ލިޓަސް ގައުމީ ބިލިއާޑް މުބާރާތް: ފަޔާޒް އާއި ދީނާގެ ޕެއާ މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން ދިފާއުކޮށްފި
ލިޓަސް ގައުމީ ބިލިއާޑް މުބާރާތް: ފަޔާޒް އާއި ދީނާގެ ޕެއާ މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން ދިފާއުކޮށްފި

ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022 ގެ މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން އަލީ ފަޔާޒް އާއި ދީނާ އަހުމަދުގެ ޕެއާ ދިފާއުކޮށްފި އެވެ.

ލިޓަސް ގައުމީ ބިލިއާޑް މުބާރާތް: ފަޔާޒް އާއި ދީނާގެ ޕެއާ މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން ދިފާއުކޮށްފި
ލިޓަސް ގައުމީ ބިލިއާޑް މުބާރާތް: ފަޔާޒް އާއި ދީނާގެ ޕެއާ މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން ދިފާއުކޮށްފި

މިދިޔަ އަހަރު ބޭއްވި ފުރަތަމަ ގައުމީ މުބާރާތުގެ ވެސް ޗެމްޕިއަންކަން ހޯދި އަލީ ފަޔާޒް އާއި ދީނާގެ ޕެއާ، މި އަހަރުގެ ޗެމްޕިއަންކަން ހޯދީ، ފައިނަލް ގައި ހުސެއިން ފަޔާޒް އާއި އާމިނަތު ފާތީގެ ޕެއާއާ ވާދަކޮށް 7-6 ފްރޭމުން މެޗް ކާމިޔާބު ކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ތިން ފްރޭމް ގެންގޮސް، ބޮޑު ލީޑަކާ އެކު ފެށީ ވެސް އަލީ ފަޔާޒް އާއި ދީނާގެ ޕެއާ އެވެ. ހުސެއިން ފަޔާޒް އާއި ފާތީ އަށް ފުރަތަމަ ފްރޭމެއް ހޯދުނީ އެއަށް ފަހު އެވެ.

އެހެން ނަމަވެސް 5-2 އިން އަލީ ފަޔާޒާއި ދީނާ ލީޑު ކުރަމުން ދަނިކޮށް، ހުސެއިން ފަޔާޒް އާއި ފާތީ ފަހަތުން އަރައި 5-5 ފްރޭމުން އެއްވަރު ވެސް ކުރި އެވެ. އެކަމަކު މެޗުގައި ލީޑު ނެގުމުގެ ފުރުސަތެއް ހުސެއިން ފަޔާޒް އާއި ފާތީއަށް ނުދިނެވެ.

ވިނާޒް ބްރެކެޓްގެ ސެމީ ފައިނަލް ގައި ވެސް މި ދެ ޕެއާ ވާދަ ކުރި އެވެ. އަދި މެޗް ކާމިޔާބު ކޮށް، ފައިނަލްގެ ފުރަތަމަ ޖާގަ އަލީ ފަޔާޒް އާއި ދީނާ ޔަގީން ކުރީ 5-4 ފްރޭމުން މޮޅުވެގެންނެވެ.

ވިނާޒް ބްރެކެޓް ސެމީ އިން ބަލި ވުމުން ހުސެއިން ފަޔާޒް އާއި ދީނާ ވަނީ، ލޫޒާސް ބްރެކެޓް ސެމީ ގައި ވާދަކޮށް 5-4 ފްރޭމުން ހަސަން ޝާޒް މުހައްމަދާއި އާމިނަތު އަޒްރާ ބަލި ކޮށްފަ އެވެ.

ޝާޒް އާއި އަޒްރާ ސެމީ އަށް ދަތުރު ކުރީ ޕްލޭއޮފް ގައި 5-3 ފްރޭމުން އަހުސަން ހާޝިމް އާއި އާއިޝަތު އަލީ ބަލިކޮށްފަ އެވެ.

ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށް ގެންދިޔަ ގައުމީ މުބާރާތުގެ މިކްސްޑް ޑަބަލްސް އިވެންޓްގައި 10 ޕެއާ ވާދަ ކުރި އެވެ.