30 އަހަރު ފަހުން މެދުޒިޔާރަތުގައި ދިދަ ނަގަން ފަށައިފި
30 އަހަރު ފަހުން މެދުޒިޔާރަތުގައި ދިދަ ނަގަން ފަށައިފި

މާލޭގެ މެދުޒިޔާރަތުގައި އިހު ހުރި ގޮތަށް އަލުން ދިދަ ނަގަން މި ސަރުކާރުން ފަށައިފި އެވެ.

30 އަހަރު ފަހުން މެދުޒިޔާރަތުގައި ދިދަ ނަގަން ފަށައިފި
30 އަހަރު ފަހުން މެދުޒިޔާރަތުގައި ދިދަ ނަގަން ފަށައިފި

ގާތްގަނޑަކަށް 30-35 އަހަރުގެ މެދުކެނޑުމަކަށް ފަހު މެދުޒިޔާރަތުގައި ދިދަ ނަގަން ފެށީ އިއްޔެ އެވެ. އެ ޒިޔާރަތުގައި ހުރި ދިދަ ދަނޑިތަކުގައި މިހާރު ހުރީ ރާއްޖޭގައި އެންމެ އިހުޒަމާނުގައި ވެސް ހުންނަ ގޮތަށް ހުދު ދިދަ ނަގައިފަ އެވެ.

30 އަހަރު ފަހުން މެދުޒިޔާރަތުގައި ދިދަ ނަގަން ފަށައިފި
30 އަހަރު ފަހުން މެދުޒިޔާރަތުގައި ދިދަ ނަގަން ފަށައިފި

ރާއްޖޭގެ ސަގާފަތާއި ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ މެދުޒިޔާރަތުގައި އަލުން ދިދަ ނަގަން ފެށީ މާލޭގައި ހުރި އާސާރީ ތަންތަން ކުރީގައި ހުރި ގޮތަށް އަނބުރާ އިއާދަކޮށް، ދިވެހި ސަގާފަތާއި ތާރީހު ދެމެހެއްޓުމަށް އެ މިނިސްޓްރީއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށެވެ.

30 އަހަރު ފަހުން މެދުޒިޔާރަތުގައި ދިދަ ނަގަން ފަށައިފި
30 އަހަރު ފަހުން މެދުޒިޔާރަތުގައި ދިދަ ނަގަން ފަށައިފި

"ތާރީހީ ތަންތަނަށް އާނުލެވި ހަލާކުވާން ދޫކޮށްލާފައި ބެހެއްޓުމުގެ ބަދަލުގައި، އިހުގައި ވެސް އެ ތަންތަނުން ފެންނަން ހުރި ރީތިކަން ދެމެހެއްޓޭނެ ގޮތް ހެދުމުގެ މަސައްކަތުގެ ތެރެއިން މިކަން ކުރީ،" އޮފިޝަލް ވިދާޅުވި އެވެ.

"މި ތަންތަން އިހު ހުރި ގޮތަށް އަންނަން އޮތް ޖީލުތަކަށް ފެންނަން ހުރުން ވަރަށް މުހިންމު ކަމަށް އަޅުގަނޑުމެން ދެކެނީ."

އޭނާ ވިދާޅުވި ގޮތުގައި، މެދުޒިޔާރާތުގެ އާބާތުރަފިލުވުމުގެ މަސައްކަތް މިދިޔަ މަހުން ފެށިގެން އެ މަރުކަޒުން އަންނަނީ ކުރަމުންނެވެ. މިދިޔަ މަހު ފާހަގަކުރި ރާއްޖެ އިސްލާމްވީ ދުވަހާ ދިމާކޮށް، މެދުޒިޔާރާތުގައި ކުލަކުލުމުގެ މަސައްކަތް ވެސް އެ މަރުކަޒުގެ މުވައްޒަފުން ކުރި އެވެ. އަދި އެ ޒިޔާރަތުގެ އެތެރޭގައި ކުރިން ހުރި ފާނޫޒު ބައްތިތައް ވެސް އަލުން ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މެދުޒިޔާރަތުގެ އިތުރުން، މީގެ ކުރިން މާލޭގައި ދިދަ ނަގާފައި ހުރި ބޮޑުތަކުރުފާނުގެ ޒިޔާރަތުގެ އާބާތުރަ ފިލުވައި، އެ ތަނުގައި ވެސް ދިދަ ނަގަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަތޮޅު ތެރޭގައި ހުރި މި ކަހަލަ ތަންތަނުގައި އެކަން ކުރަން ރޭވިފައިވާ ކަމަށެވެ.

މީލާދީން 1153 ވަނަ އަހަރު ރާއްޖެ އަށް އިސްލާމް ދީން ގެނެސްދެއްވި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައި ވަނީ މެދުޒިޔާރަތުގަ އެވެ. ބަރުބަރީގެ އިތުރުން 1692 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އަރަބިކަރައިގެ ބޭފުޅެއް ކަމަށްވާ ސައްޔިދު ވެސް އެ ޒިޔާރަތުގައި ފަސްދާނުލާފައިވެ އެވެ.

އެ ޒިޔާރަތަކީ ކުރިން މީހުން ނަދުރު ބުނެ އުޅުނު ތަނެކެވެ. ނަމަވެސް، އެ ތަނަށް ނަދުރު ބުނުން ސަރުކާރުން 1957 ގައި މަނާކުރި އެވެ. އެ ޒިޔާރަތް ބިނާކުރި ސީދާ ތާރީހު ނެނގޭއިރު، ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި، އެ ޒިޔާރަތް މިހާރު އެ ހުރި ގޮތަށް ހެއްދެވީ ޝަމްސުއްދީނުގެ ރަސްކަމުގަ އެވެ.

މެދުޒިޔާރަތުގައި އަލުން ދިދަ ނަގަން ފެށުމުން ބައެއް ދީނީ އިލްމުވެރިން ދަނީ އެއީ ބިދުއައެއް ކަމަށް ބުނެ އެކަމަށް ފާޑުކިޔަމުންނެވެ.

އުތީމުގައި ގަނޑުވަރުގައި ވަރަށް ކުރިއްސުރެ މިގޮތަށް އަންނަނީ ދިދަ ނަގަމުންނެވެ.