"ވޯލްޑް ކަޕް ފިއެސްޓާ": އަގުހުރި ބޮޑެތި އިނާމުތަކާއި ޑިސްކައުންޓު ލިބޭ ސިމްޑީގެ ޕްރޮމޯޝަނެއް
"ވޯލްޑް ކަޕް ފިއެސްޓާ": އަގުހުރި ބޮޑެތި އިނާމުތަކާއި ޑިސްކައުންޓު ލިބޭ ސިމްޑީގެ ޕްރޮމޯޝަނެއް

ސިމްޑީގެ އެޕް މެދުވެރިކޮށް، ވިޔަފާރި ކޮށްގެން އަގު ހުރި އިނާމުތަކަކާއި ބޮޑު ޑިސްކައުންޓެއް ލިބޭ "ސިމްޑީ ވޯލްޑް ކަޕް ފިއެސްޓާ" މިއަދު ފަށައިފި އެވެ.

އެ ޕްރޮމޯޝަނުގައި ސިމްޑީގެ އެޕް މެދުވެރިކޮށް، ވިޔަފާރި ކޮށްގެން 30 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ. އެއީ ހޯލްސޭލް އަދި ރީޓެއިލްކޮށް ގަންނަ ކަސްޓަމަރުންނަށް ވެސް ލިބޭނެ ޑިސްކައުންޓެކެވެ.

އެ ޕްރޮމޯޝަނުގައި ޑިސްކައުންޓު ލިބޭ ޕްރޮޑަކްޓުތަކުގެ ތެރޭގައި އިލީ ކޮފީގެ އުފެއްދުންތަކާއި ބޮން ކެފޭ އާއި ހޯލްސަން، މައި ބިސްކަޓާއި ކެޑްބަރީ ޗޮކްލެޓުގެ އުފެއްދުންތައް ހިމެނެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކު ވެސް ބާއްވާ ލަކީޑްރޯއިން އަގު ހުރި އިނާމުތަކެއް ލިބޭނެ އެވެ. ފުރަތަމަ ހަފުތާގެ އިނާމަކީ ރަޔޯ އެސް 1 ޕްރޮޖެކްޓަރެކެވެ. ދެ ވަނަ ހަފުތާގެ އިނާމަކީ އިލެކްޓްރޮލަކްސް ހޯމް ވެކިއުމް ކްލީނާ އެކެވެ. ތިން ވަނަ ހަފުތާގެ އިނާމަކީ ކެނޮން ޑިޖިޓަލް ކެމެރާ އެކެވެ. އަދި ހަތަރު ވަނަ ހަފުތާގެ އިނާމަކަށް ލިބޭނީ އިލީ ވައި 3.3 ކޮފީ މެޝިނެކެވެ.

އެ ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއެއްގައި ހޮވާ ނަސީބުވެރިއެއްގެ އިތުރުން މުޅި ޕްރޮމޯޝަނުން ގުރުއަތުން ހޮވޭ ތިން ކަސްޓަމަރަކަށް ވެސް ބޮޑެތި އިނާމުތަކެއް ވަނީ ހުށަހަޅައިފަ އެވެ. އެއްވަނަ އިނާމަކީ އައިފޯން 14 ޕްރޯ ނުވަތަ ސެމްސަން އެސް22 އަލްޓްރާ އެކެވެ. އެ ދެ ފޯނުގެ ތެރެއިން ފޯނެއް ހިޔާރު ކުރުމުގެ ފުރުސަތުން އެއް ވަނަ އަށް ދާ މީހަކަށް ލިބޭނެ އެވެ.

ޕްރޮމޯޝަނުގައި ދެ ވަނައަށް ހުށަހަޅާފައި ވަނީ ޕީ އެސް 5 އަކާއި ފީފާގެ 2023 ގެ ގޭމް ސީޑީ އެކެވެ. އަދި ތިން ވަނަ އިނާމަކީ އިލީގެ ކޮފީ ބަންޑަލް އެކެވެ. އޭގައި ހިމެނެނީ އެކްސް ނައިން ކްރޯމް ކޮފީ މެޝިނަކާއި މިލްކް ފްރޮތާ އާއި ކެޕްސޫލްސް އާއި އެސްޕްރެސޯ އަދި ކަޕަޗީނޯ ކަޕެވެ.

އެ ޕްރޮމޯޝަންގެ މުއްދަތަކީ އަންނަ މަހުގެ 18ގެ ނިޔަލެވެ. ޕްރޮމޯޝަނުގެ "ވީކްލީ ލަކީޑްރޯ" އޮންނާނީ ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު އެވެ.