21 ނޮވެމްބަރ 2022 - 15:52

ދިރާގު ޓީވީ މެދުވެރިކޮށް ވެސް ވޯލްޑް ކަޕުގެ މެޗުތައް ބެލޭނެ ކަމަށް ދިރާގުން ބުނެފި އެެވެ.

ދިރާގުން ބުނި ގޮތުގައި، ވޯލްޑް ކަޕުގެ ކޮންޓެންޓު ރައިޓްސް ލިބިފައިވާ ގޮތުން ދިރާގު ޕްލޭ މޯބައިލް އެޕްލިކޭޝަން އިން މެޗުތައް ނުފެންނާނެ އެވެ. ނަމަވެސް ދިރާގު ޓީވީ މެދުވެރިކޮށް ޔެސް ޓީވީ އާއި ރާއްޖެ ޓީވީއިން މެޗުތައް ބެލޭނެ ކަމަށް ބުންޏެވެ.
މި އަހަރުގެ ވޯލްްޑް ކަޕުގެ ބްރޮޑްކާސްޓިން ރައިޓްސް ގަނެފައި ވަނީ މީޑިއާ ނެޓުންނެވެ.
ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ގަތަރުގައި ފެށީ ރެ އެވެ.