12 ނޮވެމްބަރ 2022 - 12:02

މާލެ އާއި ހުޅުމާލޭގައި ހިންގި ޑްރަގް އޮޕަރޭޝަނުގައި ހައްޔަރުކުރި 12 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރުކުރީ 23-38 އަހަރާ ދެމެދުގެ ހަތަރު އަންހެނަކާއި އަށް ފިރިހެނުން ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކުރި؛
- 23 އަހަރުގެ ދެ ފިރިހެނުންނަށް 30 ދުވަސް
- 26 އަހަރުގެ ދެ ފިރިހެނުންގެ ތެރެއިން އެކަކަށް 15 ދުވަސް އަދި އަނެއް މީހާއަށް ފަސް ދުވަސް
- 26 އަހަރުގެ އަންހެން މީހާއަށް ހަތް ދުވަސް
- 27 އަހަރުގެ މީހާއަށް 15 ދުވަހުގެ ބަންދެއް
- 27 އަހަރުގެ އަންހެން މީހާއަށް ތިން ދުވަސް
- 31 އަހަރުގެ އަންހެން މީހާއަށް 30 ދުވަސް
- 34 އަހަރުގެ ފިރިހެނަކަށް ފަސް ދުވަސް
- 36 އަހަރުގެ ފިރިހެނެއްގެ ބަންދަށް ފަސް ދުވަސް
- 37 އަހަރުގެ އަންހެނަކަށް 30 ދުވަހުގެ ބަންދެއް
- 38 އަހަރުގެ ފިރިހެނެއްގެ ބަންދަށް 30 ދުވަސް
އިތުރު ތަފްސީލެއް ނުލިބުނަސް، ސޯޝަލް މީޑިއާގައި އާއްމުންގެ މެދުގައި މަޝްހޫރު މީހުން ވެސް އެ މައްސަލައިގައި ހިމެނޭކަން ވަނީ އެނގިފަ އެވެ.