27 ނޮވެމްބަރ 2022 - 11:01

އައިކެއާއިން "ބައި މޯ، ސޭވް މޯ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި، އައިނެއް ހެއްދުމުން ގަންނަ އިތުރު ކޮންމެ ޕްރޮޑަކްޓަކަށް ވެސް 50 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ. އަދި ދެ އައިނު ގަތުމުން، ތިން ވަނަ އަށް ގަންނަ ކޮންމެ ޕްރޮޑަކްޓެއް ވެސް ހިލޭ ލިބޭނެ އެވެ.
މި ޕްރޮމޯޝަނުގައި ވިޔަފާރިކުރާ ހުރިހާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅައިފަ އެވެ. އެއް ވަނަ އަށް ހުށަހަޅާފައިި ވަނީ އައިފޯން 14 ޕްރޯ މެކްސް އެކެވެ. ދެ ވަނަ އަށް އެޕަލް އައިޕްޑް ޕްރޯއެއް ހުށަހަޅާފައި ވާއިރު، ތިން ވަނަ އަށް ހުށަހަޅާފައި ވަނީ ދެ މީހަކަށް ފިޔަވަޅު ރިސޯޓު މޯލްޑިވްސްގައި ދެ ރޭގެ ޗުއްޓީއެކެވެ.
އައިިކެއާގެ ޕްރޮމޯޝަން ކުރިއަށް ދާނީ ޖެނުއަރީ 15ގެ ނިޔަލަށެވެ. ޕްރޮމޯޝަނުގެ ލަކީޑްރޯ ނަގާނީ ޖެނުއަރީ 21ގަ އެވެ.