28 ނޮވެމްބަރ 2022 - 15:26

ގްރޫޕް ހަދައިގެން، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
މި މައްސަލާގައި ހޯދަނީ، އަމީދު އަބްދުﷲ، 24، އެވެ. އެއީ ފުވައްމުލަކު ހޯދަޑު މީހެކެވެ.
ފުލުހުން ބުނީ އަމީދު ހޯދަމުން ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ޖަމާއަތް ހަދައިގެން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ކަމަށެވެ.
އަމީދާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.