ޕްލާސްޓިކް ސާޖަރީގެ ސަބަބުން ބަތަލާއެއްގެ ކެރިއަރު ނިމުމަކަށް
ޕްލާސްޓިކް ސާޖަރީގެ ސަބަބުން ބަތަލާއެއްގެ ކެރިއަރު ނިމުމަކަށް

ބޮލީވުޑް ބަތަލާ ކޮއެނާ މިތުރާ އަކީ އެއް އިރެއްގައި ފިޔަޖަހަމުން ދިޔަ އުންމީދީ ތަރި އެކެވެ. ނަމަވެސް ފަހަކަށް އައިސް ކޮއެނާގެ ނަން ގިނަ ބަޔަކު ހަނދާން ކުރަނީ މޫނު ރީތިކުރަންވެގެން ހެދި ޕްލާސްޓިކް ސާޖަރީގެ ސަބަބުން މޫނު ހުތުރުވި ބަތަލާއެއްގެ ގޮތުގަ އެވެ.

ޕްލާސްޓިކް ސާޖަރީގެ ސަބަބުން ބަތަލާއެއްގެ ކެރިއަރު ނިމުމަކަށް
ޕްލާސްޓިކް ސާޖަރީގެ ސަބަބުން ބަތަލާއެއްގެ ކެރިއަރު ނިމުމަކަށް

މޫނުގައި ހުރި ހިތްހަމަނުޖެހޭ ސިފަތައް ރީތިކޮށްލަންވެގެން ކޮއެނާ ކުރި އޮޕަރޭޝަން ދިޔައީ ގޯހުން ގޯހަށެވެ. ސާޖަރީގެ ސަބަބުން ނޭފަތް ވެސް ހުތުރުވެ އޭނާގެ ރީތިކަން އަބަދަށް ގެއްލިގެން ދިޔަ އެވެ. އޭނާގެ ނެށުންތަކާއި ރީއޭނާ ކުޅުނު ފިލްމުތަކުގެ ހަނދާން ހުރި މީހަކު ވެސް ނެތެވެ.

ނޭފަތާއި މޫނު ހުތުރުވުމުން ކޮއެނާ ލައްވާ ފިލްމު ކުޅުވަން އެއްވެސް މީހަކު ބޭނުން ނުވުމުގެ ނަތީޖާއަކަށްވީ މަސައްކަތެއް ނެތި ގޭގައި ގިނަ ދުވަސްތަކެއް ވަންދެން އިންނަން ޖެހުމެވެ.

ކޮއެނާ ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި ޕްލާސްޓިކް ސާޖަރީއަށް ފަހު އޭނާގެ މޫނު ދުޅަވާން ފެށި އެވެ. އެންމެ ފަހުން އެކަން ރަނގަޅު ނުކުރެވިގެން ޑޮކްޓަރުން ވެސް އެކަމުން އަތްދޫކޮށްލީ އެވެ. އެކަމަށް ދެވޭނެ ފަރުވާއަކީ ބޭސްކޮށް ދުއާ ކުރުން ކަމަށް ބުނެފަ އެވެ. މިހާރު ހުރި ވަރަށް ކޮއެނާގެ މޫނު ހުރި ވެސް އިތުރަށް ކުރި ގިނަ އޮޕަރޭޝަން ތަކަކަށް ފަހުގަ އެވެ.

ކޮއެނާ ބޮލީވުޑް ފިލްމުތައް ކުޅެން ފެށީ 2002 ވަނަ އަހަރުނުކުތް "ރޯޑު" އިންނެވެ. އެ ފިލްމުގައި އޭނާ ކުޅުނީ މެހެމާނެއްގެ ރޯލެވެ. ބަތަލާއެއްގެ ގޮތުގައި ކޮއެނާ ފުރަތަމަ ފެނުނީ 2004 ގައި ނުކުތް "މުސާފިރް" އިންނެވެ. އޭގެ ފަހުން 2009 އާ ހަމައަށް 12 ވަރަކަށް ފިލްމު އޭނާ ކުޅުނެވެ. އެންމެ ފަހުން އޭނާ ކުޅުނީ ތަމަޅަ ފިލްމެއް ކަމަށްވާ "އަސަލް" (2010) އަދި 2015 ގައި ކުޅުނު ބަންގާލީ ފިލްމެކެވެ.

ސާޖަރީއަށްފަހު ކޮއެނާ ބޮލީވުޑް ފިލްމަކުން އަދި ބޭރުތެރެއިން ވެސް އެއްވެސް މީހަކަށް ނުފެނެ އެވެ. ނަމަވެސް ކޮއެނާ އަކީ ދިމާވި ކަންތައްތަކާ ހިތާމަކޮށް ޑިޕްރެޝަނަށް ގޮސްގެން ހަލާކުވާ ވަރަށް ވުރެ ހިތްވަރުގަދަ މީހެކެވެ.

އޭނާގެ ބޮލީވުޑް ކެރިއަރު ރަނގަޅަށް ފަށައިވެސް ނުގެނެވެނީސް ކުއްލިއަކަށް ނިމުމެބެ. އޭގެ ފަހުން ގޭގައި ހުއްޓާ، ލޮސް އެންޖަލިސްގައި ދިރިއުޅޭ ކޮއެނާގެ އެކުވެރިއަކު އޭނާއަށް ގުޅާފައި އޮޑިޝަން ޓޭޕެއް ފޮނުވައިދިނުމަށް އެދުނެވެ. ވަގުތުން ކޮއެނާ ކެމެރާ ޓީމެއް ހޯދައިގެން އޮޑިޝަނެއް ރެކޯޑްކޮށް ފޮނުވި އެވެ. ނަސީބަކުން އެ ޓޭޕް އެ މީހުންނަށް ވަރަށް ކަމުދިޔަ އެވެ.

އެހެންކަމުން 2011 ގައި ކޮއެނާ އޭނާގެ 11 މަސް ދުވަހަށް ލޮސް އެންޖަލިސް އަށް ދިޔައީ އެވެ. އެތަނުގައި އޭނާ މައިކަލް މާޝެލްގެ ފިލްމު "ދަ ސްޓޯރީ އޮފް ނައޯމީ" ކިޔާ ފިލްމެއް ކުޅުނެވެ. އަދި އެ ނޫންވެސް ބައެއް ޕްރޮޖެކްޓްތައް އޭނާއަށް ލިބުނެވެ. އަދި ލޮސް އެންޖަލިސްގެ ފެޝަން އިވެންޓްތަކުގައި އޭނާ އަމަލީ ގޮތުން ބައިވެރިވާން ފެށި އެވެ.

ބޮލީވުޑް ކެރިއަރު ނިމުނަސް މިހާރު އަނެއްކާވެސް ކޮއެނާގެ ދިރިއުޅުން ވަނީ ހަމައަކަށް އެޅިފަ އެވެ.