ހެދުން އެޅުމުގައި ރަންވީރު ހަމަ ތަފާތީ
ހެދުން އެޅުމުގައި ރަންވީރު ހަމަ ތަފާތީ

ބޮލީވުޑްގެ ތަރި ރަންވީރް ސިންގް އަނެއްކާ ވެސް އޭނާގެ ހެދުން އެޅުމުގެ މީހުންގެ މަގުބޫލުކަން ހޯދައިފި އެވެ.

ހެދުން އެޅުމުގައި ރަންވީރު ހަމަ ތަފާތީ
ހެދުން އެޅުމުގައި ރަންވީރު ހަމަ ތަފާތީ

ރަންވީރަކީ އަބަދުވެސް ވަރަށް ތަފާތު ސްޓައިލްތަކަކަށް ހެދުން އަޅާ އެކްޓަރެކެވެ. ބޮލީވުޑްގެ މަޝްހޫރު ފިލްމް ބޭންޑް ބަޖާ ބަރާތު އަދި ބާޖިރާއޯ މަސްތާނީގެ ރޯލުތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ރަންވީރް ސިންގް އަކީ މިއަދު ބޮލީވުޑްގެ ސުޕަ ސްޓާރެކެވެ.

އެންމެ ބޮޑަށް މީހުންގެ މަގުބޫލުކަން ލިބިފައިވަނީ އޭނާގެ ވޯޑުރޯބަށެވެ. އޭނާ ހެދުން އެޅުމުގެ ހުންނަ ތަފާތު ގޮތްތަކާއި އޭނާގެ ވާހަކަ ދެއްކުމުގަ ހުންނަ ސްޓައިލަކީ އާންމުން ގަޔާވާ ކަންކަމެވެ.

މާރެކޭޝް އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް ހުޅުވަން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ހަފުލާގައި އޭނާ އަށް ލިބުން "އެޓޮއިލް ޑިއޯ އެވޯޑް" އާ ހަވާލުވާން ގޮސް އޭނާ ވަނީ ފިލްމް"ގަލީ ބޯއީ"ގެ ރެޕް ލަވައެއް ކިޔައި އާންމުންގެ ސަމާލުކަން ހޯދައިފަ އެވެ.

ރަންވީރް ސިންގަކީ ބޮލީވުޑްގެ އެހެން ފިރިހެން އެކްޓަރުންނާ ހިލާފަސް، އަބަދުވެސް ފެޝަނަލް ލޯބިކުރާ، އާ ކަންކަން ތަޖުރިބާ ކުރުމަށް ލޯބި ކުރާ މީހެކެވެ.

އެ ހަފްލާގައި ސަބަޔާސާޗީގެ ހަތަރު ކޮސްޓިއުމެއް އޭނާ ދައްކާލި އެވެ. ހުރިހާ ކޮސްޓިއުމެއްގައި ރަންވީރް ވަރަށް ފުރިހަމަ އެވެ.

މި ފެސްޓިވަލަށް ރަންވީރް ފުރަތަމަ ހޮވާފައި ވަނީ ވަރަށް ކުދި މާތަކެއް ޖަހާފައި ހުންނަ ޝެރްވާނީ އެވެ. މިއީ ރަަސްމީ އިވެންޓެއްގައި ނުވަތަ ކައިވެނި ހަފުލާ އަކަށް ވެސް ވަރަށް ފުރިހަމަ ޑިޒައިނެކެވެ. މި ޝެރްވާނީ އާ އެކު އޭނާ އަަރައިގެން ހުރި ކްރިސްޓިއަން ލޫބަޓިން އެކްސްގެ ބޫޓުން އެ އައުޓްފިޓް އިތުރަށް ފުރިހަމަ އެވެ. އަދި ޓިންޓް ޖަހާފައި ހުރި އަވި އައިނަކާ އެކު އިސްތަށިގަނޑު ސްޓައިލް ކޮށްފައި ހުރި ގޮތުން އޭނާގެ ސްޓައިލް ވަރަށް ތަފާތެވެ.

އޭނާ ދެން ބޭނުންކުރީ ލެޕާޑް ޕްރިންޓުގެ ގަމީހަކާ އެކު، ކަޅު ފަޓުލޫނެކެވެ. މި އައުޓްފިޓްގައި 24 ކިލޯގެ ރަންޕްލޭޓެޑް، ޓައިގާ ނިޝާން ޖަހާފައިވާ ބެލްޓެއް އަޅާފައި އިނެވެ. މި ހެދުން ވެސް ފުރިހަމަ ކޮށްފައި ވަނީ އަވި އައިނަކާ އެކު އެވެ.

ތިން ވަނަ ފެނިލުމަކަށް އޭނާ ހޮވާފައިވާ ހެދުމުން ހީވަނީ 80 ގެ އަހަރުތަކުގެ މީހުންގެ މަގުބޫލުކަން ހޯދާފައިވާ ކެޝުއަލް އައުޓްފިޓެއް ހެންނެވެ. މި އީ ވެސް ފްލޯރަލް ޕްރިންޓުގެ ފިޔާތޮށި ގަމީހެކެވެ. އަދި އެއާ ގުޅުވައިގެން ލައިގެން ހުރީ ފިޔާތޮށި ކުލައިގެ ބެލް ބޮޓޮމް ފަޓުލޫނެކެވެ. އަރައިގެން ހުރި ފެހި ކުލައިގެ ކުދި މާޖެހި ލޯފާސް އަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

އެންމެފަހުގެ ހޮވުމަކަށް އޭނާ ލައިގެން ހުރީީ ޖިއޯމެޓްރިކް ޕެޓާން އަށް ހުރި ކުދި މާތަކެއް ޖަހާފައި ހުރި ވިދާ ޝެރްވާނީ އެކެވެ. މި ޝެރްވާނީގައި މުށި ކުލައިގެ ފަސް ގޮއް މޭމަތީގައި ހަރުކޮށްފައި އިނެވެ.