މީހުން މަރާ ކެރެކްޓާ ކުޅުމުން ނިދަން އުނދަގޫވި: ކާރްތިކް
މީހުން މަރާ ކެރެކްޓާ ކުޅުމުން ނިދަން އުނދަގޫވި: ކާރްތިކް

މަޝްހޫރު ބޮލީވުޑްގެ ތަރި ކާރްތިކް އާރްޔަންގެ އެންމެ ފަހުގެ ފިލްމް "ފްރެޑީ"ގެ ސަބަބުން އޭނާގެ އަސްލު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރިކަމަށް އޭނާ ބުނެފި އެވެ.

އަންނަ ހުކުރު ދުވަހު ސިނަމާތަކަށް ނެރޭ ބިރުވެރި އަދި ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ލިޔެފައިވާ މި ފިލްމަކީ ކާރްތިކް ނެގެޓިވް ރޯލަކުން ފެންނަ ފުރަތަމަ ފިލްމެވެ.

ކާރްތިކް މި ފިލްމުގައި ތަފާތު ދެ ކެރެކްޓާއެއްގެ ގޮތުގައި ފެންނާނެ އެވެ.

ދުވާލުގެ ވަގުތުތަކުގައި އޭނާ ފެންނާނީ ކުޑަކުދިން އުޅޭހެން އަދި މީހުންނާ ވަރަށް އެކަހެރި ކޮށް އުޅޭ ލަދުރަކި މީހެއްގެ ގޮތުގައެވެ. ނަމަވެސް ރޭގަނޑު ފެންނާނީީ މީހުން މަރަން ޖެހިލުން ނުވާ މީހެއްގެ ގޮތުގަ އެވެ.

ފްރެޑީގެ ކެރެކްޓާއާ އެއްގޮތަށް އޭނާގެ އަސްލު ދިރިއުޅުން ކޮންމެވެސް ވަރަކަށް ބަދަލު ކޮށްލަން ޖެހުމުގެ ސަބަބުން ކާރްތިކަށް ނިދަން އުނދަގޫތަކެއް ކުރިމަތިވި ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނީ މި އުނދަގުލާ ހެދި އާއިލާ އާއި ރައްޓެހިންގެ އެހީ ހޯދަން ޖެހުނު ކަމަށެވެ.

ކާރްތިކް ބޮލީވުޑަށް ތައާރަފްވީ 2017 ވަނަ އަހަރު ކުޅުނު ފިލްމު "ޕިޔާރުކާ ޕަންޗްނާމާ" އިން ނެވެ. މިހާތަނަށް އޭނާ ވަނީ 17 އަށް ވުރެ ގިނަ ބޮލީވުޑް ފިލްމް ކުޅެފަ އެވެ.