29 ނޮވެމްބަރ 2022 - 16:05

ކިންގްސްޓަން އިން ކުރިއަށް ގެންދާ "99 ޑޭޒް" ގެ އެންމެ ބޮޑު ޑިސްކައުންޓް މާދަމާ ރޭ ދޭން ނިންމައިފި އެވެ.

ކިންގްސްޓަނުން ބުނި ގޮތުގައި މާދަމާރޭ ދަންވަރު 12 އިން 1 އަށް، އެ ފިހާރަ އިން ވިއްކާ ސްކޫޕީ ސައިކަލު 47،500ރ. އަށް ލިބޭނެ އެވެ. ކޮންމެ މަހެއްގެ ފުރަތަމަ 10 ދުވަހު ބޮޑު ޑިސްކައުންޓަކާ އެކު އެ ޕްރޮމޯޝަނުގައި ސްކޫޕީ ސައިކަލު ވިއްކަމުން އަންނަނީ 49،999ރ. އަށެވެ. މިރޭ ސްކޫޕީ ސައިކަލުން ދޭ ޑިސްކައުންޓަކީ އެ ޕްރޮމޯޝަނުންގައި ދޭ އެންމެ ބޮޑު ޑިސްކައުންޓެވެ.
އެ ޕްރޮމޯޝަނުގައި ލިބެން ހުންނަ ސްކޫޕީ ސައިކަލަކީ ކްލަބް ސްކޫޕީ 12 - 2023 ބްރޭންޑުގެ ސައިކަލެކެވެ. އެ ސައިކަލުގެ އަސްލު އަގަކީ 58،180ރ. އެވެ. ރަތާއި ހުދާއި ކަޅު އަދި ނޫ ކުލައިގެ ސައިކަލު އެ ތަނުން ލިބެން ހުންނާނެ އެވެ.
އެ ޕްރޮމޯޝަނުގައި ޑިސްކައުންޓުގެ އިތުރުން 99 ދުވަހުގެ ތެރޭގައި ސައިކަލު ކަސްޓަމަރަށް ޑެލިވާ ކޮށްދޭނެ އެވެ. އަދި އެއްވެސް ސަބަބަކާ ހެދި 99 ދުވަސް ތެރޭ ޑެލިވާ ނުކުރެވިއްޖެ ނަމަ، އިތުރުވާ ކޮންމެ ދުވަހަކަށް ސައިކަލުގެ ޕޭމަންޓުން 99ރ. ކަސްޓަމަރަށް ރައްދު ކޮށްދޭނެ އެވެ.
ކިންގްސްޓަނުގެ "99 ޑޭޒް"ގެ ޕްރޮމޯޝަނުގެ ދަށުން އާއްމު ޑިސްކައުންޓު އަގުގައި ޑިސެމްބަރުގެ 10 އަށް ސްކޫޕީ ސައިކަލު ގަނެވޭނެ އެވެ. އެ ޕްރޮމޯޝަން އަންނަ އަހަރުގެ ޖޫން މަހާ ހަމައަށް ކޮންމެ މަހެއްގެ ފުރަތަމަ 10 ދުވަހު ކުރިއަށް ގެންދާނެ އެވެ.
ކިންގްސްޓަން ފިހާރަ ހުންނަނީ ހުޅުމާލެ ރެޑްބުލް ސްކޭޓު ޕާކް ކުރިމަތީ އެވެ.