19 ނޮވެމްބަރ 2022 - 15:26

ވޯލްޑްކަޕަށް ހާއްސަކޮށް "މިހާރު" އިން ތައްޔާރު ކޮށްފައިވާ ސްކޯ ޕްރިޑިކްޓާ ލޯންޗުކޮށްފި އެވެ.

ސްކޯ ޕްރިޑިކްޓާ އަކީ ސްކޯ ދިމާ ކުރުމަށް އެކި ކުންފުނިތަކުން ހަދާފައިވާ ގްރޫޕުތަކެއް ހިމެނޭ ޕްލެޓްފޯމެކެވެ. އެ ގްރޫޕުތަކުގައި ކޮންމެ ކުންފުންޏަކުން ވެސް ވަކި އިނާމުތަކެއް ހުށަހަޅާފައިވެ އެވެ.
ބައިވެރިންނަށް ސްކޯ ޕްރިޑިކްޓާގައި ހިމެނޭ އެއް ގްރޫޕަށް ނުވަތަ ހުރިހާ ގްރޫޕުތަކަށް ވަދެ، ސްކޯ ދިމާކޮށް އިނާމު ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އަދި ބޭނުންވާ ނަމަ އަމިއްލައަށް ޕްރައިވެޓް ގްރޫޕެއް ހެދުމުގެ ފުރުސަތު ވެސް ލިބެ އެވެ.
"މިހާރު"ގެ މާކެޓިން ޓީމުން ބުނި ގޮތުގައި، ރާއްޖޭގައި އަލަށް އެއް ތަނަކުން ސްކޯ ދިމާކުރުމުގެ ގިނަ ފުރުސަތުތަކެއް ލިބޭ ޕްލެޓްފޯމެއް ތައްޔާރުކުރީ ވޯލްކަޕުގެ ފޯރި އާއި ސްކޯ ދިމާކުރުމުގައި އާއްމުންގެ މެދުގައި އޮންނަ ފޯރި އާއި ވާދަވެރިކަން އިތުރުކުރަން ކަމަށެވެ.
ސްކޯ ޕްރިޑިކްޓާއަށް ވަދެ، ސްކޯ ދިމާކުރާ ކޮންމެ ބައިވެރިއަކަށް ވެސް ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. މި ޕްލެޓްފޯމުގައި ބައިވެރިވެފައިވާ ކުންފުނިތަކުން ކަނޑައަޅާފައި ވަނީ ވޯލްޑްކަޕް ނިމޭއިރު އެންމެ ގިނަ ސްކޯ ދިމާކުރާ ފަރާތްތަކަށް އިނާމު ދިނުމަށެވެ. ބައެއް ކުންފުނިތަކުން، އެންމެ ގިނަ ސްކޯ ދިމާކުރި އެއް ބައިވެރިޔާ ހޮވުމަށް ނިންމާފައި ވާއިރު، ބައެއް ކުންފުނިތަކުން ވަނީ އެންމެ ގިނަ ސްކޯ ދިމާކުރާ ތިން ބައިވެރިންނާއި ފަސް ބައިވެރިން ވެސް ހޮވުމަށް ނިންމާފަ އެވެ.
