ނިރުފެހިގެ ސާފުކުރުމުގެ ތެރޭގައި މީހެއްގެ ފައިތިލަ ފެނިއްޖެ
ނިރުފެހިގެ ސާފުކުރުމުގެ ތެރޭގައި މީހެއްގެ ފައިތިލަ ފެނިއްޖެ

މިދިޔަ ބުދަ ދުވަހުގެ ރޭ އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހިގެ ސާފުކުރުމުގެ ތެރެއިން އެ ގެއިން މީހެއްގެ ފައިތިލަ ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާލުވީ ނިރުފެހިގެ ސާފުކޮށް ކުނިތައް ނެގުމުގެ ތެރޭގައި މީހެއްގެ ފައިތިލަ މިއަދު ފެނިފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޮފިޝަލް ހާމައެއް ނުކުރައްވަ އެވެ.

ނިރުފެހިގޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވި އެވެ. އެއީ ބަންގްލަދޭޝްގެ ދެ މީހަކާއި އިންޑިއާގެ އަށް މީހެކެވެ.

މަރުވި މީހުންގެ ހަށިގަނޑުތައް އެ މީހުންގެ ގައުމަށް އާއިލާއަށް ފޮނުވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. މިހާތަނަށް އިންޑިއާގެ ތިން މީހެއްގެ ހަށިގަނޑު ވަނީ ފޮނުވައިލައިފަ އެވެ. ބާކީ ތިބި މީހުންގެ ހަށިގަނޑު ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.