ޝްނެއިޑެލިން އެވަޓަން އަށް ވިއްކާލަން އެއްބަސްވެއްޖެ
ޝްނެއިޑެލިން އެވަޓަން އަށް ވިއްކާލަން އެއްބަސްވެއްޖެ

މެންޗެސްޓާ (ޖެނުއަރީ 11) – މެންޗެސްޓާ ޔުނައިޓެޑުން އެ ޓީމުގެ ފްރާންސް މިޑްފީލްޑަރު މޯގަން ޝްނެއިޑެލިން 22 މިލިއަން ޕައުންޑަށް އެވަޓަން އަށް ވިއްކާލަން އެއްބަސްވެއްޖެ އެވެ.

އުމުރުން 27 އަހަރުގެ މިޑްފީލްޑަރު ޔުނައިޓެޑަށް ގެނައީ ލުއީ ވެން ހާލްގެ ކޯޗުކަމުގެ ދަށުގައި 2015 ވަނަ އަހަރު 25 މިލިއަން ޕައުންޑަށެވެ. ޔުނައިޓެޑަށް 47 މެޗު ކުޅެދީފައިވީ ނަމަވެސް ހޯސޭ މޮރީނިއޯގެ ކޯޗުކަމުގެ ދަށުން އޭނާ އަށް އެކަށީގެންވާ ފުރުސަތެއް ނުލިބެ އެވެ.

ޝްނެއިޑެލިން ވަނީ އެވަޓަންގެ ކޯޗު ރޮނާލްޑް ކޫމަންގެ ކޯޗުކަމުގެ ދަށުން މީގެ ކުރިން ސައުތުހެމްޓަން އަށް ވެސް ކުޅެފަ އެވެ. ކޫމަން އަންނަނީ ޔުނައިޓެޑުގެ ވިންގާ މެމްފިސް ޑިޕާއީ ގެންނަން ވެސް މަސައްކަތްކުރަމުންނެވެ. އަނެއްކޮޅުން އެވަޓަންގެ ސްޕެއިން ވިންގާ ޖެރާޑް ޑެލޮފެއޫ ގެންދަން އޭސީ މިލާނުން ވެސް ބޭނުންވެ އެވެ. އެ ޓީމުން އޭނާ ދޫކޮށްލާނީ އިތުރު ކުޅުންތެރިން ލިބުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޑިޕާއީ އަކީ ވެސް ވެން ހާލް 2015 ވަނަ އަހަރު 25 މިިލިއަން ޕައުންޑަށް ގަތް ކުޅުންތެރިޔެކެވެ. އޭނާ އަށް ވެސް ފަހަކަށް އައިސް ޔުނައިޓެޑުން ފުރުސަތު ނުލިބެ އެވެ. ނެދަލެންޑްސް ގައުމީ ޓީމުގެ ވިންގާ އަށް ސްޕެއިނާއި އިޓަލީގެ ކްލަބްތަކުން ވެސް ޝައުގުވެރިވެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ހަ ވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތްއިރު އެވަޓަން އޮތީ ހަ ވަނައިގަ އެވެ. އެކަމަކު ދެ ޓީމުގެ ދެމެދު ނުވަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.