"އޭވިއޭޝަނުގެ މުސްތަގުބަލު": އޭވިއޭޝަނުގެ އާ ޖީލެއް ބިނާ ކުރުމުގެ ފެށުން
"އޭވިއޭޝަނުގެ މުސްތަގުބަލު": އޭވިއޭޝަނުގެ އާ ޖީލެއް ބިނާ ކުރުމުގެ ފެށުން

ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި އޭވިއޭޝަން ދާއިރާއަށް ޝައުގުވެރިކަން އުފައްދައި، އެ ދާއިރާ އަށް ވަންނަން ބޭނުންވާ މައުލޫމާތުތައް ހިއްސާ ކުރުމުގެ ހާއްސަ ޕްރޮގްރާމް، "އޭވިއޭޝަނުގެ މުސްތަގުބަލު" ލޯންޗު ކޮށްފި އެވެ.

"އޭވިއޭޝަނުގެ މުސްތަގުބަލު": އޭވިއޭޝަނުގެ އާ ޖީލެއް ބިނާ ކުރުމުގެ ފެށުން
"އޭވިއޭޝަނުގެ މުސްތަގުބަލު": އޭވިއޭޝަނުގެ އާ ޖީލެއް ބިނާ ކުރުމުގެ ފެށުން

އެ ޕްރޮގްރާމް ލޯންޗުކޮށް، އޭގެ ފުރަތަމަ ސެޝަން ބާއްވާފައި ވަނީ ސީއެޗްއެސްއީގަ އެވެ. އެ ސްކޫލުގެ 11 އަދި 12ގައި ކިޔަވާ ދަރިވަރުންނަށް ބޭއްވި އެ ސެޝަނުގައި ތައުލީމީ ދާއިރާގައި އޭވިއޭޝަނަށް ވަނުމަށް ކިޔަވަން ޖެހޭ މާއްދާތަކާއި، މަތީ ތައުލީމުގައި ކިޔަވަން ޖެހޭ ޕްރޮގްރާމްތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ. އަދި އޭވިއޭޝަންގެ ދާއިރާގައި، ކެރިއާއެއް ބިނާ ކުރުމުގައި އަޅަން ޖެހޭ ފިޔަވަޅުތަކާއި، އެ ދާއިރާގައި ހުރި އެކި ފުރުސަތުތަކުގެ މައުލޫމާތު ވެސް ވަނީ ހިއްސާކޮށްްފަ އެވެ.

"އޭވިއޭޝަނުގެ މުސްތަގުބަލު": އޭވިއޭޝަނުގެ އާ ޖީލެއް ބިނާ ކުރުމުގެ ފެށުން
"އޭވިއޭޝަނުގެ މުސްތަގުބަލު": އޭވިއޭޝަނުގެ އާ ޖީލެއް ބިނާ ކުރުމުގެ ފެށުން

އެ ސެޝަނުގައި އައިލެންޑް އޭވިއޭޝަންގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ، އެ މުވައްޒަފުންގެ ތަޖުރިބާ އާއި ކެރިއަރުގެ ފެށުމާއި ކާމިޔާބީ ދަރިވަރުންނާ ހިއްސާކޮށްފަ އެވެ. އަދި ދާއިރާގެ އެކި ތަޖުރިބާތައް ވެސް ކިޔައިދިނެވެ.

އޭވިއޭޝަން ދާއިރާއާ ގުޅޭ ގޮތުން ދަރިވަރުންނަށް ސުވާލު ކުރުމުގެ ފުރުސަތު ވެސް އެ ސެޝަނުގައި ވަނީ ހުޅުވާލައިފަ އެވެ. އަދި ދާއިރާގެ އެކި ކަންތައްތަކާއި ގުޅޭ ޕެނަލް ޑިސްކަޝަނެއް ވެސް ވަނީ ބާއްވައިފަ އެވެ. އަދި ކުންފުނީގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު ވެސް ދަރިވަރުންނަށް ވަނީ ކިޔައިދީފަ އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި، އެ ސެޝަނަކީ ކާމިޔާބު ސެޝަނެއް ކަމަށާއި އެކި ސްކޫލުތަކުގައި އެ ޕްރޮގްރާމްގެ އެކި ސެޝަންތައް ކުރިއަށް ގެންދިޔުމަށް ވަނީ ރާވައިފަ އެވެ.

ސީއެޗްއެސްއީގައި އޮތް އެ ސެޝަނުގައި 150 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި އެވެ.