* 1 ވަނަ އިނާމު – ޖީޕީއެކްސް ޑީމަން 150 ސައިކަލެއް
* 1 ވަނަ އިނާމު – އައިފޯން 14 ޕްރޯ މެކްސް
* އެންމެ މަތިން ލިބޭ ފަސްބައިވެރިނަށް 5000ރ. ގިފްޓު ވައުޗަރު
* އެކި ފިކްސްޗާތަކަށް އެންމެ މަތިން ލިބޭ ފަރާތްތަކަށް އަގުހުރި ގިފްޓް ވައުޗަރު
* 1 ވަނަ އިނާމު – ދެ މީހަކަށް ދެ ރޭގެ ރިސޯޓު ދަތުރެއް
* 2 ވަނަ އިނާމު – ދެ މީހަކަށް ކެއުމެއް
* 3 ވަނަ އިނާމު – ހެޕީ މާކެޓުގެ ޕްރިމިއަމް ޕްރޮޑަކްޓުތަކުގެ ގިފްޓް ހެމްޕާއެއް
* 1 ވަނަ އިނާމު - ރޮނިކްސް މިޓާ ސޯ
* 2 ވަނަ އިނާމު - ރޮނިކްސް ހީޓް ގަން
* 3 ވަަނަ އިނާމު - ރޮނިކްސް އިލެކްޓްރިކް ޑްރިލް
* 1 ވަނަ އިނާމު – 1000ރ ގެ ގިފްޓް ވައުޗަރެއް
* 2 ވަނަ އިނާމު – 750ރ. ގެ ގިފްޓް ވައުޗަރެއް
* 3 ވަނަ އިނާމު – 500ރ. ގެ ގިފްޓް ވައުޗަރެއް
* 1 ވަނަ އިނާމު – 1000ރ. ގެ ގިފްޓް ވައުޗަރެއް
* 2 ވަނަ އިނާމު – 750ރ. ގެ ގިފްޓް ވައުޗަރެއް
* 3 ވަނަ އިނާމު – 500ރ. ގެ ގިފްޓް ވައުޗަރެއް
* 1 ވަނަ އިނާމު – ޕީއެސް 5
* 2 ވަނަ އިނާމު – 3000ރ. ގެ ފައިސާގެ އިނާމު
* 3 ވަނަ އިނާމު – 1000ރ. ފައިސާގެ އިނާމު
* 4 ވަނަ އިނާމު – 200ރ. ގެ ގިފްޓް ވައުޗަރެއް
* 5 ވަނަ އިނާމު – 200ރ. ގެ ގިފްޓް ވައުޗަރެއް
* 1 ވަނަ އިނާމު – ކުއީން ސައިޒުގެ ބިއުޓީ ސްޓޯރެޖް އެނދަކާއި ފުލް މެމޮރީ ފޯމް ގޮދަޑި އެއް
* 2 ވަނަ އިނާމު – ހޮލީވުޑް މިރާ
* 3 ވަނަ އިނާމު – ބިއުޓީ ސްޓޯރެޖް ބެންޗް
* 1 ވަނަ އިނާމު – އައިޕެޑް ޕްރޯ
* 2 ވަނަ އިނާމު – ފެމެލީ ޑިނާއަކަށް ޕިއްޒާ މިއާގެ ދެ ޕިއްޒާ
* 3 ވަނަ އިނާމު - 2 މީހެއްގެ ޑިނާއަކަށް ޕިއްޒާއެއް
* 1 ވަނަ އިނާމު – ކިންގް ޕްރިމިއަމް ބެޑް
* 2 ވަނަ އިނާމު – ޓާކިޝް މިރާ
* 3 ވަނަ އިނާމު – އޮޓޮމަން ބެންޗް
* 1 ވަނަ އިނާމު – ކޫލްބޮކްސް، ޖޭބީއެލް ގޯ އެސެންޝަލް ޕޯޓަބަލް ވޯޓާޕްރޫފް ސްޕީކާ، ހެމޮކް، ބީޗް ޓަވަލް، ހުޑޯރާ ފުޓްބޯލް ރީބައުންޑް ޓްރެއިނާ އަދި ފުޓުބުޅައެއް ހިމެނޭ ގިފްޓް ޕެކެއް
* 2 ވަނަ އިނާމު - ހުޑޯރާ ފުޓްބޯލް ރީބައުންޑް ޓްރެއިނާ، ބީޗް ޓަވަލް، ހެމޮކް އަދި ފުޓުބޯޅަ އެއް ހިމެނޭ ގިފްޓް ޕެކެއް
