުވަހު މި ރަށަށް ކުރެއްވި ޒިޔާރަތުގައި އެ ބޭފުޅުން ވެސް، މެންދުރުގެ ކެއުމަށް އިންސާފުކުރެއްވީ މި ސެންޓަރުގަ އެވެ.

މެންދުރުގެ ކެއުން ކިހާދޫ ކުނިކޮށީގައި
މެންދުރުގެ ކެއުން ކިހާދޫ ކުނިކޮށީގައި

ކެއުމަށްފަހު ބޭއްވި ފޯރަމެއްގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވެސް ވިދާޅުވީ މި ރަށުން ލިބިވަޑައިގަތް އެންމެ ބޮޑު ހައިރާންކަމަކީ މިއީ ކަމަށެވެ. މިވަރުގެ ކަމެއް އަދި އެއްވެސް ރަށަކުން ފެނިވަޑައިގެންފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މެންދުރުގެ ކެއުން ކިހާދޫ ކުނިކޮށީގައި
މެންދުރުގެ ކެއުން ކިހާދޫ ކުނިކޮށީގައި

"ދުވަހަކު ވެސް ހިތަކަށް ނާރާ އެ ކަހަލަ ތަނެއްގައި [ކުނި މެނޭޖުކުރާ ސެންޓަރެއްގައި] ކާން ތިބެވިދާނެއެކޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މެންދުރުގެ ކެއުން ކިހާދޫ ކުނިކޮށީގައި
މެންދުރުގެ ކެއުން ކިހާދޫ ކުނިކޮށީގައި

މި ސެންޓަރަށް ކުނިވާ ޒާތުގެ އެއްވެސް ކުންޏެއް ނުގެނެ އެވެ. އާންމުކޮށް ގެންނަނީ ފާޑުފާޑުގެ ޕްލާސްޓިކާއި ލަކުޑި އާއި ކަރުދާހާއި ބިއްލޫރި އާއި އަދިވެސް ކުނި ނުވާ އެކި ޒާތުގެ ކުންޏެވެ.

ކިހާދޫ އިކޯ ސެންޓަރުގެ ސުޕަވައިޒަރު މުހައްމަދު ނަދީމް ބުނި ގޮތުގައި މި ސެންޓަރަކީ މިހާރު މި ރަށު މީހުން ފޫހިފިލުވާލަން ވެސް އަންނަ ތަނެކެވެ. ރަށުގެ އެކި އިވެންޓްތައް ވެސް ބާއްވާ މިތަނުގައި ކޮންމެ ގަޑިއަކު ކޮފީ ލިބެން ވެސް ހުރެ އެވެ. ކޮފީ ބޯން ތިބެން ހާއްސަ ކޮފީ ކޯނާއެއް ވެސް ހަދައިފައި އެބަހުއްޓެވެ.

"މިތަނަށް އަހަރެމެން ކުނިކޮއްޓޭ ވެސް ނުކިޔަނީ އެހެންވެ. ކުނިކޮއްޓޭ ބުނީމަ މީހުންގެ ބޮލަށް ސިފަވަނީ ވަރަށް ނުތާހިރު، ހަޑިތަނެއްގެ ގޮތުގައި. އެކަމަކު މިތަނަށް ބަލައިލިޔަސް އެނގޭނެ މިއީ 'ކުނިކޮއްޓެއް' ނޫންކަން،" އޭނާ ބުންޏެވެ.

"އަބަދުވެސް މިތަން އޮންނާނީ މިހެން މިހާ ސާފުކޮށް."

ގޭގައި އުފެދޭ ކުނިވާ ޒާތުގެ ކުނި މެނޭޖުކުރަން މި ރަށުގައި، ކޮންމެ ގެއެއްގައި ވެސް ހާއްސަ އިންތިޒާމެއް ހަމަޖައްސާފައި އޮވެ އެވެ. އެކަމަށް ބޭނުންކުރަނީ "ޓަކަކުރާ ހޯމް ކޮމްޕޯސްޓިން" ކިޔާ ހާއްސަ މެތަޑެކެވެ. މި މެތަޑު ބޭނުންކޮށްގެން ގޭގޭގައި، ކައިފައި ބާކީވާ އެއްޗެހި ގަސްކާނާއަށް ބަދަލުކޮށްލަނީ، ގޭގެ ގޯތިތެރޭގައި އެ ބަހައްޓައިގެންނެވެ.

ކިހާދޫގެ އިކޯ ސެންޓަރުން ފެންނަ މި "ނަމޫނާ"އާ އެއްގޮތަށް، ސޮނެވާ ނަމޫނާގައި ހިމެނޭ 11 ރަށުގެ ކުނި މެނޭޖުކުރާ ސެންޓަރުތައް ވެސް ބަދަލުކޮށްލުމަކީ އެ ރަށްރަށުގެ ކައުންސިލުތަކުގެ އަމާޒެކެވެ.