11 ޖެނުއަރީ 2017 - 23:41

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޖެޓީ ކައިރީގައި މިރޭ ކެރޭނެއް ފުރޮޅާލައިފި އެވެ.

އެމްޕީއެލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކެރޭނު ފުރޮޅާލީ މޫދާ ދިމާއަށް ކަމަށާއި އެކަމަކު އެއްކޮށް މޫދަށް ނުވެއްޓޭ ކަމަަށެވެ. މި ހާދިސާގައި އެެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
"އެ ފުރޮޅާލީ އޮޕަރޭޝަންތަކުގެ ތެރޭގައި އުޅެނިކޮށް. އެއްވެސް މީހަކަށް އަދި ވެހިކަލަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް އަދި ނުލިބޭ،" އޮފިޝަލް ވިދާޅުވި އެވެ.
މި ކެރޭނު ފުރޮޅާލީ ކޮންޓޭނަރެއް ނެގުުމުގެ ތެރޭގަ އެވެ.