ވޯލްޑް ކަޕް ބަލަން މާލެ ސަރަހައްދުގައި ބޮޑު ސްކްރީންތައް: މެޗު ގަޑީ ބައެއް މަގުތައް ބަންދު ކުރާނެ!
ވޯލްޑް ކަޕް ބަލަން މާލެ ސަރަހައްދުގައި ބޮޑު ސްކްރީންތައް: މެޗު ގަޑީ ބައެއް މަގުތައް ބަންދު ކުރާނެ!

މިރޭ ގަތަރުގައި ފަށާ ވޯލްޑް ކަޕުގެ މެޗުތައް ބަލަން މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ ބޮޑު ސްކްރީނުތައް ބަހައްޓައިފި އެވެ.

ވޯލްޑް ކަޕް ބަލަން މާލެ ސަރަހައްދުގައި ބޮޑު ސްކްރީންތައް: މެޗު ގަޑީ ބައެއް މަގުތައް ބަންދު ކުރާނެ!
ވޯލްޑް ކަޕް ބަލަން މާލެ ސަރަހައްދުގައި ބޮޑު ސްކްރީންތައް: މެޗު ގަޑީ ބައެއް މަގުތައް ބަންދު ކުރާނެ!

މާލެ ސިޓީ ކައުންސިލުން ބުނިގޮތުގައި، މާލެ އަދި ވިލިމާލޭގައި މިހާތަނަށް 14 ތަނެއްގައި ސްކްރީން ބަހައްޓަން ހުއްދަ ދީފައިވާ ކަމަށެވެ.

ގަލޮޅު ސިޓީ ޕާކް

ޗާންދަނީ މަގު ވޮއްކޮޅު ގޯޅި

އާޓިފިޝަލް ބީޗް

އިއްޒުއްދީން މަގާއި ސަބްދެލި މަގު ގުޅޭ ކަންމަތި

ލައިމޫން ކެފޭ ކުރިމަތި

އަބަދައް އުފާ މަގާއި ތަނޑިރަތްމާ ގޯޅި ކަންމަތި

ވީއާރް ކެފޭ ހިންގަމުންދާ ގާކޮށި ބީ208 ގެ ބޭރު

އެސްޓީއޯ އިމާރާތް ހުންނަ ވެސްޓް ޕާކް ސަރަހައްދު

ނިޔަނދުރު ގޯޅި

މ. ޗަނބޭލީ މަގު

ބަނދަރު ސަރަހައްދުގެ ހުޅަނގުކޮޅު

ބަނދަރު ސަރަހައްދުގެ އިރުމަތީ ކޮޅު

ވ.ދިހަވެހިއާ ދިމާ ބަނދަރު ސަރަހައްދު

ބީއެމްއެލް ވިލިމާލެ ބްރާންޗާ ޖެހިގެން އޮންނަ ހުސްބިން

ވ.ޒިފިޔަސް ކުރިމަތީ ހުސްބިން

މާލެ ސިޓީ ކައުންސިލުން ބުނީ ބޮޑު ސްކްރީން ބަހައްޓަން ހުއްދަ ދީފައިވާ ފަރާތްތައް އިތުރުވުން ވެސް އެކަށީގެންވާ ކަމަށެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ވާގޮތުން، މެޗު ބަލަން މަގު ބަންދުކުރުމަށް އެދެމުންދާތީ ވޯލްޑް ކަޕްގެ މެޗުތައް ކުރިއަށްދާ ވަގުތު ބައެއް މަގުތައް ބަންދުވާނެ ކަމަށެވެ. އެގޮތުން، ކޮންމެ މެޗެއް ފެށުމުގެ 30 މިނެޓުން ފެށިގެން، މެޗު ނިމުމަށް ފަހު 30 މިނެޓާ ހަމައަށް ބަންދުވާނެ ކަމަށް ބުންޏެވެ.

މެޗު ނިމުމަށް ފަހު އަނބުރާ ދަތުރުފަތުރު ކުރެވޭނެ ގޮތް ހަދަން ޖެހޭނެ ކަމަށާއި، އަދި މެޗު ފެށުމުގެ މާ ކުރިން ވެސް މަގު ބަންދު ނުކުރުމަށް ސިޓީ ކައުންސިލްގެ އިއުލާނުގައި އަންގާފައިވެ އެވެ.

ބަންދު ކުރަން ހުއްދަދީފައިވާ ސަރަހައްދުތައް މާލެ ސިޓީ ކައުންސިލްގެ ވެބްސްއިޓާއި ޓްވިޓާގައި އާންމުކުރަމުން ދާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.

ހަތަރު އަހަރުން އެއް ފަހަރު ބާއްވާ ވޯލްޑް ކަޕަކީ ފުޓުބޯޅައިގެ އެންމެ ބޮޑު މުބާރާތެވެ. ކޮންމެ ވޯލްޑް ކަޕަކަށް ވެސް ދިވެހިން ފޯރިއާއެކު ތައްޔާރުވެ އެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ ދިދަތަކުން މާލޭގެ ގިނަ ސަރަހައްދުތައް މިހާރު ވަނީ ފުރާލައިފަ އެވެ.

ވޯލްޑް ކަޕަށް އެޗްޑީސީގެ "ބޯޅަ ފޯރީ"ގެ ދަށުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެ ވަނަ ފިޔަވަހީގައި ވެސް ވަނީ ބޮޑު ސްކްރީން ބަހައްޓާފަ އެވެ.

ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކު ސަރަހައްދާއި ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމްގައި 40 ފޫޓު 20 ފޫޓުގެ ލެޑް ސްކްރީނެއް ވަނީ ބަހައްޓާފަަ އެވެ. އެއީ މިހާތަނަށް ވޯލްޑްކަޕަށް ރާއްޖޭގައި އެޅި އެންމެ ބޮޑު ސްކްރީންތައް ކަމަށް އެޗްޑީސީން ބުނެ އެވެ.