އަޒްފާގެ ހޯދުން، ދެމެހެއްޓެނިވި ޓޫރިޒަމަށް ގިނަ ހުރަސްތަކެއް!
އަޒްފާގެ ހޯދުން، ދެމެހެއްޓެނިވި ޓޫރިޒަމަށް ގިނަ ހުރަސްތަކެއް!

މިއަދު ފެށި ސަސްޓެއިނަބަލް ޓޫރިޒަމް ފޯރަމް (އެސްޓީއެފް) ގައި އެންމެ ބޮޑަށް ފާހަގަވި ކަމަކީ ޓޫރިޒަމް ދާއިރާގައި އަދިވެސް ހައްލު ކުރަންޖެހޭ ބައިވަރު މައްސަލަތައް ހުރި ކަމެވެ. ދެމެހެއްޓެނިވި ގޮތަކަށް ޓޫރިޒަމް ތަރައްގީ ކުރުމުގައި މިހާރުން މިހާރަށް ވެސް ހައްލު ކުރަންޖެހޭ ގިނަ މައްސަލަތަކެއް އެ ފޯރަމުގެ ބައިވެރިންނަށް ސާފުވި އެވެ.

އަޒްފާގެ ހޯދުން، ދެމެހެއްޓެނިވި ޓޫރިޒަމަށް ގިނަ ހުރަސްތަކެއް!
އަޒްފާގެ ހޯދުން، ދެމެހެއްޓެނިވި ޓޫރިޒަމަށް ގިނަ ހުރަސްތަކެއް!

ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ސްޕެޝަލިސްޓް އަދި އެ ފޯރަމުގެ މޮޑަރޭޓަރު އައިޝަތު އަޒްފާ ދެއްވި ހާއްސަ ޕްރެޒެންޓޭޝަނުގައި، ހަލުވި ސްޕީޑެއްގައި ރާއްޖޭގައި ލޯކަލް ޓޫރިޒަމް ތަރައްގީ ވަމުން އަންނަ ގޮތާއި އޭގެ ސަބަބުން ކުރަމުންދާ ބައެއް ރަނގަޅު އަދި ނުރަނގަޅު އަސަރުތަކުގެ ވާހަކަ ވިދާޅުވެ ދެއްވި އެވެ.

އަޒްފާގެ ހޯދުން، ދެމެހެއްޓެނިވި ޓޫރިޒަމަށް ގިނަ ހުރަސްތަކެއް!
އަޒްފާގެ ހޯދުން، ދެމެހެއްޓެނިވި ޓޫރިޒަމަށް ގިނަ ހުރަސްތަކެއް!

އޭނާ ވިދާޅުވީ، ލޯކަލް ޓޫރިޒަމާއެކު، ގިނަ އަދަދަކަށް ގެސްޓް ހައުސްތައް ހަދައި، ވަޒީފާގެ ގިނަ ދޮރުތަކެއް ހުޅުވުނަސް އެކަށީގެންވާ ވަރަށް އަންހެނުންގެ ދައުރު އެ ދާއިރާ އިން ނުފެންނަ ކަމަށެވެ. ހަރަދު ކުޑަކުރުމުގެ ބޭނުމުގައި ގިނަ ގެސްޓް ހައުސްތަކުގައި ގެންގުޅެނީ އެންމެ މީހެއް ކަމަށާއި އެ ތަނުގެ ހުރިހާ ކަމެއްގައި އުޅެނީ އެ މީހާ ކަމަށް އަޒްފާގެ ޕްރެޒެންޓޭޝަނުގައި ވިދާޅުވި އެވެ، އެކަމަކު، އެއީ ބަދަލު ކުރަން ޖެހޭ ސަގާފަތެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

އަޒްފާގެ ހޯދުން، ދެމެހެއްޓެނިވި ޓޫރިޒަމަށް ގިނަ ހުރަސްތަކެއް!
އަޒްފާގެ ހޯދުން، ދެމެހެއްޓެނިވި ޓޫރިޒަމަށް ގިނަ ހުރަސްތަކެއް!

އަޒްފާ ވިދާޅުވިގޮތުގައި، ޓޫރިޒަމް ދާއިރާ ފުޅާކުރެވޭނީ އެ ދާއިރާއާ ގުޅުން ހުރި ހުރިހާ ކަމެއް ވެސް ރަނގަޅުކޮށް، ހަމަހަމަ ފުރުސަތުތަކެއް ދީގެންނެވެ.

