އަމިއްލަ އަށް މަރުވާން ކަމަށް ބުނެ ކަނޑަށް އެރުނު އަންހެނަކު ފުލުހުން އިއްޔެ ސަލާމަތްކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާގޮތުގައި 34 އަހަރުގެ އެ އަންހެން މީހާ ސަލާމަތްކުރީ ވިލިމާލޭގެ ހުޅަނގު ފަރާތު އަތިރިމައްޗާ ދިމާލުން ކަނޑަަށް އެރި އުޅެނިކޮން، އެ ރަށުގައި މަސައްކަތް ކުރާ ފުލުހުންނެވެ. އެކަހަލަ ހާދިސާއެއް ހިނގައިގެން އުޅޭކަން ފުލުހުންނަށް ރިޕޯޓްކުރީ ހަވީރު 4:30 ހާއިރެވެ. އެ މީހާ ކަނޑަށް އެރުނީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެ އެވެ.

އެ އަންހެން މީހާ ސަލާމަތްކޮޮށް ވިލިމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަމިއްލަ އަށް މަރުވާން ކަމަށް ބުނެ ވިލިމާލެ ކަނޑަށް އެރި އުޅުނު އަންހެނަކު މިިދިޔަ އަހަރުގެ ޖުލައި މަހު ވެސް ފުލުހުން ސަލާމަތްކުރި އެވެ. އެ މީހާ ޖެންޑާ މިނިސްޓްރީ އަށް ފުލުހުން ހަވާލުކުރި އެވެ.