01 ޑިސެމްބަރ 2022 - 10:34

މިހާރު ކުރިއަށް ގެންދާ ވޯލްޑް ކަޕާ ދިމާކޮށް ދިރާގުން ފެށި 'ދިރާގު ފުޓުބޯޅަ އީދު'ގައި އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި 'ގެސް ދަ ޕްލޭޔާ؟' ކުއިޒުގައި ބައިވެރިވެެގެން ޕްލޭސްޓޭޝަން 5 ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކުންފުނިން ބުނީ، ޕޯސްޓެއްގައި ފޮރުވާފައިވާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާގެ ނަން ދިމާކުރުމަށް ފަހު، ދިރާގުގެ ޓުވިޓަ، އިންސްޓަގްރާމު ނުވަތަ ފޭސްބުކް ޕޯސްޓުގައި ކޮމެންޓް ކުރުމުން އެ ކުއިޒްގައި ބައިވެރިވެވޭނެ ކަމަށެވެ.
ކުއިޒު އޮންނާނީ ވޯލްޑް ކަޕް ފުޓުބޯޅަ އީދުގެ މުއްދަތުގެ ތެރޭގައި ކޮންމެ ފަސް ދުވަހަކުން އެއް ދުވަހު އެވެ. ޖުމުލަ ފަސް ބުރެއްގެ މަތިން ޕޯސްޓު ކުރާއިރު، އެ ފަސް ބުރުން ކޮންމެ ބުރެއްގައި ވެސް ހޮވޭ ނަސީބުވެރިއަކަށް ސޮނީ ސްޕޯޓްސްގެ ގިފްޓް ވައުޗަރެއް ލިބޭނެ އެވެ.
އެ ހުރިހާ ބުރެއްގެ ބައިވެރިންގެ ތެރެއިން ހޮވޭ ނަސީބުވެރި އެކަކަށް ޕްލޭސްޓޭޝްން 5 އަދި ފީފާ 23 ގެ ގޭމް ސީޑީއެއް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ކުއިޒުގެ އިތުރުން ދިރާގު ފުޓުބޯޅަ އީދުގެ ދަށުން ތަފާތު ޕްރޮމޯޝަންތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރޭގައި، ދިރާގުގެ ކޮންމެ ކަސްޓަމަރަކަށް ވެސް އެ މީހަކު ސަޕޯޓުކުރާ ޓީމު ޖަހާ ކޮންމެ ގޯލަކަށް އެއް ޖީބީ ޑޭޓާ ހިލޭ ލިބޭ "ޖެހީ ލިބުނީ" ޕްރޮމޯޝަން ހިމެނެ އެވެ.
ދިރާގުން ވަނީ ވައިބަ އާއި ޓެލެގްރާމާއި އިންސްޓަގްރާމް އަދި ސްނެޕްޗެޓްގައި 'ދިރާގު ފުޓުބޯޅަ އީދު' ގެ ހާއްސަ އެނިމޭޓެޑް ސްޓިކާ ޕެކެއް ވެސް އިފުތިތާހު ކޮށްފަ އެވެ.