ފޯރިގަދަވި މެޗުން މޮޅުވީ ގާނާ، ކޮރެއާ ކޯޗަށް ރަތް ކާޑު
ފޯރިގަދަވި މެޗުން މޮޅުވީ ގާނާ، ކޮރެއާ ކޯޗަށް ރަތް ކާޑު

އަލް ރައްޔާން (ނޮވެމްބަރު 28) - ވޯލްޑް ކަޕުގައި ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު ފޯރި ގަދަ މެޗު 3-2 އިން ކާމިޔާބުކޮށް، ގާނާ ދެ ވަނަ ބުރުގެ އުއްމީދު އާކޮށްފި އެވެ.

ފޯރިގަދަވި މެޗުން މޮޅުވީ ގާނާ، ކޮރެއާ ކޯޗަށް ރަތް ކާޑު
ފޯރިގަދަވި މެޗުން މޮޅުވީ ގާނާ، ކޮރެއާ ކޯޗަށް ރަތް ކާޑު

ގާނާގެ ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށް ފަހު ހަނި ތަފާތަކުން ވަނީ ޕޯޗުގަލް އަތުން 3-2 އިން ބަލިވެފަ އެވެ. ނަމަވެސް ދެކުނު ކޮރެއާގެ ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ އުރުގުއޭއާ 0-0 އިން އެއްވަރުކޮށްފަ އެވެ.

ފޯރިގަދަވި މެޗުން މޮޅުވީ ގާނާ، ކޮރެއާ ކޯޗަށް ރަތް ކާޑު
ފޯރިގަދަވި މެޗުން މޮޅުވީ ގާނާ، ކޮރެއާ ކޯޗަށް ރަތް ކާޑު

މިރޭގެ މެޗުގައި ގާނާއާ ދެކޮޅަށް ކޮރެއާ އިން ވަރުގަދައަށް ފުރަތަމަ ހާފު ފެށި ނަމަވެސް، ހާފު ނިމުނީ ގާނާ ދެ ގޯލުގެ ލީޑެއްގައި އޮވެގެންނެވެ. މެޗުގެ 24 ވަނަ މިނިޓުގައި މުހައްމަދު ސަލިސޫ އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ ޖޯޑަން އަޔޫ ނެގި ހުރަހެއް ދެކުނު ކޮރެއާ އަށް ރަނގަޅަށް ކްލިއާ ނުކުރެވުމުންނެވެ. އަދި އޭގެ 10 މިނިޓު ފަހުން ޖޯޑަން އަޔޫ ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގާނާގެ ދެވަނަ ލަނޑު ޖަހައިދިނީ ނެދަލެންޑްސްގެ އަޔެކްސް އަށް ކުޅޭ ޒުވާން މިޑްފީލްޑަރު މުހައްމަދު ކުޑޫސް އެވެ.

ފޯރިގަދަވި މެޗުން މޮޅުވީ ގާނާ، ކޮރެއާ ކޯޗަށް ރަތް ކާޑު
ފޯރިގަދަވި މެޗުން މޮޅުވީ ގާނާ، ކޮރެއާ ކޯޗަށް ރަތް ކާޑު

ދެ ވަނަ ހާފުގައި ކޮރެއާ އިން ދެ ލަނޑު ޖަހައި ނަތީޖާ އެއްވަރު ކުރި އެވެ. ދެ ލަނޑު ވެސް ޖަހައިދިނީ ގޫ ސަންގް ޗޯ އެވެ. ކަންގް އިން ލީ ނެގި ހުރަހަކުން ބޮލުން ޖަހައި ޗޯ އެ ޓީމުގެ ފުރަތަމަ ލަނޑު 58 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިން އިރު، ދެ ވަނަ ލަނޑު 61 ވަނަ މިނިޓުގައި އޭނާ ޖެހީ ޖިން ސޫ ކިމް ނެގި ހުރަހަކުންނެވެ.