އަޒްފާގެ ހޯދުން، ދެމެހެއްޓެނިވި ޓޫރިޒަމަށް ގިނަ ހުރަސްތަކެއް!
އަޒްފާގެ ހޯދުން، ދެމެހެއްޓެނިވި ޓޫރިޒަމަށް ގިނަ ހުރަސްތަކެއް!

އޭނާ ވިދާޅުވީ، ޓޫރިޒަމްގެ ދާއިރާ އަކީ އެންމެ "ވޭސްޓު" ގިނަ ދާއިރާ ކަމަށެވެ. މާލޭގައި އާއްމު މީހެއްގެ ފަރާތުން ދުވާލެއްގެ މައްޗަށް 1.7 ކިލޯގެ ކުނި އުފެދޭއިރު، ރަށްރަށުގެ އަދަދަކީ 0.6 ކިލޯ އެވެ. ޓޫރިސްޓެއްގެ ފަރާތުން އެވްރެޖުކޮށް ދުވާލަކު 3.5 ކިލޯގެ ކުނި އުފެދޭ ކަމަށް ވެސް އަޒްފާގެ ހޯދުންތަކުން ދައްކަ އެވެ.

އެހެންވެ، ދެމެހެއްޓެނިވި ގޮތަކަށް ޓޫރިޒަމް ދާއިރާ ތަރައްގީ ކުރަން ބޭނުން ނަމަ ކުނި މެނޭޖު ކުރުމަށް ހައްލެއް ބޭނުންވާ ކަމަށް އަޒްފާ ވިދާޅުވި އެވެ. އަދި ރައްކާތެރިކޮށް ކުނި މެނޭޖު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އިންފްރާސްޓްރަކްޗާތައް ހާއްސަކޮށް ލޯކަލް ޓޫރިޒަމް ހިންގާ ރަށްރަށުގައި މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ.

އަޒްފާގެ ޕްރެޒެންޓޭޝަނުން ދެން ފާހަގަވި އަނެއް ކަމަށާއި ޓޫރިޒަމް ދާއިރާގައި ފެނުގެ އިސްރާފު ބޮޑުކަމެވެ. އޭނާ ވިދާޅުވީ، 762 ސައިޒުގެ އޮލިމްޕިކް ސްވިމިން ޕޫލެއް ފުރޭ ވަރަށް ޓޫރިޒަމް ދާއިރާގައި އަހަރެއްގެ މައްޗަށް ފެން އިސްރާފުވާ ކަމަށެވެ. ޓޫރިޒަމްގެ ބޭނުމަށް ވަރަށް ގިނަ ރަށްރަށް ހިއްކާފައިވާ ކަމަށާއި ރަށްރަށުގައި ވެސް ބިން ހިއްކުން ފަދަ މަޝްރޫއުތައް އިތުރުވެފައިވާއިރު، އެ ކަމުން ތިމާވެއްޓަށް ކުރާ އަސަރު ދެނެގަންނަން ޖެހޭ ކަމަށް އަޒްފާ ވިދާޅުވި އެވެ. އަދި ދެމެހެއްޓެނިވި ގޮތަކަށް ޓޫރިޒަމް ދާއިރާ ކުރިއެރުވޭނީ އެ މައްސަލަތައް ހައްލުކޮށް، އެ މައްސަލަތަކަށް ޕޮލިސީ ލެވެލްގައި މަސައްކަތްތަކެއް ކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަޒްފާ އަކީ ކްލައިމެޓް އެޑެޕްޓޭޝަނާއި ސަސްޓެއިނަބަލް އަދި ޑިވެލޮޕްމެންޓް ޕޮލިސީ ދާއިރާ އިން 15 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރެކެވެ. އޭނާ ވަނީ އދ. އާއި އޭޝިއަން ޑިވޮލެޕްމެންޓް ބޭންކް (އޭޑީބީ) އާއި ދަ ރިޒެލިއަންޓު އައިލެންޑް ފައުންޑޭޝަން ފަދަ ބޮޑެތި ޖަމާއަތްތަކުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

ސަސްޓެއިނަބަލް ޓޫރިޒަމް ފޯރަމްގައި ކޯ މޮޑަރޭޓަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ސަސްޓެއިނަބަލް ޓޫރިޒަމް ސްޕެޝަލިސްޓް އައިމިނަތު ޝަދުން އެވެ.