* 3 ވަނަ އިނާމު – ބީން ބޭގް، ބީޗް ޓަވަލް އަދި ފުޓުބޯޅައެއް ހިމެނޭ ގިފްޓް ޕެކެއް
* 4 ވަނަ އިނާމު – ލޮރެންޒް ބްރޭންޑުގެ ސްނެކް ޕެކަކާއި ބީޗް ޓަވަލް އަދި ފުޓުބޯޅައެއް ހިމެނޭ ގިފްޓް ޕެކެއް
* 5 ވަނަ އިނާމު - ލޮރެންޒް ބްރޭންޑުގެ ސްނެކް ޕެކަކާއި ބީޗް ޓަވަލް އަދި ފުޓުބޯޅައެއް ހިމެނޭ ގިފްޓް ޕެކެއް
* 1 ވަނަ އިނާމު – ކެރޮލީނާ ހެރޭރާ ބްރޭންޑްގެ ގުޑް ގާލް ސެންޓުފުޅި އާއި ބްރޭންޑެޑް ގިފްޓު ޕެކެއް
* 2 ވަނަ އިނާމު – ކެރޮލީނާ ހެރޭރާ ބްރޭންޑުގެ ބޭޑް ބޯއި ސެންޓުފުޅި އާއި ބްރޭންޑެޑް ގިފްޓު ޕެކެއް
* 3 ވަނަ އިނާމު – ކެންޒޯ ބްރޭންޑުގެ ސެންޓުފުޅި އާއި ބްރޭންޑެޑް ގިފްޓު ޕެކެއް
* 4 ވަނަ އިނާމު – ޑޭވިޑް ބެކަމް ބްރޭންޑުގެ ސެންޓުފުޅި އާއި ބްރޭންޑެޑް ގިފްޓު ޕެކެއް
* 5 ވަނަ އިނާމު – ޕޮލިސް ބްރޭންޑުގެ ސެންޓުފުޅި އާއި ބްރޭންޑެޑް ގިފްޓު ޕެކެއް
ކްރޮސްރޯޑްސް މޯލްޑިވްސް
* 1 ވަނަ އިނާމު – ހާޑްރޮކް ހޮޓެލުގައި ދެ މީހަކަށް އެއް ރޭގެ ހުރުމާއި ރިޓާން ޓިކެޓު
* 2 ވަނަ އިނާމު – ކްރޮސްރޯޑްސްގެ އެސްއެޗްއާރު ރެސްޓޯރަންޓަކުން ކެއުން
* 3 ވަނަ އިނާމު – 4 މީހަކަށް ކްރޮސްރޯޑްސްއަށް ދިއުމާއި އައުމުގެ ހަރަދު
1 ވަނަ އިނާމު – ހަވިޓް ބްރޭންޑުގެ ޕޯޓަބަލް ބްލޫޓޫތް އެލްއީޑީ ސްޕީކާ އާއި މައިކްރޮފޯން
2 ވަނަ އިނާމު – ހަވިޓް ބަރޭންޑުގެ ސުވިފްޓް ބީޓީ އިއާ ބަޑްސް
3 ވަނަ އިނާމު – ހަވިޓް ބްރޭންޑުގެ އެޗް666ޓޫޑީ ހެޑްފޯންސް
"މިހާރު"ގެ ވެބްސައިޓުން ވޯލްޑްކަޕް ކަވަރޭޖަށް ހާއްސަ ބަޔަށް ވަނުމުން ސްކޯ ޕްރިޑިކްޓާގެ ބެނާ ފެންނާނެ އެވެ. އެ ބެނާއަށް ފިއްތާލުމުން، ސްކޯ ޕްރިޑިކްޓާގައި ރަޖިސްޓްރީ ވެވޭނެ އެވެ. އީމެއިލް ނުވަތަ ފޭސްބުކް އަދި ޓުވިޓާ އެކައުންޓު ބޭނުންކޮށްގެން ރެޖިސްޓާ ކުރެވޭނެ އެވެ. ރަޖިސްޓާވުމުން އެ ސްކޯ ޕްރިޑިކްޓާގައި ހިމެނޭ ކޮންމެ ގުރޫޕަކަށް ވަދެ ވެސް ސްކޯ ދިމާކުރުމަށް ބޭނުން ސްކޯއެއް ޖެހޭނެ އެވެ.
ސްކޯ ދިމާކުރުމަށް ހުޅުވާލާނީ ކޮންމެ މެޗެއް ފެށުމުގެ އެއް ގަޑިއިރު ކުރިންނެވެ. އަދި މެޗު ފެށެންދެން ސްކޯ ފޮނުވޭނެ އެވެ.