ކޮރެއާ އިން އެއްވަރު ކޮށްފައި ވަނިކޮށް ގާނާ އިން ތިންވަނަ ލަނޑު ޖަހައި އަލުން ލީޑު ހޯދީ 68 ވަނަ މިނިޓުގައި ކުޑޫސް ޖަހައިދިން ލަނޑުންނެވެ.

ކުޑޫސްގެ މި ލަނޑާ އެކު އޭނާ ވެފައި ވަނީ، 2014 ވަނަ އަހަރު އާޖެންޓީނާ ކޮޅަށް ދެ ގޯލު ޖެހި ނައިޖީރިއާގެ އަހުމަދު މޫސާ އަށް ފަހު، ވޯލްޑް ކަޕް މެޗެއްގައި ދެ ލަނޑު ޖެހި އެފްރިކާގެ އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

ގާނާ އިން ލީޑު ނެގި ފަހުން ޖިން ސޫ ކިމް ވަނީ ކޮރެއާ އަށް އެއްވަރު ކޮށްދޭން ނުރައްކާތެރި ހަމަލާއެއް ފޮނނުވާލައިފަ އެވެ. ނަމަވެސް ގޯލް ލައިން މަތިން އެ ބޯޅަ ކްލިއާ ކޮށްލީ ސަލިސޫ އެވެ.

ދެކުނު ކޮރެއާ އިން އިތުރު ގޯލެއް ޖަހައި މެޗުން ޕޮއިންޓެއް ހޯދަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބެއް ނުވި އެވެ. އޭގެ ތެރޭގައި ކޮރެއާގެ ތަރި ސޮން ހެއުން މިން އަށް ލިބުނު ފުރުސަތުތައް ވެސް ފާހަގަ ކޮށްލެވެ އެވެ. މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 10 މިނިޓު ތެރޭ ވެސް ގާނާ އަށް ޖެހުނީ ފަހަތަށް ފައިބައިގެން ޑިފެންސް ކުރާށެވެ.

އިތުރު ވަގުތު ހަމަވިއިރު ކޮރެއާގެ ފަހު ފުރުސަތަކަށް ބޯޅަ ކޯނަރަކަށް ބޭރުވި ނަމަވެސް މެޗަށް އިންސާފު ކުރި އިންގްލެންޑުގެ ރެފްރީ އެންތަނީ ޓޭލާ ވަނީ ކޯނަރު ނުދީ މެޗު ނިންމާލައިފަ އެވެ. މިއާ ގުޅިގެން ދެކުނު ކޮރެއާގެ ކުޅުންތެރިންނާއި ބެންޗުން ވަރަށް ބޮޑަށް މައްސަލަ ޖެއްސި އެވެ.

ކޯނަރު ނުދީ ރެފްރީ މެޗު ނިންމާލި މައްސަލައިގައި ހިނގައިދިޔަ ދެބަސްވުންތަކުގެ ތެރެއިން ރެފްރީ ވަނީ ކޮރެއާގެ ކޯޗު، ޕޯޗުގަލްގެ ޕައޮލޯ ބެންޓޯ އަށް ރަތް ކާޑު ވެސް ދައްކައިފަ އެވެ.

ކޯޗަށް ދެއްކި މި ރަތް ކާޑާ ގުޅިގެން ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލް އާ ދެކޮޅަށް، ބެންޓޯ އަށް ކޮރެއާގެ ބެންޗުގައި ނީނދެވޭނެ އެވެ.

މެޗުން ބަލިވި ނަމަވެސް ކޮރެއާ އަށް ދެވަނަ ބުރުގެ ފުރުސަތެއް އަދި ނުގެއްލެ އެވެ. ދެ ވަނަ ބުރުން ޖާގަ ހޯދަން ފަހު މެޗުގައި ކޮރެއާ ނުކުންނާނީ ގުރޫޕުގެ ފޭވަރިޓުން ކަމަށްވާ ޕޯޗުގަލް އާ ދެކޮޅަށެވެ.