3 ވަނަ އެސްޓީއެފް ފޯރަމް ފަށައިފި
3 ވަނަ އެސްޓީއެފް ފޯރަމް ފަށައިފި

އައިއެމްޓީއެމުން ބާއްވާ އެސްޓީއެފް ފޯރަމް ފަށައިފި އެވެ.

3 ވަނަ އެސްޓީއެފް ފޯރަމް ފަށައިފި
3 ވަނަ އެސްޓީއެފް ފޯރަމް ފަށައިފި

އެ ފޯރަމް ފައްޓަވައިދެއްވީ ޔޫއެންޑީޕީ މޯލްޑިވްސް ރިޕްރެޒެންޓިވް ވީރާ ހަކީމް އެވެ.

3 ވަނަ އެސްޓީއެފް ފޯރަމް ފަށައިފި
3 ވަނަ އެސްޓީއެފް ފޯރަމް ފަށައިފި

އެ ފޯރަމް ފައްޓަވައިދެއްވުމަށް ފަހު ވީރާ ވިދާޅުވީ، ރާއްޖެ އަކީ ދުނިޔޭގެ 5 ވަނަ އަށް އެންމެ ބޮޑު ރީފް ބަޔޯ ޑައިވާސިޓީ އާއި 7 ވަނަ އަށް އެންމެ ބޮޑު ރީފް އިކޯ ސިސްޓަމް އޮތް ގައުމު ކަމަށެވެ. އޭގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ތަރުހީބެއް ލިބި، ޖީޑީޕީގެ ބޮޑު ބަޔަކީ ޓޫރިޒަމުން ލިބޭ އާމްދަނީ ކަމަށާއި ޓޫރިޒަމަކީ އަންހެނުންނާއި ޒުވާނުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ޝާމިލުވާ ދާއިރާއެއް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ޓޫރިޒަމް ސަސްޓެއިނަބިލިޓީ އަކީ ސީއެސްއާރު ޕްރޮމޯޝަނަކަށް ނުހަދާ އިންވެސްޓުކޮށް އަމަލީ މަސައްކަތްތަކެއް ފެންނަ ކަމަކަށް ހަދަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި އީޖާދީ އެކި ވަސީލަތްތަކާ އެކު 21 ގަރުނާއި ރައްޓެހި ގޮތެއްގައި ލޯކަލް ކޮމިއުނިޓީތަކުގައި އެކަން ކުރެވެން ޖެހޭކަމަށް ވެސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ކީ ނޯޓް ސްޕީޗު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ނައުޝާދު މުހައްމަދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޓޫރިޒަމްގެ ސަބަބުން ލޯކަލް ކޮމިއުނިޓީތަކަށް ފައިދާވެ، ގުދުރަތީ ރީތިކަން ރައްކާތެރިކޮށް، ސަގާފަތް ދިރުވުން ކަމަށެވެ. އެކަންތައްތައް ދެމެހެއްޓުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށް، ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް ސަސްޓެއިނަބަލްކޮށް ޓޫރިޒަމް ކުރަމުންދާ ގޮތްތައް ދިރާސާކުރަމުން ދާ ކަމަށް ވިދާޅުވި އެވެ.

ނައުޝާދު ވިދާޅުވީ ސަސްޓެއިނަބަލް ޓޫރިޒަމެއް ބިނާ ކުރުމަށް ޔޫއެންޑީޕީއާ ގުޅިގެން ފަށާފައިވާ ޕްރޮޖެކްޓުގެ ދަށުން ލޯންޗު ކުރާ "ބްލޫ ސީ" ސްޓޭންޑާޑް އަކީ ގެސްހައުސްތައް އޮޑިޓްކުރެވި، ސަސްޓެއިނަބިލިޓީ މެނޭޖުމަންޓާއި، އިއާދަކުރަނިވި ހަކަތަ ބޭނުން ކުރާ މިންވަރާއި ބަޔޯ ޑައިވާސިޓީ ރައްކާތެރިކުރުމަށް ކުރާ ކަންތައްތައް މޮނީޓާ ކުރެވިގެންދާނެ ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، އަންހެނުންގެ ޝާމިލުވުން އިތުރުކުރުވުމަށް ހިތްވަރު ލިބި، އިންސާނީ ހައްގުތައް ރައްކާތެރިކޮށް، ރާއްޖެ އަންނަ ޓޫރިސްޓުންގެ ކަންތައްތައް ވެސް އެންމެ އެކަށީގެންވާ ގޮތުގައި ބެލެވިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނައުޝާދު ވިދާޅުވީ އޭޑީބީއާ ގުޅިގެން ޓޫރިޒަމް ތަރައްގީކުރުމުގެ މާސްޓާ ޕްލޭނެއް ވެސް އެކުލަވާލުމުގެ މަސައްކަތް ކުރާ ކަމަށެވެ. އެ މާސްޓާ ޕްލޭނުގެ ދަށުން ތިމާވެށި ރައްކާތެރިކޮށް، ސަސްޓެއިނަބަލް ގޮތެއްގައި ޓޫރިޒަމް ކުރިއެރުވޭނެ ޕޮލިސީތަކާއި، އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް ވެސް ހޯދޭނެ ކަމަށް ވިިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި އައިއެމްޓީއެމްގެ މެނޭޖިން ޑިރެކްޓާރު ހައްވާ ޝިއުނާ ހާލިދު ވިދާޅުވި ގޮތުގައި އެސްޓީއެފް ފޯރަމުން ޓޫރިޒަމް ސަސްޓެއިނިބިލިޓީ އަށް ބޭނުންވާ ކަންތައްތައް ދެނެގަނެ، އެ ފޯރަމުން ސަސްޓެއިނިބިލިޓީ ޕޮލިސީއެއް ހެދުމަށް ބޭނުންތެރި މައުލޫމާތުތަކެއް ލިބޭނެ ކަަމަށެވެ.

އެސްޓީއެފް ކުރިއަށް ދާނީ މާދަމާގެ ނިޔަލަށެވެ.