ސިމްޑީ އިން "މޮނިން" ބްރޭންޑަށް ހާއްސަ ދުވަހެއް ފާހަގަކޮށްފި
ސިމްޑީ އިން "މޮނިން" ބްރޭންޑަށް ހާއްސަ ދުވަހެއް ފާހަގަކޮށްފި

ސިމްޑީ ބެވަރެޖަސްއިން ވިއްކަމުންދާ "މޮނިން" ބްރޭންޑުގެ އުފެއްދުންތަކަށް ހާއްސަކޮށް "މޮނިން ޑޭ 2022"ގެ ނަމުގައި ހާއްސަ ހަރަކާތެއް ބާއްވައިފި އެވެ.

ސިމްޑީ އިން "މޮނިން" ބްރޭންޑަށް ހާއްސަ ދުވަހެއް ފާހަގަކޮށްފި
ސިމްޑީ އިން "މޮނިން" ބްރޭންޑަށް ހާއްސަ ދުވަހެއް ފާހަގަކޮށްފި

ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެ ހަރަކާތަކީ އެ ބްރޭންޑާއި، ބްރޭންޑުގެ އުފެއްދުންތަކުގެ މައުލޫމާތުތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އެ ހަރަކާތުގައި 80 އަށް ވުރެ ގިނަ ރިސޯޓުންނާއި، އެކި ލޯކަލް ސަޕްލަޔަރުންނާއި، ކެފޭތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ.

ސިމްޑީ އިން "މޮނިން" ބްރޭންޑަށް ހާއްސަ ދުވަހެއް ފާހަގަކޮށްފި
ސިމްޑީ އިން "މޮނިން" ބްރޭންޑަށް ހާއްސަ ދުވަހެއް ފާހަގަކޮށްފި

އެ ހަރަކާތުގައި ބައިވެރިންނަށް "މޮނިން"ގެ މައުލޫމާތު ހިއްސާކޮށްފައި ވަނީ 26 ގައުމެއްގައި އެ އުފެއްދުމުގެ ބުއިންތައް އުފެއްދުންތައް ޕްރޮމޯޓުކުރުމުގައި މަސައްކަތް ކުރާ އެކްސްޕާޓު، ބަތުހާން ބިން ކަނަތު އެވެ. އޭނާ ވަނީ ބައިވެރިންނަށް ކުންފުނީގެ ތާރީހާއި، ބްރޭންޑާ ގުޅޭ މުހިންމު އެކި މައުލޫމާތުތައް ހިއްސާކޮށްފަ އެވެ. އަދި އެ ބްރޭންޑުގެ އުފެއްދުންތައް ބޭނުންކޮށްގެން އެކި ބުއިންތައް ތައްޔާރުކޮށް ކަސްޓަމައިޒް ކުރާނެ ގޮތުގެ މާސްޓާ ކުލާހެއް ވެސް ވަނީ ނަގައިދީފަ އެވެ. އަދި އެ ބްރޭންޑުގެ އުފެއްދުންތައް ބޭނުން ކޮށްގެން ކޮފީގެ ބުއިންތަކާއި މޮކްޓެއިލް ތައްޔަރު ކުރާނެ ގޮތް ވެސް ވަނީ ދައްކާލައިފަ އެވެ.

އެ މާސްޓާ ކުލާހުގައި ދުނިޔޭގެ އެންމެ ފަހުގެ "ޓްރެންޑު"ތައް ދެނެގަނެ، އެ ކަންތައްތައް ދަސްކޮށް، އާ އުފެއްދުންތައް މާކެޓު ކުުރުމުގެ މުހިންމުކަމަށް ވަނީ ބަލާލާފަ އެވެ. އަދި މާކެޓުގެ އެންމެ ކުރީގައި އޮތުމަށް އެ ކަންތައްތައް ދެނެގަތުމުގެ މުހިންމު ކަމަށް ވެސް ވަނީ ބަލާލައިފަ އެވެ.

"މޮނިން" އަކީ ޕްރިމިއަމް ސިރަޕާއި، ގޯމޭ ސޯސް އަދި އެކި ކަހަލަ ފްރުޓް ޕިއުރީގެ ބާވަތްތައް 150 ގައުމުގައި ވިއްކާ ބްރޭންޑެކެވެ. އެ ބްރޭންޑުގެ 150 ފްލޭވާ ލިބެން ހުރެ އެވެ. ސިމްޑީއިން އެ ބްރޭންޑް ވިއްކަން ފަށާފައި ވަނީ 2010 ވަނަ އަހަރު އެވެ. މިހާރު ސިމްޑީއިން ދަނީ އެ ބްރޭންޑުގެ އުފެއްދުންތަކުގެ 50 އަށް ވުރެ ގިނަ ފްލޭވާ ވިއްކަމުންނެވެ.