ޗައިނާ މީހަކު ކޮތަޅަކަށް ގޮހޮރު ލައިގެން އުޅޭތާ 20 އަހަރު
ޗައިނާ މީހަކު ކޮތަޅަކަށް ގޮހޮރު ލައިގެން އުޅޭތާ 20 އަހަރު

ޗައިނާގެ މީހަކު އޭނާގެ ބޮޑު ގޮހޮރު ހަށިގަނޑުން ބޭރުގައި އެލުވައިގެން އުޅޭތާ 20 އަހަރު ވެއްޖެ އެވެ. މިހެން އުޅެނީ އޮޕަރޭޝަން ކޮށްގެން ގޮހޮރު ހަށިގަނޑުގެ ތެރެއަށް ލާނެ ފައިސާ ނެތުމުންނެވެ.

އުމުރުން 80 އަހަރުގެ އަންހެނެއް ކަމަށްވާ ލޭން ގުޔޯ ވަނީ އޭނާގެ ގޮހޮރުލާފައިވާ ޕްލާސްޓިކް ކޮތަޅު ނޫސްވެރިންނަށް ދައްކާލައިފަ އެވެ. ޗައިނާގެ މެދުތެރޭގެ ހުބޭ ޕްރޮވިންސަށް ނިސްބަތްވާ ލޭން ޔުގޯގެ ފިރިމީހާ މާއޮ ޔޮންގްފޫ ބުނި ގޮތުގައި އަންހެނުންނަށް ވަރަށް ވޭން ހުރި ބައްޔެއް ޖެހުނީ 1970ގެ އަހަރު ތަކުގައި ކުރި އޮޕަރޭޝަނަކަށް ފަހުގަ އެވެ. ނަމަވެސް އޭގެ ފަހުން ބަލި ރަނގަޅުކުރަން އޮޕަރޭޝަން ކުރެވޭ ވަރުގެ ތަނަވަސްކަމެއް ނެތިގެން އެކަން ނުކުރެވިފައި ވަނީ އެވެ.

މާއޮ ޔޮންގްފޫ، ޗުޓިއަން އާބަން ނޫހަށް ކިޔައިދިން ގޮތުގައި އަންހެނުންނަށް ފުރަތަމަ މައްސަލަ ދިމާވީ 1971 ވަނަ އަހަރު ކުރި ނުވިހާ އޮޕަރޭޝަނަށް ފަހުގަ އެވެ. މި އޮޕަރޭޝަން ކުރި ލަކުނުތައް އެއް ޓިޝޫއިން އަނެއް ޓިޝޫއާ ގުޅި ބަނޑުގެ ބޭރު ފަށަލަ އާއި ބޮޑު ގޮހޮރާ ދޭތެރޭ ފަށަލަތަކެއް އުފެދުނީ އެވެ. އަދި ބަނޑު ތެރޭގައިވާ އެހެން ގުނަވަންތަކާއި ފެލޯޕިއަން ޓިއުބާއި އޯވަރީޒްތަކުގައި ވެސް މި ފަށަލަތައް ވަނީ އުފެދިފަ އެވެ.

މިގޮތަށް ސްކާ ޓިޝޫތައް އުފެދެނީ އޮޕަރޭޝަން ކުރުމުގައި ހެދޭ ގޯހަކުން ނުވަތަ ރޭޑިއޭޝަން ދިނުމުން ނުވަތަ އޮޕަރޭޝަން ކުރަން ގެންގުޅޭ ސާމާނުގެ ތެރެއިން އެއްޗެއް އެތެރޭގައި ބޭއްވުން ފަދަ ކަމެއް ދިމާވުމުންނެވެ. ގަބޫލު ކުރެވޭ ގޮތުގައި މި އަންހެންމީހާގެ އޮޕަރޭޝަން ކޮށްފައި ހުރިތަނެއް ރަނގަޅަށް ނުފަހާ ހުރުމުން އޭނާގެ ގޮހޮރު އެ ދޭތެރެއިން ނުކުންނަން ދިމާވީ އެވެ.

މިކަމުގެ ސަބަބުން އަޅާ ވޭނުގެ ސަބަބުން ނުނިދިފައި ވެސް އެތައް ރެޔަކު ހުންނަން ޖެހޭ ކަމަށާއި އެކަމަކު އޮޕަރޭޝަން ކުރަން ފައިސާ ނެތް ކަމަށް މި ދެމަފިރިން ބުނެ އެވެ. އެ

މަޑުމަޑުން ގޮހޮރު ހަށިގަނޑުން ބޭރަށް ނިކުންނަމުން ގޮސް އަހަރުތަކެއް ވީއިރު މުޅި ގޮހޮރޮ ހަށިގަނޑުން ބޭރުވި އެވެ. އެހެންވެ ޕްލާސްޓިކް ކޮތަޅަކަށް ގޮހޮރު ލައިގެން އިތުރު އެހެން ދަަބަހެއްގެ ތެރެއަށް ލައިގެން އެ ދަބަސް ކޮނޑުގައި އެލުވައިގެން އޭނާ އުޅޭތާ މިހާރު 20 އަހަރު ވެއްޖެ އެވެ،

ލޭން ގެ ހާލު ބަލަން ދިޔަ ނޫސްވެރިންނަށް ފެނުނީ ބޮޑު ކޮތަޅެއް ލޭންގެ ބަނޑުގައި ތަތްކޮށްފައި ވަނިކޮށެވެ. ގުނަވަނުގެ ޓިޝޫތަކުގެ ބޮޑު ބައެއް ވެސް ފެންނަން އޮތެވެ. އެ މީހާ ބޮޑުކަމުދާ ނަޖިސް އެޅެނީ އެ ދަބަހަށެވެ. އަދި ހިމަ އިލާސްޓިކް ހޮޅިކޮޅެއް ވެސް އެތަނުން ނެރެފައިވެ އެވެ. ކުޑަކަމުދާ ނަޖިސް ބޭރުކުރަނީ އެ ހޮޅިކޮޅުންނެވެ.

މި ހާލުގައި އުޅެން ޖެހުމުން އަންހެންމީހާއަށް ކައިބޮއި އުޅުމާއި ހެދުން ލުމަކީ އަމިއްލައަށް ކުރެވޭ ކަންކަމެއް ނޫނެވެ.

ތާފަނާ ފެނުން ގޮހޮރު ދޮވެލުން ނޫން އެހެން ކަމެއް މިހާރުވެސް ނުކުރެވޭ ކަމަށް އަންހެންމީހާ ބުނެފައިވެ އެވެ. ދެން އެ އަވަށުގައި ހުންނަ ޑޮކްޓަރު ދޭ ތަދުކަނޑުވާ ބޭސް ކައިގެން އަންހެންމީހާ ދިރިއުޅެނީ އެވެ.

އަވަށު ޑޮކްޓަރު ބުނީ ނޫސްވެރިންނަށް އަންހެންމީހާގެ ހާލަތު ކިޔައިދޭން ގަސްތުކުރީ މީޑިއާގެ ސަމާލުކަން ލިބުމުން އަންހެންމީހާއަށް އެހީތެރިވާނެ ބަޔަކު ވެދާނެކަމުގެ އުންމީދުގައި ކަމަށެވެ.