13 ނޮވެމްބަރ 2022 - 11:06

ހުޅުމާލޭގައި ހުންނަ، ލޮލުގެ ބަލިތަކަށް ހާއްސަ ސިޓީ އޮޕްޓިކަލް އިން އާސަންދައިގެ ހިދުމަތް ލިބޭ ގޮތް ހަދައިފި އެވެ.

އާސަންދައިގެ އިތުރުން، އެ ތަނުން އިންޝުއަރެންސްގެ ގޮތުގައި އަމަނަތަކަފުލް، ސޮލަރެލް އަދި ސިފައިންގެ އިންޝުއަރެންސް ވެސް ބަލައިގަންނާނެ އެވެ. އެ ތަނުން ބުނި ގޮތުގައި، އާސަންދައިގެ ހިދުމަތާ އެކު، މިހާރު ދެމުންދާ ހިދުމަތްތަކަށް ދައްކަން ޖެހޭ އަގު ކުޑަވެ، އައިނު ހެއްދުމުގެ ހަރަދު ވެސް ކުޑަވާނެ ކަމަށެވެ.
އެ ތަނުން ބުނި ގޮތުގައި އެ ތަނުން ލޯ ޓެސްޓު ކުރުމުގެ ހިދުމަތް ދިނުމަށް މި ޒަމާނުގެ އެންމެ ފަހުގެ ވަސީލަތްތައް ވަނީ ގާއިމުކޮށްފަ އެވެ. ލޮލުގެ މައްސަލަތައް ދެނެގަތުމަށް ބޭނުން ކުރާ ސިސްޓަމަކީ ޑޮކްޓަރުންނާއި ދުނިޔޭގައި މަގުބޫލު ބްރޭންޑެއް ކަމަށްވާ އެމެރިކާގެ ވިޝަނިކް ބްރޭންޑުގެ ސިސްޓަމެއް ކަމަށް ބުންޏެވެ. އެ ބްރޭންޑަކީ ލޮލުގެ މައްސަލަތައް ދެނެގަތުމަށް ބޭނުން ކުރާ ވޭވް ފްރަންޓް ޓެކްނޮލޮޖީ ދުނިޔެ އަށް ތައާރަފުކުރި ބްރޭންޑެވެ.
ސިޓީ އޮޕްޓިކަލް އިން ބުނި ގޮތުގައި އެ ތަނަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ލެންސާއި އައިނު ވެސް ލިބެން ހުންނަ ތަނެކެވެ. އެ ތަނުން ދާދި ފަހުން ވަނީ ޖަރުމަނުވިލާތުގެ އެންމެ މޮޅު ލެންސް "ޒައިސް" ތައާރަފު ކޮށްފަ އެވެ.
ސިޓީ އޮޕްޓިކަލް އިން ބުނި ގޮތުގައި އެ ބްރޭންޑަކީ އައިނު އަޅާކަން ވެސް އިހުސާސް ނުވާހާ ސާފު، ލޮލަށް އަރާމު، ޕްރިމިއަމް އަދި ސުޕާ ޕްރިމިއަމް ކެޓަގަރީގެ ނަމްބަރު އައިނު ލެންސް އުފައްދާ ކުންފުންޏެކެވެ. އަދި އެއީ މެދުފަންތީގެ ކަސްޓަމަރުންނާއި މަތީ ފަންތީގެ ކަސްޓަމަރުންގެ މެދުގައި މަގުބޫލު ބްރޭންޑެއް ކަމަށް ވެސް ބުންޏެވެ. ޒައިސް ބްރޭންޑުގެ އިތުރުން ދުނިޔޭގައި މަގުބޫލު ކޮންޓެކްޓް ބްރޭންޑު، އެމެރިކާގެ ކޫޕާ ވިޝަންގެ ކޮންޓެކްޓް ލެންސް ވެސް ސިޓީ އޮޕްޓިކަލުން ލިބޭނެ ކަމަށް އެ ތަނުން ބުންޏެވެ.
ސިޓީ އޮޕްޓިކަލް ހުންނަނީ ހުޅުމާލެ ސެންޓްރަލް ޕާކު ކުރިމަތީގަ އެވެ. ސިޓީ އޮޕްޓިކަލްގައި ފެޝަނަށް މަޝްހޫރު ގައުމުތަކުގެ އައިނާއި ފްރޭމް ވެސް ހެޔޮ އަގުގައި ހުރެ އެވެ. އެ ގައުމުތަކުގެ ތެރޭގައި އިޓަލީ، ދެކުނު ކޮރެއާ، ތުރުކީ، އިނގެރޭސިވިލާތް، ފްރާންސް އަދި އެމެރިކާ ހިމެނެ އެވެ.