ޖައުފަރުގެ ހުވަފެން ހަގީގަތަކަށް: ރާއްޖޭގެ ކުއްޅަވައް އައިސްކްރީމް ރިސޯޓެއްގެ މެނޫގައި!
ޖައުފަރުގެ ހުވަފެން ހަގީގަތަކަށް: ރާއްޖޭގެ ކުއްޅަވައް އައިސްކްރީމް ރިސޯޓެއްގެ މެނޫގައި!

މީގެ 14 އަހަރު ކުރިން، މާލެ އިން ނ. ލަންދު އަށް ދިޔަ ބަޔަކު ޖައުފަރު ރަޝީދުގެ ކައިރިން އެދުނީ ކުއްޅަވަކުން މެންދުރުގެ ކެއުމެއް ތައްޔާރުކޮށްލަދިނުމަށެވެ. އެ ދަތުރުގައި އޭނާގެ މެހުމާނުންނަށް ކުއްޅަވައް ސޫޕް، ބަތް، އަދި ޑެޒާޓްސް ވެސް ތައްޔާރުކޮށްދިނެވެ.

ޖައުފަރުގެ ހުވަފެން ހަގީގަތަކަށް: ރާއްޖޭގެ ކުއްޅަވައް އައިސްކްރީމް ރިސޯޓެއްގެ މެނޫގައި!
ޖައުފަރުގެ ހުވަފެން ހަގީގަތަކަށް: ރާއްޖޭގެ ކުއްޅަވައް އައިސްކްރީމް ރިސޯޓެއްގެ މެނޫގައި!

އެ ވަގުތު އޭނާގެ ސިކުނޑި އަށް އަރައިފައިބަމުން ދިޔައީ އެހެން ކަމެކެވެ. ކުއްޅަވަކުން ހެދޭނީ ހަމައެކަނި މި އެއްޗެހި އެކަނި ހެއްޔޭ އެވެ؟

ޖައުފަރުގެ ހުވަފެން ހަގީގަތަކަށް: ރާއްޖޭގެ ކުއްޅަވައް އައިސްކްރީމް ރިސޯޓެއްގެ މެނޫގައި!
ޖައުފަރުގެ ހުވަފެން ހަގީގަތަކަށް: ރާއްޖޭގެ ކުއްޅަވައް އައިސްކްރީމް ރިސޯޓެއްގެ މެނޫގައި!

"ކުއްޅަވަކުން ތަފާތު އެއްޗެހި 2009 އިން ފެށިގެން ވެސް އަޅުގަނޑު ހަދަން ޖުވޭރިއާ ވަޖުދީގެ އެހީތެރިކަމާ އެކު. އޭރު ވެސް ހިތަށް އަރާ، މޮހީޓޯ އާއި މިލްކްޝޭކް ކުއްޅަވަކުން ހެދެންޏާ ކީއްވެހޭ އެހެން އެއްޗެހި ވެސް ނުހެދެންވީ،" ޖައުފަރު ބުންޏެވެ.

ޖައުފަރުގެ ހުވަފެން ހަގީގަތަކަށް: ރާއްޖޭގެ ކުއްޅަވައް އައިސްކްރީމް ރިސޯޓެއްގެ މެނޫގައި!
ޖައުފަރުގެ ހުވަފެން ހަގީގަތަކަށް: ރާއްޖޭގެ ކުއްޅަވައް އައިސްކްރީމް ރިސޯޓެއްގެ މެނޫގައި!

ކުއްޅަވަކަކީ ލަންދޫގައި ތިޔާގި އެއްޗެކެވެ. ޖައުފަރު ކިޔައިދިނީ އެ ރަށަށް ހާއްސަ ކުއްޅަވަކުން އިތުރު އުފެއްދުންތައް އުފައްދަން ދެކެމުން އައި ހުވަފެނުގެ ވާހަކަ އެވެ. ޓޫރިޒަމް ދާއިރާގައި ވެސް 14 އަހަރު ހޭދަކޮށްފައިވާ ޖައުފަރު މަސައްކަތް ކުރީ ސޮނެވާ އާއި ބަރޮސް އައިލެންޑް ރިސޯޓުގެ ފުޑް އެންޑް ބެވަރޭޖުގަ އެވެ.

ޖައުފަރުގެ ހުވަފެން ހަގީގަތަކަށް: ރާއްޖޭގެ ކުއްޅަވައް އައިސްކްރީމް ރިސޯޓެއްގެ މެނޫގައި!
ޖައުފަރުގެ ހުވަފެން ހަގީގަތަކަށް: ރާއްޖޭގެ ކުއްޅަވައް އައިސްކްރީމް ރިސޯޓެއްގެ މެނޫގައި!

އެ އަށް ފަހު ރިސޯޓް ވަޒީފާ ދޫކޮށްލައި އެނބުރި ރަށަށް ބަދަލުވެ، އޭނާ އަކީ މިހާރު ހެލްތު ސެންޓަރުގެ މެނޭޖަރެވެ. އެކަމަކު، ކެރިއާ ބަދަލުކޮށްލިޔަސް، އޭނާގެ ހުވަފެން ބަދަލެއް ނުވެ އެވެ. އެ ހުވަފެނުގައި ކުލަ ޖައްސަން އޭނާ ބޭނުންވި އެވެ.

