ވޯލްޑް ކަޕްގެ މެޗްތައް ދައްކަން 100 ޕްރޮޖެކްޓަރު ދޫކުރަނީ
ވޯލްޑް ކަޕްގެ މެޗްތައް ދައްކަން 100 ޕްރޮޖެކްޓަރު ދޫކުރަނީ

ވޯލްޑް ކަޕްގެ މެޗުތައް އާންމުކޮށް ދައްކަން އެކި ފަރާތްތަކަށް 100 ޕްރޮޖެކްޓަރު ދޫކުރަން ޔޫތު މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އެ ޕްރޮޖެކްޓަރުތައް ބޭނުންވާ ފަރާތްތަކުން މާދަމާގެ ކުރިން ރަސްމީކޮށް އެދުމަށް މަދަނީ ޖަމިއްޔާ ޖަމާއަތްތަކަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

ޕްރޮޖެކްޓަރު ދޫކުރާ އިރު މިދިޔަ އަހަރު ބޭއްވި ޔޫރޯ ކަޕުގައި ޕްރޮޖެކްޓަރު ދޫކުރި އެއްވެސް ޖަމިއްޔާއަކަށް މިފަދަ ޕްރޮޖެކްޓަރު ދޫނުކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ޕްރޮޖެކްޓަރު ދޫކުރަނީ ކްލަބް ޖަމިއްޔާތަކަށް އެކަންޏެވެ.

ޔޫތު މިނިސްޓްރީން ގިނަ އަދަދެއްގެ ޕްރޮޖެކްޓަރު ދޫކުރާ އިރު ވޯލްޑް ކަޕާ ގުޅިގެން މާލެ އާއި ރަށްރަށުގެ ގިނަ ސަރަހައްދުތަކުގައި ބޮޑު ސްކީނުގައި ވޯލްޑް ކަޕް ބެލޭނެ އިންތިޒާމުތައް އަންނަނީ ރާވަމުންނެވެ.

އަންނަ އާދިއްތަ ދުވަހު ފަށާ ވޯލްޑް މިފަހަރު ބާއްވަނީ ގަތަރުގަ އެވެ. މި މުބާރާތުގައި ދުނިޔޭގެ 32 ގައުމަކުން ބައިވެރިވެ އެވެ.