ފުލުހުން މި އަހަރު ޓޭޒާ ގަން ބޭނުންކުރަން ފަށަނީ
ފުލުހުން މި އަހަރު ޓޭޒާ ގަން ބޭނުންކުރަން ފަށަނީ

މި އަހަރު ނިމުމުގެ ކުރިން ފުލުހުން ޓޭޒަ ގަން ބޭނުންކުރަން ފަށާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުން މި އަހަރު ޓޭޒާ ގަން ބޭނުންކުރަން ފަށަނީ
ފުލުހުން މި އަހަރު ޓޭޒާ ގަން ބޭނުންކުރަން ފަށަނީ

އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސެއް ނިންމާލައި، ބޮޑީ ވޯން ކެމެރާ އާއި ޓޭޒަ ގަން ބޭނުންކުރާ ގޮތް ދައްކާލުމަށް ފަހު ސީޕީ ވިދާޅުވީ ފުލުހުން ނުރައްކާތެރި ކުށްވެރިންނާ ކުރިމަތިލައި އަދި ބޮޑެތި އޮޕަރޭޝަންތައް ހިންގާއިރު މިހާރަށް ވުރެ އިތުރު ސޭފްޓީ ވަސީލަތްތައް ހުންނަންޖެހޭ ކަމަށެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުން ވެސް ލިބޭ ބާރުގެ ދަށުން އެ ފަދަ ވަސީލަތްތައް ބޭނުންކުރެވޭ ގޮތަށް އުސޫލު ހަދައި ގެޒެޓުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވި ގޮތުގައި ޓޭޒާ ގަން ބޭނުންކުރުމަށް ފުލުހުން މިހާރު އަންނަނީ ތަމްރީނު ހަދަމުންނެވެ. ދެ ބެޗެއްގައި، ވިއްސަކަށް އޮފިސަރުން ފަސް ދުވަހުގެ ތަމްރީނު ނިންމާފައިވެ އެވެ. އެ ތަމްރީނުތައް އެއްކޮށް ނިމުމުން، މި އަހަރު ނިމުމުގެ ކުރިން ބޭނުންކުރަން ފަށާނެކަން ފާހަގަކުރެއްވި އެވެ.

ޓޭޒާ ގަން ބޭނުންކުރުމުގެ ކުޑަ ޑެމޮންސްޓްރޭޝަނެއް ވެސް ދައްކާލި އެވެ. އެ ބަޑި ޖެހުމާ އެކު މީހާ ވަގުތުން ވެއްޓެ އެވެ. އަދި ފަސް ވަރަކަށް ސިކުންތަށް މީހާގެ ހަރަކާތްތައް ހުއްޓެ އެވެ. ވަގުތު އިތުރުކުރަން ބޭނުންވުމުން، އެ ގަން އިން އެކަން ވެސް ކުރެވެ އެވެ. މިގޮތަށް ގަން ބޭނުންކުރުމަށް ފަހު އެ މީހަކަށް އެ ވަގުތަށް ބޭނުންވާ "އާފްޓަ ކެއާ" ދޭނެ އެވެ.

ސީޕީ ވިދާޅުވި ގޮތުގައި މުޅި އޭޝިޔާ ސަރަހައްދުގައި ވެސް ޓޭޒަ ގަން ބޭނުންކުރަނީ ދެ ގައުމެއްގަ އެވެ. ވޯލްޑް ކަޕާ ގުޅުވައިގެން ގަތަރުގައި 500 ޓޭޒަ ގަން ބޭނުންކުރާ ގޮތަށް އެ ގައުމުން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ސީޕީ ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު އޮތީ މީގެ 25 ގަން އެވެ. ފުލުހުން އަންނަނީ އިތުރަށް ޓޭޒަ ގަން ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ހަމީދު ވިދާޅުވި ގޮތުގައި، ޓޭޒަ ގަން އަކީ، ޕެޕަ ސްޕްރޭއަށް ވުރެ ވެސް ރައްކާތެރި އެއްޗެކެވެ.

"މިއީ އެންމެ އެޑްވާންސްޑް، ސޭފް އިކުއިޕްމަންޓް. ތަފާސް ހިސާބުތަކުން ދައްކާއިރު ކުށެއްގެ ތުހުމަތު ކުރެވޭ ފަރާތެއް ވެސް، އެ މީހެއްގެ ވަޔަލެންސް ކުޑަކުރުމަށް އެންމެ އިފެކްޓިވް ހަތިޔާރު. ފުލުހުންގެ ގާނޫނީ ބާރާއި އިހުތިޔާރުގެ ތެރެއިން ފުލުހުންނަށް ހުއްދަކުރާ ހަތިޔާރެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް އަވަހަށް އެންފޯސްމަންޓް އޮޕްޝަން ޑިޕްލައިކުރަން،" ސީޕީ ވިދާޅުވި އެވެ.

"ފުލުހުން ކުރިއަށް އޮތް ތަނުގައި މާލޭގައި ހަރަކާތްތެރިވާއިރު ވެސް އަދި ރަށްރަށުގައި ހަރަކާތްތެރިވާއިރު، މި ޑިވައިސް ހިފައިގެން ހަރަކާތްތެރިވާ ފުލުހުންނަކީ މީގެ އަސަރު އެ މީހަކަށް ކޮށްފައިވާ ފުލުހުކަށް ވާނެ،"