29 ނޮވެމްބަރ 2022 - 11:44

ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި 8 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދޭން އެޗްޑީސީން ނިންމައިފި އެވެ.
އެ ސަރަހައްދުގައި މިހާތަނަށް އެންމެ އުސްކޮށް ވެސް އިމާރާތް ކުރެވެނީ ހަ ބުރިއަށެވެ.
އެކަމަކު، އެ އުސޫލު ބަދަލުކުރަން އެޗްޑީސީން ނިންމީ ހުޅުމާލޭގައި ދިރިއުޅޭ އާބާދީ އިތުރުވެ، ވިޔަފާރިތައް ގިނަވަމުން އަންނައިރު، ވިޔަފާރިތަކަށް ބޭނުންވާނެ އިތުރު ވަސީލަތްތައް ގާއިމުކުރުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ބަދަލާއެކު، ސިނާއީ ސަރަހައްދުގައި ހުރި އިމާރާތްތަކުގައި ހިދުމަތް ދޭ ފަރާތްތަކަށް މިހާރަށް ވުރެ ރަނގަޅަށް އެ ވިޔަފާރިތައް އިތުރަށް ފުޅާކުރުމުފެ ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުގެ ފުރަތަމަ ބުރީގައި ވިޔަފާރިކުރުމުގެ ހުއްދަ ދޭން ވެސް އެޗްޑީސީން މިދިޔަ ހަފުތާގައި ނިންމި އެވެ.