ޖައުފަރުގެ ހުވަފެން ހަގީގަތަކަށް: ރާއްޖޭގެ ކުއްޅަވައް އައިސްކްރީމް ރިސޯޓެއްގެ މެނޫގައި!
ޖައުފަރުގެ ހުވަފެން ހަގީގަތަކަށް: ރާއްޖޭގެ ކުއްޅަވައް އައިސްކްރީމް ރިސޯޓެއްގެ މެނޫގައި!

އެކަން އޭނާ ހަގީގަތަކަށް ހަދައިފި އެވެ. އޭނާ އުފެއްދި ކުއްޅަވަކު އައިސްކްރީމް ދުނިޔޭގެ ބްރޭންޑަކަށް ވެއްޖެ އެވެ. މަޝްހޫރު މޫވެންޕިކް އިން އެ އައިސްކްރީމް ބަލައިގެންފި އެވެ. އެ މީހުންގެ ފަސްތަރީގެ ރިސޯޓްގައި އެ ހިމަނައިފި އެވެ.

ޖައުފަރުގެ ހުވަފެން ހަގީގަތަކަށް: ރާއްޖޭގެ ކުއްޅަވައް އައިސްކްރީމް ރިސޯޓެއްގެ މެނޫގައި!
ޖައުފަރުގެ ހުވަފެން ހަގީގަތަކަށް: ރާއްޖޭގެ ކުއްޅަވައް އައިސްކްރީމް ރިސޯޓެއްގެ މެނޫގައި!

"ހަޔާތުގައި ވެސް މިހާ އުފާވެރި ދުވަހެއް ނާދޭ. ވަރަށް ދުވަސް ވެއްޖެ އަޅުގަނޑު ކިޔާތާ އެންމެ ދެކެން ބޭނުންވަނީ ކުއްޅަވައް އައިސްކްރީމް ފޮށިތަކުގައި ބަންދުކޮށްލާފައި ކުއްޅަވައް ފޮޓޯ ޖަހާލައިފަ ތަންތަނަށް ފޮނުވާ ތަނޭ،" ޖައުފަރު ބުންޏެވެ.

ކުއްޅަވައް އައިސްކްރީމް ޖައުފަރު ފުރަތަމަ ތައްޔާރުކުރީ އަމިއްލަ ގޭގައި ހިންގަމުން އަންނަ "ކެފޭ ޑި ލައިވް"ގަ އެވެ. ލަންދޫގެ ހާއްސަ ރަހައެއްގެ ގޮތުން މަޝްހޫރުވެފައިވާ ކުއްޅަވަކުން މިލްކްޝޭކާއި މޮހީޓޯ ހަދައި ތައާރަފުކުރީ ވެސް ހަމަ އެ ކެފޭއިންނެވެ.

އަބަދުވެސް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމުގެ އަމަލީ މަސައްކަތް އޭނާ ފެށީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ.

"އަޅުގަނޑު އަމިއްލަ އަށް ފުރަތަމަ އައިސްކްރީމް ހަދަން ފެށީ. ހިތަށްއެރީ އެހެން ފްލޭވާގެ އައިސްކްރީމް ހެދުމުގައި ވެސް ބޭނުން ކުރަނީ ފިއުރީއޭ، ހަމަ އެ ބޭނުން ކޮށްގެން ކީއްވެހޭ ނުހެދެންވީ. ހަދަން މަސައްކަތް ކުރީ އެކި ގޮތްގޮތަށް. އެސެންސް އަޅައިގެން، ލުނބޯހުތް ބޭނުން ކޮށްގެން، އައިސްކްރީމް ޕައުޑާ ބޭނުން ކޮށްގެން،" އޭނާ ބުންޏެވެ.

"އެ ކާމިޔާބުވި. މީހުން ވަރަށް ފާޑު ވެސް ކީ އަމިއްލަ އަށް ހެދީމަ. އެކަމަކު އެއީ މަދު ބައެއް. ގިނަ މީހުން ބުނާނެ މިއަށްވުރެ މިގޮތް ހެދިއްޔާ ހަރަ ރަނގަޅުވާނޭ. އަޅުގަނޑު ދެން އެގޮތަށް ގޮސް ފަހަރަކު ގޮތަކަށް އައިސްކްރީމް ހެދިން."

ޖައުފަރުގެ އެ ހުވަފެން ކުލަކޮށްދޭން އެންމެ ބޮޑަށް އެހީތެރިވީ ރަށު ކައުންސިލުންނެވެ. މޫވެންޕިކް އާ ހަމައަށް އައިސްކްރީމް ތައާރަފުކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދިނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ހުސެން ސޮބާހު އެވެ.

