އުރީދޫގެ ފުޓްބޯޅަ ފޯރި، ކުޑަކުދިންގެ ހަވީރު މިއަދު
އުރީދޫގެ ފުޓްބޯޅަ ފޯރި، ކުޑަކުދިންގެ ހަވީރު މިއަދު

ވޯލްޑް ކަޕުގެ ފޯރި އިތުރު ކުރުމަށް "ފުޓުބޯޅަ ފޯރީގެ" ނަމުގައި އުރީދޫން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވަން ނިންމައިފި އެވެ.

އުރީދޫން ބުނި ގޮތުގައި މި ހަވީރުގައި އުރީދޫގެ އެމްބެސެޑަރުން ކަމަށްވާ މާޒިޔާ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ވެސް ބައިވެރި ވާނެ އެވެ. އިވެންޓް އޮންނާނީ އާޓިފިޝަލް ބީޗުގެ ފޭން ޒޯނުގަ އެވެ.

އެ ހަވީރުގައި ކުޑަކުދިންނަށް ހާއްސަކޮށް އެކި ފުޓުބޯޅައާ ގުޅުން ހުރި ކުޅިވަރުތައް ވެސް ވަނީ ރާވައިފަ އެވެ. އޭގެ ތެރޭގައި މިނީ ގޯލު ޝޫޓާއި، ހެޑިން ޗެލެންޖާއި، ޕެނަލްޓީ ޝޫޓް އަދި 2 އޮން 2 ޗެލެންޖު ހިމެެނެ އެވެ.

އެ ހަރަކާތް ފަށާނީ ހަވީރު ހަތަރެއް ޖަހާއިރު އެވެ.

އުރީދޫން ވޯލްޑް ކަޕުގެ ފޯރި އިތުރު ކުރުމަށް އެކި ފޭން ޒޯނުތަކުގައި އެކި ހަރަކާތްތައް އަންނަނީ ރާވަމުންނެވެ.