ބަސްތަކާއި ފެރީތަކުގައި ކުރަހައި، ބޭއަދަބީ ލިޔުންތައް؛ މިއަށް ވުރެ ތަހުޒީބު ވާން ޖެހޭ!
ބަސްތަކާއި ފެރީތަކުގައި ކުރަހައި، ބޭއަދަބީ ލިޔުންތައް؛ މިއަށް ވުރެ ތަހުޒީބު ވާން ޖެހޭ!

އާރުޓީއެލް ބަހެއްގެ ގޮނޑިއެއްގައި ލިޔެފައި ވެ އެވެ؛ "ފޫހިވަނީ."

ބަސްތަކާއި ފެރީތަކުގައި ކުރަހައި، ބޭއަދަބީ ލިޔުންތައް؛ މިއަށް ވުރެ ތަހުޒީބު ވާން ޖެހޭ!
ބަސްތަކާއި ފެރީތަކުގައި ކުރަހައި، ބޭއަދަބީ ލިޔުންތައް؛ މިއަށް ވުރެ ތަހުޒީބު ވާން ޖެހޭ!

ދަތުރަކަށް އަރައި، އޭނާ އަށް ދަތުރު ދިގުވެ، ނުވަތަ ކަމެއް ދިމާވިޔަސް ފޫހިފިލުވާލަން ވެގެން އެ އުޅަނދެއްގައި ގޮނޑިތަކުގައި ކުރަހާ ނަމަ އެއީ މައްސަލަ އެކެވެ. އެކަމަކު، ފަހަކަށް އައިސް، އާރުޓީއެލްގެ ފެރީތަކާއި ބަސްތަކުން މި ފެންނަނީ އެ މަންޒަރެވެ. އެއީ ކަންބޮޑުވުން އޮތް ވަރަށް ބޮޑު މައްސަލަ އެކެވެ.

ބަސްތަކާއި ފެރީތަކުގައި ކުރަހައި، ބޭއަދަބީ ލިޔުންތައް؛ މިއަށް ވުރެ ތަހުޒީބު ވާން ޖެހޭ!
ބަސްތަކާއި ފެރީތަކުގައި ކުރަހައި، ބޭއަދަބީ ލިޔުންތައް؛ މިއަށް ވުރެ ތަހުޒީބު ވާން ޖެހޭ!

ވަރަށް ބޮޑު ހޭދައެއްކޮށްގެން، އަދި ވަރަށް މުހިންމު ބޭނުމެއްގައި ފެށި އާރުޓީއެލްގެ ހިދުމަތަށް މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ވެސް ދަތުރުކުރާ މީހުންގެ އަހުލާގެވެ. ބައެއް ޑްރައިވަރުން ސިފަކުރި ގޮތުގައި، ހިދުމަތް ބަލައިގަތުން ކަމަށް ވާނީ އެ ހިދުމަތަކާ ދޭތެރޭ ހިތުގެ އަޑިން އެކަން ގަބޫލު ކުރުމެވެ.

"އެކަމަކު، ގޮނޑިތަކުގައި ކުރެހުން އެކަންޏެއް ނޫން. އާންމު ބަސްތަކުގައި ބޭއަދަބީ ވާހަކަ ވެސް އެބަ ދައްކާ. ޕަބްލިކް ޓްރާންސްޕޯޓަކީ އެއްފަހަރާ އެތައް ބަޔަކު ބޭނުންކުރާ ހިދުމަތެއް. އަނެއްކާ އޭގައި ތިބެދާނެ އެއް އާއިލާއެއްގެ މީހުން ވެސް. ގޮތް ނޭނގޭ ހަމަ އެތައް ބަޔަކު،" ޑްރައިވަރަކު ބުންޏެވެ.

ޕަބްލިކް ޓްރާންސްޕޯޓް ކާމިޔާބު ކުރެވޭނީ އެ ހިދުމަތަށް އިހުތިރާމް ކޮށްގެންނެވެ. ޑްރައިވަރަކު ބުނި ގޮތުގައި، އެއީ އެތައް ބަޔަކާ ގުޅިފައިވާ ހިދުމަތަކަށް ވާތީ އިޖުތިމާއީ އަދަބުތަކެއް އޭގައި އެބަ ހިމެނެ އެވެ.

"ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ކުރާއިރު، އެހެން މީހުންނަށް އިހުތިރާމް ކުރުން އެއީ ލާޒިމް ކަމެއް،" އޭނާ ބުންޏެވެ.

"ބައެއް މީސްމީހުން ބަހަށާއި ފެރީ އަށް އަރާފައި ކުރިމަތީގައި ހުރި ގޮނޑީގައި ކުރަހައި ބޭއަދަބީ ބަސްތަކުން ވާހަކަ ދައްކާ ހަދާ ކަމަށް ވާ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް."

މާލޭގައި ޕަބްލިކް ޓްރާންސްޕޯޓް ހުއްޓިފައި އޮންނަތާ 11 އަހަރަށް ފަހު އަލުން އެ ހިދުމަތް ދޭން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ. ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ހިލޭ ދަތުރުތަކަށް ފަހު މިދިޔަ މަހުގެ ކުރީކޮޅު ވަނީ އަގު ނަގަން ފަށައިފަ އެވެ.

ބަސްތަކާއި ފެރީތަކުގައި ކުރަހާ މައްސަލަ، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވެސް ނެންގެވި އެވެ. އޭނާ ވިދާޅުވީ، ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ބޭނުން ކުރާ ބަސްތަކާއި ފެރީތަކުގެ ގޮނޑިތަކުގައި ކުރެހުން އާންމު ވެފައިވާ ކަމަށެވެ. ބަހާއި ފެރީތައް ސާފުތާހިރުކޮށް ބެހެއްޓުމަށް އެންމެންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމާ އާންމުންގެ މީހަކު ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަައިވާ ފޮޓޯތަކަކާ އެކު ބުނެފައި ވަނީ މިފަދަ ކަންކަމުގެ ސަބަބުން ކުޑަކުދިންނަށް ފެންނަން ނުޖެހޭ އެތައް ލިޔުމަކާއި ކުރެހުންތަކާއި އެނޫން ލިޔުންތައް ވެސް ގޮނޑިތަކުގެ ފަހަތުގައި ލިޔެފައި ހުންނަ ކަމަށެވެ.

"ބައެއް ހާލަތް ތަކުގައި ލިޔެފައި ނުވަތަ ކުރަހައިފައި ހުންނަ އެއްޗެއްގެ ސަބަބުން ވަކި ގަޑިއަކަށް އެރުމަށް ޝެޑިއުލްކޮށްފައި އޮންނަ ބަސް ޝެޑިއުލް އިން އެއްފަރާތްކުރަން ޖެހޭ ހާލަތްތައް ވެސް އެބަ އާދޭ.އޭގެ ސަބަބުން ދާން އުޅޭ ތަނަށް ދިއުމަށް ލަސްވޭ،" ސޯޝަލް މީޑިއާގައި އޭނާ ލިޔެފައިވެ އެވެ.

އެމްޓީސީސީން ބުނީ މިއީ އެކި އުމުރުފުރައިގެ މީހުން ބޭނުންކުރާ ބޭނުންކުރާ ހިދުމަތަކަށް ވުމުން އެފަދަ ނާތަހުޒީބު އަމަލުތަކުގެ އަސަރު، ހިދުމަތް ހޯދާ ފަރާތްތަކަށް ފޯރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އަދި އެފަދަ އަމަލުތައް ހުއްޓާލުމަށް އެމްޓީސީސީން އެދެ އެވެ.

މިހާރު ބަސް ކުރާ ދަތުރުގެ އަގަކީ ކޮޅަކަށް 7ރ. އެވެ ނަމަވެސް، ތިން އަހަރުން ދަށުގެ ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުން އަދި ސްކޫލް ކުދިން ޔުނީފޯމުގައި އަބަދުވެސް ހިލޭ ދަތުރުކުރެވެ އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ދެނީ 18 ބަހާ އެކު އެވެ. އިލެކްޓްރިކް ބަހަށް ބަދަލު ކުރުމަށް މިހާރު ވަނީ އިތުރު ހަ ބަހެއްވެސް ގެނެސްފަ އެވެ. ތިން ރޫޓަކުން ދަތުރުކުރާއިރު 40 ތަނަކަށް ބަސް ހުއްޓޭނެ އެވެ.