ލަންދޫ ކައުންސިލްގެ ނައިބު ރައީސް މަންސޫރު މުހަންމަދު ވިދާޅުވި ގޮތުގައި، އެ ރަށު މީހަކު އަމިއްލަ އަށް އައިސްކްރީމް އުފައްދައިގެން ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެއްގެ ތެރެއަށް ވެއްދުމަކީ ވަރަށް ބޮޑު ފަހުރެކެވެ. އެ ހިސާބަށް އެ މަސައްކަތް ދިޔަ ގޮތް ވެސް އޭނާ ވިދާޅުވެދެއްވި އެވެ.

"އަޅުގަނޑުމެން އެދުނީ، އައިސްކްރީމް ކުންފުންޏަކަށް ވެސް ވާތީ އެއްވެސް ޕޮސިބިލިޓީއެއް އޮތްތޯ ބަލާލަދޭށޭ ކުއްޅަވަކުން އައިސްކްރީމް އުފެއްދޭނެ ގޮތެއް. އެގްރިމެންޓުގައި ސޮއި ކުރުމާ ހިސާބަށް އެދުނީ ރަށުން ލިބެންހުރި ހުރިހާ ވެރައިޓީއެއް ހިފައިގެން އެ ބޭފުޅުންނާ އެއްކޮށް މަސައްކަތް ކުރަން،" މަންސޫރު ވިދާޅުވި އެވެ.

"ފަސް ވަރަކަށް އަހަރު ވެދާނެ އަޅުގަނޑުމެން މިހެން ކިޔާތާ. ދެ ހަފުތާ އަދި މިވީ މަސައްކަތް ފެށި ފަހުން. އިއްޔެ ރަހަބަލާލުމުގެ ފުރުސަތު މި ލިބުނީ. ކައުންސިލްގެ ޓީމަކާއި ޖައުފަރު ދިޔައީ އެ ރިސޯޓަށް ރަހަބެލުމަށް. ރިސޯޓު މެނޭޖްމެންޓްގެ ފަރާތުން ވެސް މިއަށް ވަރަށް ޕޮޒިޓިވްކޮށް އައީ."

މާދަމާއިން ފެށިގެން ކޮންމެ މޯލްޑިވިއަން ނައިޓެއްގައި ލަންދު އަށް ހާއްސަ ކޯނާއެއް އެ ރިސޯޓުގައި ބަހައްޓާ ގޮތަށް ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. ލަންދޫން ލިބެން ހުންނަ ހުރިހާ ވެރައިޓީއެއް އެތަނުން ވެސް ދެން ލިބޭނެ އެވެ. އެއީ ހާއްސަކޮށް ކުއްޅަވަކުގެ ބާވަތްތަކެވެ. އޭގެ ތެރޭގައި މޮހީޓޯ، އައިސްކްރީމް، މިލްކްޝޭކް އަދި ސޯބޭ ހިމެނެ އެވެ.

މަޑު ހުތްފޮނި ރަހައަކާ އެކު ނެރުނު މި ފްލޭވާ މިހާރު ލިބެން ހުރީ ހަމައެކަނި އެ ރިސޯޓުން ނަމަވެސް ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ ލެވެލްގައި ނެރެވޭނެ ގޮތެއް ވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ކުއްޅަވައް ގިނަ ރަށަކީ ލަންދޫ ކަމަށް ވާތީ ކުއްޅަވަކުން ފައިދާ ހޯދޭނެ ދުވަހަކަށް ރައްޔިތުން ކުރަމުން އައި ދިގުއިންތިޒާރަށް ނިމުމެއް އަތުވެއްޖެ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

ފައިވް ސްޓާ ރިސޯޓެއްގެ މެއިން ރެސްޓޯރެންޓްގެ މެނޫގައި ލަންދޫ ކުއްޅަވަކުގެ އައިސްކްރީމް، މޮހީޓޯ އަދި މިލްކްޝޭކް ހިމެނި ޓޫރިސްޓުންނަށް ހުޅުވާލެވުމަކީ ލަންދޫގެ ރައްޔިތުން މިއަދު ފަހުރުވެރިވާ ކަމެކެވެ.

"އަޅުގަނޑުމެންގެ ކާބަފައިން ކުއްޅަވައް ވިއްކަން ރަށްރަށަށް ގޮސްއުޅުނީ ރުނބައަށް ނުވަތަ ބާސްކެޓަށް ކުއްޅަވައް އަޅައިގެން. އެއަށް ލޮނު އަޅައިގެން. އެ ދުވަސް މިއަދު ހިނގައްޖެ. ނަމަވެސް ކާބަފައިން އަޅުގަނޑުމެންނަށް އެ ކޮށްދިން ކަންތައް އަޅުގަނޑުމެން މިއަދު މި ކުރަނީ ޒަމާނާ އެއްގޮތަށް،" މަންސޫރު ވިދާޅުވި އެވެ.

"އެ ދުވަހު ރުނބާ އަށް އަޅައިގެން ވިއްކި ކުއްޅަވައް މިއަދު އަޅުގަނޑުމެން މި ވިއްކަން ފެށީ ބަކެޓުގައި."