އުރީދޫ ވޯލްޑް ކަޕް ފޯރި ފޭން ޒޯން: ފޯރިއާއެކު މެޗުތައް ބަލާލުމުގެ ފުރުސަތު!
އުރީދޫ ވޯލްޑް ކަޕް ފޯރި ފޭން ޒޯން: ފޯރިއާއެކު މެޗުތައް ބަލާލުމުގެ ފުރުސަތު!

އުރީދޫން ވޯލްޑް ކަޕާ ދިމާކޮށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި "ފޭން ޒޯން" ތައް އަޅާ، އެތަނުން މެޗުތައް ބަލާލުމުގެ އިންތިޒާމް ހަމަޖައްސައިދީފި އެވެ.

އުރީދޫ ވޯލްޑް ކަޕް ފޯރި "ފޭން ޒޯން" އަކީ ވޯލްޑް ކަޕްގެ މެޗުތައް ގިނަބަޔަކަށް އެއްތާކުން ބަލާލުމުގެ އިންތިޒާމާއެކު ފުޓުބޯޅައިގެ ފޯރި ގެނުވާނެ ފަދަ ގޮތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައްޔާރުކޮށްފައިވާ ހާއްސަ ޖަގަހަތަކެކެވެ.

ރާއްޖޭގެ އުތުރުން ދެކުނަށް މީހުން ދިރިއުޅޭ ރަށްރަށުގައި އަޅާފައިވާ ޖުމްލަ 200 އަށް ވުރެ ގިނަ ފޭން ޒޯންތައް މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފަ އެވެ.

މާލޭގެ ފޭންޒޯންގެ ގޮތުގައި ތައްޔާރުކޮށްފައިވާ އާޓިފިޝަލް ބީޗުގައި ގިނަ ބަޔަކަށް ތިބެވޭނެ އިންތިޒާމާއެކު، ބޮޑު ސްކްރީނެއް ހަރުކޮށްފައިވެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ހާލިދް އަލްހަމާދީއާއި ބައެއް އިސްވެރިންނާއި، އުރީދޫ ވޯލްޑްކަޕް ފޯރީގެ ޕާޓްނަރުން ބައިވެރިވި އެވެ.

އުރީދޫން ބުނީ ފޭން ޒޯންތައް އެޅުމަށް އެ ކުންފުނިން އެ ތަންތަނުގައި އެލުވާނެ ދިދަތަކާއި، ވޯލްޑް ކަޕް ސްކޯ ޗާޓުގެ އިތުރުން ބޭނުންވާ ތަންތަނަށް ސްކްރީން ވެސް ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި ކަނެކްޝަން ގުޅައިދިނުމުގެ ކަންކަންވެސް އުރީދޫން ވަނީ ހަމަޖައްސައިދީފަ އެވެ.