"ލިޓްލް ލަޔަން"ގެ ރަހަތަކަށް ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފި
"ލިޓްލް ލަޔަން"ގެ ރަހަތަކަށް ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ދާދި ފަހުން މާކެޓަށް ތައާރަފު ކުރި "ލިޓްލް ލަޔަން"ގެ އުފެއްދުންތަކުގެ ރަހަތައް އާއްމުންނަށް ދައްކާލުމަށް ކުޑަކުދިންގެ ހަވީރެއް އިއްޔެ ބާއްވައިފި އެވެ.

"ލިޓްލް ލަޔަން"ގެ ރަހަތަކަށް ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފި
"ލިޓްލް ލަޔަން"ގެ ރަހަތަކަށް ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

އާޓިފިޝަލް ބީޗުގައި ބޭއްވި އެ ހަރަކާތުގައި "ލިޓްލް ލަޔަން"ގެ އެކި ވައްތަރުގެ ކޭކާއި ވޭފާ އަދި ބިސްކޯދުގެ ރަހަތައް ދައްކާލައި، ބޮނޯޗީގެ ޗޮކްލެޓުގެ ސާމްޕަލް ވެސް ބެހި އެވެ. އަދި ރޮބޯމޭން އާއި ބެލޫން އާޓްސްގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ވެސް ދައްކައިލި އެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ބުނިގޮތުގައި އެ އުފެއްދުންތަކުގެ ރަހަ ބެލި ގިނަ ބަޔަކަށް އެ ރަހަތައް ވަރަށް ކަމުދިޔަކަން ފާހަގަކުރެވެ އެވެ. އަދި ބޮޑު ތަރުހީބެއް އިވެންޓަށް ލިބުނު ކަމަށް ވެސް ބުންޏެވެ.

"ލިޓްލް ލަޔަން" އަކީ ސްރީ ލަންކާގެ ބްރޭންޑެކެވެ. އެ ބްރޭންޑުގެ އެކި ފްލޭވާތަކުގެ ކޭކާއި ބިސްކޯދު އަދި ވޭފާ ވެސް މިހާރު އޭޑީކޭ ޖެނެރަލް ޓްރޭޑިން އާއި ގަންނަ މާޓުން ލިބޭނެ އެވެ.