ރާއްޖޭގެ ޓޫރިޒަމް ތަރައްގީ ވެގެން އައި ގޮތާއި އެކި ސަރުކާރުތަކުން އެކުލަވައިލި ޓޫރިޒަމް ސިޔާސަތުތަކާއި މާސްޓާ ޕްލޭންތަކާ ގުޅޭ ގޮތުން އޭނާ ވާހަކަ ދެއްކެވި އެވެ. އަދި ޓޫރިޒަމާއި ލޯކަލް ޓޫރިޒަމް އިތުރަށް ތަރައްގީ ކުރުމުގައި ދެމެހެއްޓެނިވި ޓޫރިޒަމާ ބެހޭ ފްރޭމްވޯކެއް އޮތުމުގެ މުހިންމު ކަމާއި ޕޮލިސީ ލެވެލްގައި އެ ކަމަށް ބާރު އެޅުން މުހިންމު ކަމުގެ މައްޗަށް ވެސް ޝަދުން އަލިއަލުވާލެއްވި އެވެ.

ކައިމޫ ޓްރެވެލްސް އެންޑް ހޮޓެލް ސާވިސަސް ގްރޫޕްގެ ލާނިން އެންޑް ޑިވެލޮޕްމެންޓް އެގްޒެކެޓިވްގެ މަގާމު ފުރުއްވާ ޝަދުން ވިދާޅުވިގޮތުގައި، ދެމެހެއްޓެނިވި ގޮތަކަށް ޓޫރިޒަމް ދާއިރާ ތަރައްގީ ކުރުމަށްޓަކައި އެ ދާއިރާއާ ގުޅުން ހުރި އެެން ދާއިރާތަކާއި ދެމެހެއްޓެނިވި ގޮތަކަށް މާލީ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދުން މުހިންމެވެ. އަދި ގެސްޓް ހައުސްގެ ވިޔަފާރިތައް ކުއްލިއަކަށް ކުރިއަރާ ފުޅާވެގެން ދިޔަ އިރު، ލޯކަލް ޓޫރިޒަމްގެ ސަބަބުން ރަށްރަށުގެ ސަގާފަތާއި އާއްމު އަހުލާގަށް ކުރާ ނޭދެވޭ އަސަރުތައް ވެސް ދެނެގަތުމަކީ މުހިންމު ކަމެއް ވެސް ވިދާޅުވި އެވެ.

ޝަދުން ވިދާޅުވީ، ސަސްޓެއިނަބަލް ޓޫރިޒަމް ފޯރަމްގައި އެ ކަންކަން ދެނެގަނެ، އާންމުންނަށް ވެސް އެންމެ ބޮޑަށް ފައިދާ ކުރާނެ ގޮތަކަށް ޓޫރިޒަމް ތަރައްގީ ކުރާނެ ގޮތްތަކަށް ބަލާނެ ކަމަށެވެ. އަދި ފޯރަމް ނިމޭއިރު، ދެމެހެއްޓެނިވި ގޮތަކަށް ޓޫރިޒަމް ދާއިރާ ތަރައްގީ ކުރުމަށްޓަކައި، އެ ދާއިރާގެ ސިޔާސަތުތަކެއް އެކުލަވާލަން ހުށަހެޅުމަކީ އެ ފޯރަމުގެ އަމަޒެއް ކަމަށް ވެސް 2016 އިން ފެށިގެން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވެވޑައިގަންނަވާ ޝަދުން ވިދާޅުވި އެވެ.

އައިއެމްޓީއެމުން ބާއްވާ ސަސްޓެއިނަބަލް ޓޫރިޒަމް ޑިވެލޮޕްމެންޓް ފޯރަމުގައި ޓޫރިޒަމް ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއި ޓޫރިޒަމް މިނިސްޓްރީގެ ބައެއް ބޭފުޅުންނާއި ކޮލެޖު ދަރިވަރުން ވެސް ބައިވެރިވެ އެވެ. އެ ފޯރަމުގެ މަގުސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާ ތަރައްގީ ކުރާނެ އަމަލީ ކަންކަން ދެނެގަތުމެވެ.