އުރީދޫގެ "އާޗާ" ކަސްޓަމަރުންނަށް ބޮޑެތި އޮފާތަކެއް
އުރީދޫގެ "އާޗާ" ކަސްޓަމަރުންނަށް ބޮޑެތި އޮފާތަކެއް

އުރީދޫ މޯލްޑިވްސްއިން ބޮޑެތި ޑޭޓާ އެލަވަންސްތަކެއް ލިބޭ އޮފާއެއް އާޗާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ތައާރަފުކޮށްފި އެވެ.

އެ އޮފާ މެދުވެރިކޮށް މުޅި ހަފްތާއަށް ނުވަތަ މުޅި މަހަށް 210ޖީބީ އާއި ހަމައަށް ޑޭޓާއާ އެކު އަންލިމިޓަޑް އުރީދޫ ކޯލްސް ލިބޭނެ އެވެ. މި ޕްރޮމޯޝަނުގެ ދަށުން ދުވާލަކަށް 4 ޖީބީ ލިބޭ 7 ދުވަހުގެ ޕެކޭޖެއް 150ރ. އަށް ނެގޭނެ އެވެ. އަދި 500ރ. 5 ޖީބީ ލިބޭ 30 ދުވަހުގެ ޕެކޭޖެކާއި 750ރ. އަށް ދުވާލަކު 7 ޖީބީ ލިބޭ ޕެކޭޖެއް ވެސް ހިމެނެ އެވެ.

ޕްރޮމޯޝަނުގެ ދަށުން ކޮންމެ ޕެކޭޖަކަށް ވެސް ބޯނަސް ޑޭޓާ އަދި ސްޓްރީމިން އާއި ސޯޝަލް މީޑިއާގެ ބޯނަސް ޑޭޓާ ވެސް ލިބޭނެ އެވެ. އެ ޕްރޮމޯޝަނުގެ ޕެކޭޖު އެކްޓިވޭޓު ކުރެވޭނީ UD ޖެހުމަށް ފަހު، 150، 500 ނުވަތަ 750 ޖެހުމަށް ފަހު 555 އަށް އެސްއެމްއެސް ކޮށްގެންނެވެ. ނުވަތަ #1*929* އަށް ޑައިލް ކޮށްގެންނެވެ.

އުރީދޫއިން ވަނީ މަގޭ ޕްލޭން ކަސްޓަމަރުންނަށް ވެސް ބޮޑެތި ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށާފަ އެވެ. އެ ޕްރޮމޯޝަންގެ ދަށުން 300ރ. އަށް 25 ޖީބީ އަދި 350ރ. އަށް 30 ޖީބީގެ މަންތްލީ ޕެކޭޖުތަކެއް ވަނީ ތައާރަފުކޮށްފަ އެވެ.

މިއީ އުރީދޫގެ ލިމިޓެޑް ޓައިމް އޮފާތަކެކެވެ.