ވޯލްޑް ކަޕްގެ ފުރަތަމަ ތަރިއަކީ މި ކުއްޖާ؛ މިއީ އާދަޔާ ހިލާފް ވާހަކައެއް
ވޯލްޑް ކަޕްގެ ފުރަތަމަ ތަރިއަކީ މި ކުއްޖާ؛ މިއީ އާދަޔާ ހިލާފް ވާހަކައެއް

ފަހުގެ ތާރީހެއްގައި ބޭއްވި ވޯލްޑް ކަޕް ހުޅުވުމުގެ އެންމެ ފުރިހަމަ ރަސްމިއްޔާތާ އެކު ގަތަރުގެ ނަން ތާރީހުގައި ލިޔެވިގެން ދިޔައީ އެވެ. އެތައް ގޮތަކުން ހާއްސަވި މި ރަސްމިއްޔާތުގައި އުމުރުން 20 އަހަރުގެ، ބޮޑު ނުކުޅެދުންތެރިކަމެއް ހުންނަ ޒުވާނަކު ހޮލީވުޑްގެ ލެޖެންޑް މޯގަން ފްރީމަންއާ އެކު ހުށަހަޅައިދިން އައިޓަމް ވަކިން ހާއްސަވީ އެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ ތަރިއަކީ މި ކުއްޖާ؛ މިއީ އާދަޔާ ހިލާފް ވާހަކައެއް
ވޯލްޑް ކަޕްގެ ފުރަތަމަ ތަރިއަކީ މި ކުއްޖާ؛ މިއީ އާދަޔާ ހިލާފް ވާހަކައެއް

ހަށިގަނޑުގެ ތިރީ ބައި ނެތް ޣާނިމް އަލް މުފްތާ އަކީ ގަތަރުގެ ޒުވާން ވިޔަފާރިވެރިއެކެވެ. އޭނާގެ ތަނަވަސްކަމުން އެހެން މީހުންނަށް މަންފާ ހޯދައިދިނުމަށް ޚައިރާތުކުރާ، އެންމެން ލޯބިވާ މީހެކެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ ތަރިއަކީ މި ކުއްޖާ؛ މިއީ އާދަޔާ ހިލާފް ވާހަކައެއް
ވޯލްޑް ކަޕްގެ ފުރަތަމަ ތަރިއަކީ މި ކުއްޖާ؛ މިއީ އާދަޔާ ހިލާފް ވާހަކައެއް

އެކަމަކު އޭނާ މި ހިސާބަށް އައިސް، އެންމެންނަށް ހިތްވަރެއްގެ ގޮތުގައި އެ ހުރީ ދިރިއުޅުމުގައި މީހަކަށް ދިމާވާނެ ހުރިހާ ގޮންޖެހުމެއް ވެސް ހުރަސްކޮށްފައި ކަމަށް ބުނަން ޖެހެ އެވެ. އޭނާ އުފަންވީ ހަށިގަނޑުގެ މައި ނާރުގެ ތިރީ ބައި އުފެދުން ހުއްޓޭ ސިއްހީ މައްސަލައެއް ކަމަށްވާ ކޯޑްލް ރިގްރެޝަން ސިންޑްރޯމާ އެކުގަ އެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ ތަރިއަކީ މި ކުއްޖާ؛ މިއީ އާދަޔާ ހިލާފް ވާހަކައެއް
ވޯލްޑް ކަޕްގެ ފުރަތަމަ ތަރިއަކީ މި ކުއްޖާ؛ މިއީ އާދަޔާ ހިލާފް ވާހަކައެއް

ޣާނިމްގެ މަންމަ އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިން އިރު އެތައް ބަޔަކު ވަނީ ކުދިން ސަލާމަތް ނުކުރެވޭނެ ކަމަށާއި އެހެންވެ އެބޯޝަނެއް ހެދުން ބުއްދިވެރިވާނެ ކަމަށް ބުނެފަ އެވެ. އެކަމަކު ޣާނިމްގެ މަންމަ ބޭނުންވީ ކޮންމެ ގޮތެއް ވިޔަސް ވިހާށެވެ. އުފަންވުމުން ޑޮކްޓަރުން ބުނީ އުމުރުން 15 އަހަރު ވަންދެން ވެސް ޣާނިމް ދުނިޔޭގައި ހުންނާނެ ކަމުގެ ޔަގީންކަން ނެތް ކަމަށެވެ.

ޣާނިމްގެ އެއްމާބަނޑު ބޭބެ އަހްމަދު އަލް މުފްތާހަކީ އޭނާގެ އެންމެ ބޮޑު އެއް އެހީތެރިޔާ އެވެ.

އުންމީދެއް ނެތް ކުއްޖެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަތް ނަމަވެސް ޣާނިމްގެ އާދަޔާ ހިލާފް ހިތްވަރުން އޭނާ ވެފައި ވަނީ ގަތަރުގެ އެންމެ ޒުވާން ވިޔަފާރިވެރިޔާއަށެވެ. ޔޫޓިއުބާއެއްގެ ގޮތުގައި މަޝްހޫރު ޣާނިމްގެ އަސްލު ވިޔަފާރި އަކީ އައިސްކްރީމް ވިއްކާ ތަންތަން ހިންގުމެވެ.

ކިތަންމެ ބޮޑު ނުކުޅެދުންތެރިކަމެއް ހުއްޓަސް ޣާނިމް އަކީ އެތައް ކުޅިވަރެއްގައި ހަރަކާތްތެރި ޒުވާނެކެވެ. ސްކޫލްގައި އުޅުނު އިރު އަތަށް ބޫޓު ލައްވައިގެން ފުޓްބޯޅަ ވެސް ކުޅުނެވެ. އޭނާގެ ހަރަކާތްތެރިކަމގައި އުމުރުގެ އެހެން ކުދިންނާ އެއްވެސް ތަފާތެއް ނެތެވެ. މި އާދަޔާ ހިލާފް ހިތްވަރުގައި އޭނާ ގަލްފުގެ އެންމެ އުސް ފަރުބަދަ ކަމަށްވާ ޖަބަލް ޝަމްސުގެ އެންމެ އުހަށް ވެސް އެރި އެވެ.

ޕޮލިޓިކަލް ސައިންސް ކިޔެވުމަށް އުފެދުނު ޝައުގުވެރިކަމާ އެކު އޭނާ ވަނީ ގަތަރުގެ ބޮޑުވަޒީރުކަން ކުރުމުގެ އުންމީދު އެބަ އޮތް ކަމަށް ބުނެ އެ ވާހަކަ މީގެ ކުރިން ދައްކައިފަ އެވެ. ވޯލްޑް ކަޕްގެ ފެށުމާ އެކު ޣާނިމް އަށް ދުނިޔޭގެ ސަމާލުކަން ލިބި އޭނާ އަށް އެތައް ފުރުސަތެއް މިހާރު ތަނަވަސްވެއްޖެ އެވެ.

ފީފާ ވޯލްޑް ކަޕްގެ އެމްބެސެޑަރުންގެ ތެރޭގައި ހިމެނޭ ޣާނިމް، މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ގޮވާލީ މުޖުތަމައުގައި އެންމެން ގުޅިގެން އުޅުމަށާއި އެންމެން ބައިވެރިކުރުމާއި މަޝްވަރާއިން ހައްލު ހޯދުމަށެވެ.