27 ނޮވެމްބަރ 2022 - 14:20

ވޯލްޑް ކަޕަށް އަމާޒުކޮށް ސިމްޑީން ފެށި ޕްރޮމޯޝަން "ވޯލްޑް ކަޕް ފިއެސްޓާ"ގެ ފުރަތަމަ ގުރުއަތު ނަގައިފި އެވެ.

ބޮޑު އިނާމުތަކެއް ހުށަހަޅައިގެން ސިމްޑީއިން ފެށި އެ ޕްރޮމޯޝަނަކީ "ވީކްލީ" އިިނާމުތަކަކާ އެކު ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. ވޯލްޑް ކަޕުގެ ހަތަރު ހަފްތާގައި، ހަތަރު ނަސީބުވެރިއަކަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ސިމްޑީ ޓެކް ޝޯރޫމުގައި މިއަދު ވަނީ ހަފްތާ އެކެއްގެ ނަސީުބވެރިޔާ ހޮވައިފަ އެވެ. އެ ގުރުއަތު ނަގާފައި ވަނީ ރާއްޖޭގެ އެންމެ މޮޅު އެއް ފްރީސްޓައިލާ، ޔޫސުފް ރަމީޒު (ޔޫއްޓެ) އެވެ. މިއަދު ގުރުއަތުން ހޮވުނު ނަސީބުވެރިޔާ އަށް ލިބުނީ ކެނޮންގެ އެންމެ ފަހުގެ ރަޔޯ އެސް 1 ޕްރޮޖެކްޓަރެކެވެ. އެ ޕްރޮޖެކްޓަރަކީ، ބްލޫޓޫތާއި ކަނެކްޓު ކުރެވޭ އަދި ސްޕީކަރެއް ހިމެނޭ ތްރީ އިން ވަން ޕްރޮޖެކްޓަރެކެވެ.
އެ ޕްރޮމޯޝަނުގައި އަންނަ ހަފްތާގައި ހޮވޭ ފަރާތަކަށް އިލެކްޓްރޮލަކްސް ހޯމް ވެކިއުމް ކްލީނާއެއް ލިބޭނެ އެވެ. އަދި ތިން ވަނަ ހަފްތާގެ ނަސީބުވެރިޔާ އަށް ކެނޮން ޑިޖިޓަލް ކެމެރާއެއް އަދި ހަތަރު ވަނަ ހަފްތާގެ ނަސީބުވެރިޔާ އަށް އިލީ ވައި 3.3 ކޮފީ މެޝިނެއް ލިބޭނެ އެވެ.
އެ ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއެއްގައި ހޮވާ ނަސީބުވެރިއެއްގެ އިތުރުން މުޅި ޕްރޮމޯޝަނުން ގުރުއަތުން ހޮވޭ ތިން ކަސްޓަމަރަކަށް ވެސް ބޮޑެތި އިނާމުތަކެއް ވަނީ ހުށަހަޅައިފަ އެވެ. އެއްވަނަ އިނާމަކީ އައިފޯން 14 ޕްރޯ ނުވަތަ ސެމްސަން އެސް22 އަލްޓްރާ އެކެވެ. އެ ދެ ފޯނުގެ ތެރެއިން ފޯނެއް ހިޔާރު ކުރުމުގެ ފުރުސަތުން އެއް ވަނަ އަށް ދާ މީހަކަށް ލިބޭނެ އެވެ.
ޕްރޮމޯޝަނުގައި ދެ ވަނައަށް ހުށަހަޅާފައި ވަނީ ޕީ އެސް 5 އަކާއި ފީފާގެ 2023 ގެ ގޭމް ސީޑީ އެކެވެ. އަދި ތިން ވަނަ އިނާމަކީ އިލީގެ ކޮފީ ބަންޑަލް އެކެވެ. އޭގައި ހިމެނެނީ އެކްސް ނައިން ކްރޯމް ކޮފީ މެޝިނަކާއި މިލްކް ފްރޮތާ އާއި ކެޕްސޫލްސް އާއި އެސްޕްރެސޯ އަދި ކަޕަޗީނޯ ކަޕެވެ.
އެ ޕްރޮމޯޝަނަކީ ސިމްޑީގެ އެޕް މެދުވެރިކޮށް، ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގައި އެޕް މެދުވެރިކޮށް، ވިޔަފާރި ކޮށްގެން 30 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އެއީ ހޯލްސޭލް އަދި ރީޓެއިލްކޮށް ގަންނަ ކަސްޓަމަރުންނަށް ވެސް ލިބޭނެ ޑިސްކައުންޓެކެވެ.
އެ ޕްރޮމޯޝަނުގައި ޑިސްކައުންޓް ލިބޭ ޕްރޮޑަކްޓުތަކުގެ ތެރޭގައި އިލީ ކޮފީގެ އުފެއްދުންތަކާއި ބޮން ކެފޭ އާއި ހޯލްސަން، މައި ބިސްކަޓާއި ކެޑްބަރީ ޗޮކްލެޓުގެ އުފެއްދުންތައް ހިމެނެ އެވެ.